ޔުކްރޭން އަތުން އިންގްލެންޑް ބަލިވެއްޖެ

އޮކްޓޫބަރ 11 2009، 16:11 0 ޚިޔާލު

10 ކުޅުންތެރިންނާއެކު ކުޅެ ޔުކްރޭންއަތުން ރޭ 1-0ން ބަލިވުމުން ވާރލްޑްކަޕް ކޮލިފައިންގައި އިންގްލެންޑް ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.

ކުޅުނު 8 މެޗުން މޮޅުވެ އަންނަ އަހަރުގެ މުބާރާތުން ޖާގައެއް ކަށަވަރުކޮށްފައިވާ އިންގްލެންޑަށް ރޭ ވަނީ މާ ރަނގަޅު ކުޅުމެއް ނުދެއްކިފައެވެ.

ޔުކްރޭނަށްވަނީ ފުރަތަމަ ހާފްގައި ޕެނަލްޓީ އެއްވެސް ލިބިފައެވެ. ނަމަވެސް އަންޑްރޭ ޝެވްޗެންކޯ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލު ދަނޑިއަށެވެ. ޑިފެންޑަރ ރިއޯ ފަރޑިނަންޑަށް ހެދުނު ގޯހެއްގައި ބޯޅަ ސަލާމަތްކުރުމުގެ ތެރޭގައި ކީޕަރ ރޮބަޓް ގްރީންކުރި ފައުލަކާ ގުޅިގެން މެޗުގެ 14ވަނަ މިނެޓްގައި ރެފްރީ އޭނާއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން އިންގްލެންޑް މެޗްގެ ބޮޑުބައި ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ.

ސަޕޯޓަރުންގެ ފަރާތުން ހަމަނުޖެހުން ފެނިގެންދިޔަ މިމެޗު ދަނޑަށް އެއްޗެހި އުކުމުގެ ސަބަބުން ދެފަހަރު ހުއްޓާލަންވެސް ޖެހުނެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv