

މިސްރު ސަރުކާރުގެ މަކަރުވެރި މަޅިތައް
މެދުއިރުމަތީގައިވާ މުސްލިމުންގެ މުޤައްދަސް ބިންތަކެއް ފޭރިގަނެގެން އުފައްދާފައިވާ އިސްރާއީލާ ދެކޮޅަށް ޖިހާދުކުރަމުންދާ ފަލަސްތީނުގެ މުޖާހިދުން ކުރަމުން އެދާ ޖިހާދަކީ އެންމެހައި މުސްލިމުންނަށްޓަކައި ކުރަމުންދާ ޖިހާދަކަށް ނޫނީ ނުވާނެއެވެ. އެހެނީ މާތްވެގެންވާ ބައިތުލްމަޤުދިސާއި އަލް އަޤުޞާމިސްކިތަކީ ހަމައެކަނި ފަލަސްތީނުމީހުންގެ މަސްލަޙަތާއި ގުޅިފައިވާ ތަންތަނެއްނޫނެވެ. އެއީ ތާރީޚީ އަދި ދީނީގޮތުންވެސް މުސްލިމުންގެ ޙައްޤު ތަންތަނެވެ. އެހެންކަމުން އިސްލާމީ އުއްމަތަށް ހެޔޮއެދިވަޑައިގެންނެވި, އިސްލާމީ ޤައުމުތަކުގެ ވެރީން ސިއްރާއި ފާޅުގައި ފަލަސްތީނުގެ މުޖާހިދުންނަށް އެހީތެރިވެވަޑައިގަންނަވަމުން ގޮސްފައުވެއެވެ. އަދި އެބައިމީނހުންގެ ޖާހިލްކަމުން ނުވަތަ ހަމަ ކާފިރުންގެ ދަށުވެފައި ތިބިލެއް ބޮޑުކަމުން މުޖާހިދުންނަށް އެހީތެރިވާން ނުކެރިފައި ތިބި އިސްލާމީ ޤައުމުތަކުގެ ފިނޑި އަންހެން ދުޅާ ވެރީންވެސް މުޖާހިދުންގެ ސަފުތައް ބައިބައި ކުރުމުގައި ޒަޔަނިސްޓުންނަށް އެހީތެރިވެދީފައިވާކަމެއް މީގެ ކުރިއަކުން އެނގިފައެއް ނުވެއެވެ.
ނަމަވެސް ބޮޑާ ފިރުޢައުނުންގެ އަސަރުތައް އެބައެއްގެ ލޭގައިވާ މިސްރު ސަރުކާރުގެ ވެރީންގެ އަމުރަށް އިސްލާމީ ލަޝްކަރެއްކަމުގައި ދަޢުވާކުރާ މިޞްރު ސިފައިންގެ ލަޝްކަރުތަކުން ފާޅުގައި އިސްރާއީލަށް ވާގިވެރިވަމުންދާކަމުގެ ހެކި ދާދިފަހުން ވަނީ ފެނިފައެވެ.
ފަލަސްތީނު މީހުން މިސްރަށް ދަނީ ކީއްވެ؟
ފަލަސްތީނު ރައްޔިތުން މިނިވަން ޑިމޮކްރެޓިކް އިންތިޚާބަކުން އެޤައުމުގެ ވެރިކަމަށް ހޮވި ޙަމާސްޖަމާޢަތް ވެރިކަމަށް އައުމާއެކު މުސްލިމުންގެ ނަސްލުސާފުކުރުމުގެ ހަނގުރާމަ ފުޅާދާއިރާއެއްގައި ކުރަމުންދާ އެމެރިކާއަށް އެކަން ވަރަށް ބޮޑުކަމަކަށް ވިއެވެ. އަދި ިޤްތިޞާދީ ގޮތުން ޙަމާސްއަށް ދަތިކޮށް އެބައިމީހުންނަށް ވެރިކަން ނުހިންގޭ ވަރަށް ފިއްތުންތައް ކުރިމަތިކުރިއެވެ. އަދި ޔަހޫދީންނަށް ވިކިހުސްވެފައިވާ މަޙުމޫދު އައްބާސްގެ ފަތަޙަޖަމާޢަތް މެދުވެރިކޮށްގެން ޙަމާސް ވެރިކަމުން ދުރުކޮށް އެކަހެރިކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން ޙަމާސް ޖަމާޢަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ޞަރަޙައްދަކީ ހަމައެކަނި ޣައްޒާކަމުގައި ވެގެން ދިޔައެވެ. އަދި ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުންހިފައި ޔަހޫދީ ދައުލަތުން ޣައްޒާޙިޞާރުކޮށް އެރަށަކީ އިންސާނުންނަށް ދިރިނޫޅެވޭ ފަދަ ތަނަކަށް ހަދާލިއެވެ. ކާބޯތަކެއްޗާއި ބޭސްފަރުވާލިބުމުން އެރަށުގެ އަހުލުވެރިން މަޙުރޫމް ކުރިއެވެ. އަދި އެންމެ ފަހުން އެރަށުން ކަރަންޓްވެސް ކަނޑާލިއެވެ. މިފަދަ ނިކަމެތި ޙާލަތަކަށް ޣައްޒާގެ ޙާލަތު ދިއުމުން އެރަށުގެ އަހުލުވެރީންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނޭ ބަޔަކުކަމުގައި އެމީހުން ހީކުރީ އަވަށްޓެރި މިސްރެވެ. އެއީ އިސްލާމީ ވެރިކަމެއް އޮންނަ ޤައުމެއްކަމުގައި އެމީހުން އަހާފައިވާތީއެވެ. އެހެންކަމުން ޣައްޒާގައި ޙިޞާރުވެފައިތިބި ނިކަމެތި ފަލަސްތީނީން ކާނާ އާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެންތަކެތި ގަތުމަށްޓަކައި މިސްރަށް އެތެރެވާން މަސައްކަތްކުރިއެވެ. އަދި އެކަމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބެއްވެސް ހޯދިއެވެ.
މިސްރުސަރުކާރުގެ މެހުމާންދާރީ
ދިރިތިބުމަށް ބޭނުންވާ އަސާސީ ޙައްޤުތަކުން މަޙުރޫމްކުރެވިފައިވާ ޣައްޒާގެ އަހުލުވެރިން އެބައިމީހުންގެ ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންވާ ކާނާ ގަތުމަށްޓަކައި މިސްރަށް ދިއުމަށް ދިއުމުން އެބައިމީހުންނަށް މެހުމާންދާރީ އަދާކުރީ އިސްރާއީލް ސިފައިންނަށްވުރެ އަނިޔާވެރިކަމުގައި އެންމެ ތަންކޮޅެއްވެސް ދެރަނޫން މިސްރު ސިފައިންނެވެ. ބައެއް މީހުން ގަދަކަމުން އަނބުރާ ޣައްޒާއަށް ފޮނުވާލިއެވެ. އަނެއްބައިމީހުން ހައްޔަރުކުރިއެވެ.
ހައްޔަރުކުރިމީހުންނާ މެދު ކަންތައް ކުރި ގޮތް
ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގުހުރަސްކޮށް މިސްރަށްވަނތް ފަލަސްތީނުމީހުންގެ ތެރެއިން މިސްރު ސިފައިން ހައްޔަރުކުރި މީހުންނާމެދު މިސްރުސިފައިން ކަންތައް ކޮށްފައިވާ ގޮތް އެނގުނީ އޭގެތެރެއިން ބައެއްމީހުން މިނިވަންވެގެން އެނބުރިއައުމުންނެެވެ. އެތަނުން އެކަކުކަމުގައިވާ ސަބަރު އައްދުރަމްލީ އިސްލާމް އޮންލައިން އަށް ކިޔައިދީފައިވާ ގޮތުގައި އޭނާއާއި އިތުރު އެތައް ފަލަސްތީނީންނެއް މިސްރު ސިފައިން ހައްޔަރުކުރުމަށްފަހު ލާފައިވަނީ ފާޚާނާއާއި ބޯފެންވެސް ނެތް ކުދިކުދި ގޮޅިތަކަށެވެ. އަދި އެތަނުގައި އޭނާގެ ގައިގާ ވަރަށްބޮޑަށްތަޅާ އަނިޔާވެސް ކުރިއެވެ. އަދި އޭނާގައިގާ މިސްރުސިފައިން ކަރަންޓްވެސް ޖައްސާފައިވެއެވެ. ސަބަރުގެ ވާހަކަތަކުން އެނގުނުގޮތުގައި ފަލަސްތީނީންނަށްޓަކައި މިސްރުގެ ޖަލުވީ ގުއާންޓެނާމޯ ޖަލާއި އަބޫޣުރައިބު ޖަލުފަދަ ޖަލަކަށެވެ.
އިސްރާއީލަށްޓަކައި
މިސްރު ސިފައިން ހައްޔަރުކުރި ފަލަސްތީނުމީހުން ހައްޔަރުކޮށްފައިވަނީ ކޮންބޭނުމެއްގައިކަން އެނގެނީ ހައްޔަރުވިމީހުންނާ ކޮށްފައިވާ ސުވާލުތަކުންނެވެ. ސަބަރު ނކޔައިދީފައިވާ ގޮތުގައި މިސްރުސިފައިން އަބަދުވެސް އޭނާޖަލުގައި ހުރިއިރު މިސްރު ސިފައިން އަބަދުވެސް ސުވާލުކުރަމުން ގޮސްފައިވަނީ ޙަމާސްޖަމާއަތުގެ ޢަސްކަރީގޮފި ޢއްޒުއްދީން އަލް ޣައްޘާމް ބްރިގޭޑުގެ އިސްވެރިންނާއި ޙަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އާ ބެހޭ ގޮތުންނެވެ. ސަބަރަކީ ހަނިއްޔާގެ އަރިސް މީހެއްކަން އެނގުމުން ހަނިއްޔާ ޣައްޘާމްބުރިގޭޑުގެ އިސްފަރާތްތަކަށް ކުރައްވާ އަމުރުތަކާބެހޭ ގޮތުންވެސް ސުވާލުކޮށްފައިވާކަމަށްވެސް ސަބަރު އިސްލާމް އޮންލައިން އަށް ކިޔައިދީފައި ވެއެވެ.
ޙަމާސްޖަމާޢަތުގެ އިސްވެރިންނާ ބެހޭ މަޢުލޫމާތުގެ އިތުރުން މިސްރު ސިފައިން ބޭނުންވެގެން އުޅުނު އަނެއް މަޢުލޫމާތަކީ ޙަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލްސިފައިންގެ މީހާ ހުރިތަނެކެވެ.
މިސްރިސިފައިން ހައްޔަރުކުރި ފަލަސްތީނުމީހުންގެ ކިބައިން ހޯދަން މަސައްކަތްކޮސްފައިވާ މަޢުލޫމާތުތަކަށް ވިސްނާލުމުން މިސްރުސަރުކާރުގެ މަޤުޞަދު ވަރަށް ރަނގަޅަށް ސާފުވެއެވެ. އެގޮތުން މިސްރު ސަރުކާރުގެ މަޤުޞަދަކީ ޔަހޫދީން އަވަހާރަކޮށްލަންބޭނުންވާ ހަމާސްގެ ވެރިން އަވަހާރަކޮށްލުމުގައި ޔަހޫދީންނަށް އެހީވުމާއި ޔަހޫދީ ސިފައިންގެ މީހާ ސަލާމަތްކޮށްދިނުން ކަންއޮޅުމެއްނެތި އެނގެއެވެ.
މިސްރަކީ އިސްރާއީލާ ސިޔާސީގުޅުން ޤާއިމްކުރި ފުރަތަމަ ޢަރަބިޤައުމެވެ. އަދި ޢަރަބީން ބަލިވެ އިސްރާއީލަށް ގިނަ ޢަރަބިބިންތައް ލިބުނު މަޝްހޫރު ހަދުވަހުގެ ހަނގުރާމައިގާ ޢަރަބީން ބަލިވުމުގައިވެސް މިސުރުގައި އޭރުއޮތް ސަރުކާރުގެ ދެފުއްދެގޮތް ސިޔާސަތު ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. އެގޮތުން މިސްރުސަރުކާރަކީ ޔަހޫދީންނަށް ނަސްރުދިނުމުގައި މަކަރުވެރި މަޅިތަކެއް ޖަހަމުން އަންނަ ޤައުމެއްކަމަށް މިހާރު ބެލުމުގެ ފުރުޞަތު އެބައޮތެވެ.
-
އާދިތްތަ، މާޗް 23 2008، 15:26
ބަލަންވީކީ މިހާރު ވެރިކަމުގައި ބަގުޑިބައްދަވައިގެން ހުންނެވި ބޭފުޅާއަށް ކޮށްނުދެވިފައިވާ ކަންކަމުގެ މައްޗަކަށްނޫނެވެ. އަހަރެންގެ ނަޒަރުގައި މިޔަދު ދިވެހިންނަށް ބޭނުންވެފައިވާ އެންމެ މުހިންމު ދާއިރާ ތަކަކީ: 1. ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމާއި އެއްފަސްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ރަނގަޅުކުރުން 2. ތަޢްލީމީ ނިޒާމު ހަރުދަނާކުރުމާއި ރާއްޖެތެރެއިން މާލެއަށް ފަށާތައުލީމާއި މެދުމަދްރަސީ ތައުލީމު ހޯދުމަށް އަންނަންޖެހިފައިވާ އަދަދު ދަށްކުރުން 3. ރާއްޖޭގެ އިޖްތިމާއި ހާލަތު ރަނގަޅުކުރުމަށްޓަކާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި މަގުތަނަވަސްވެގެންދިޔުން 4.ޞިއްޙީ ޚިދްމަތުގެ ފެންވަރިރަނގަޅުކުރުމާއި މާލެއެކޭ އެއްފެންވަރުގެ ހަސްފަތާލުތަކެއްރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ގާއިމްކުރުން 5.މުދަލާއި ޚިދްމަތުގެ އަގު އެކަށީގެންވާ ފެންވަރެއްގައި ހިފެހެއްޓުން 6.ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް މީސްތަކުންނަށް ހޯދާ ދިނުން 7.ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުން މަތީގައިވާ ކަންކަމަށް ސަމާލުކަންދީ ޙައްލުހޯދާދެވޭނެ ވެރިޔަކު މިޔަދު ރައްޔިތުންނަށް މިވަނީ ބޭނުންވެފައެވެ.
-
އާދިތްތަ، މާޗް 23 2008، 16:49
މިސްރު ސަރުކާރެކޭއެއްގޮތަށް މިސްރުގެ ތަޢުލީމީ ބްރޭންޑުން ބްރޭންޑްނޭމްލިބިފައިވާ އިސްލާމީދުނިޔޭގެ ބޮޑަތިވެރިންވެސް މިއަދު ޔަހޫދީންއަށް ނަސްރުދީ އެމީހުންގެ ކުލަވަރު ރައްޔޮތުންގެ ގައިގައި ޖައްސުވަން މަސައްކަތް ކުރަމުންދާތަން އަޅުގަނޑުމެންއަށް މިދަނީ ވަރަށް ކައިރިން ފެންނަމުން.
-
އާދިތްތަ، މާޗް 23 2008، 16:54
މީ މުސްލިމް ހުރިހާ ޤައުމެއްގެ ވެސް ހާލަތު.... މީ ﷲ ގެ ޝަރީޢަތް އެއްލައިލީމާ ވާނޭގޮތް....... ހަމަކަށަވަރުން ﷲގެ ނަސްރު ވަނީ ގާތުގައި..... ﷲގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނަށް ނަސްރުދެއްވާށި... އާމީން.......