

ނިކޯން ޑީ5000ގެ ޑިޖިޓަލް ކެމެރާއަށް ޑިވާގެ ރަން ވަނަ ލިބިއްޖެ
ނިކޯން ޑީ5000ގެ ޑިޖިޓަލް ކެމެރާޔަށް ޑިޖިޓަލް އިމޭޖިން ވެބްސައިޓް އެސޯސިއޭޝަން(ޑިވާ) ގެ ގޯލްޑް އެވޯޑް ލިބިއްޖެއެވެ.
ނިކޯން ކޯޕަރޭޝަނާއި ހަވާލާދީ، ނިކޯން ކެމެރާގެ ރާއްޖޭގެ ސޯލްޑިސްރިބިއުޓަރ ރީފްސައިޑުން ބުނީ ޑިވާގެ މި އެވޯޑް ނިކޯން ކެމެރާޔަށް ލިބިފައިވަނީ އެޑްވާންސް ޑިޖިޓަލް ސިސްޓަމް ކެމެރާގެ ބައިން ކަމަށެވެ.
ޑިވާއަކީ އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައި އުފެއްދުންތަކުގެ ކޮލެޓީބަލާ މިނިވަން ވެބްސައިޓެކެވެ. މި ވެބްސައިޓުން ދޭ ގޯލްޑް އެވޯޑް ލިބިފައިވާ ނިކޯންގެ މި ކެމެރާއަކީ ކޮންމެ އެންގަލަކުންވެސް ކޮލެޓީކޮށް ފޮޓޯ ނަގާލުމުގެ ގާބިލްކަން ލިބިފައިވާ ކެމެރާއެއް ކަމަށް ޑިވާގެ ލެބޯޓްރީގައި ކުރި ޓެކްސްޓަކުން ސާބިތު ވެފައިވާ ކަމަށް އެފާތުންވަނީ ބުނެފައެވެ.
ރީފްސައިޑްގެ އެޑްވަޓައިސްމަންޓް އެންޑް ޕީއާރު އިސްމާއިލް އާދިލް ވިދާޅުވީ ނިކޯން ޑީ5000 އެސްއެލްއާރުއަކީ ނިކޯން ކެމެރާގެ އެންމެ ފަހުގެ އެއްމޮޑެލް ކަމަށާއި ”އެ އުފައްދުންވެސް ވަރަށް ރީފްސައިޑުން ލިބެން ހުންނާނެ“ ކަމަށެވެ.
”މިނޫން އެހެން ރޭޖްތައް މިހާރުވެސް ލިބެން އެބަހުރި. ވަރަށް ގިނަ ކެމެރާތައް.“ އާދިލް ވިދާޅުވިއެވެ.
ރީފްސައިޑުން ދަނީ ނިކޯންގެ އިތުރުން ސޮނީ ސައިބަޝޮޓްގެ އެންމެ ފަހުގެ ރޭންޖްތަކުގެ ކެމެރާތައްވެސް ވިއްކަމުން ނެވެ.