

ޗިލީ ކޮލިފައިވިއިރު އާޖެންޓީނާވެސް މޮޅުވެ އުއްމީދު އާކޮށްފި
ދެކުނު އެފްރިކާ ސަރަހައްދުން ރޭ ކޮލަމްބިއާ 2-4ން ބަލިކޮށް ޗިލީ އަންނަ އަހަރުގެ ވާރލްޑްކަޕަށް ކޮލިފައިވިއިރު އާޖެންޓީނާވެސް ވަނީ 1-2ން ޕެރޫބަލިކޮށް ޕްލޭއޯފްގެ ފުރުޞަތު ބޮޑުކޮށްފައެވެ. އާޖެންޓީނާއަށް ޔަޤީންކަން ލިބޭނީ އަންނަ ބުދަދުވަހުގެރޭ ކުޅެވޭ މެޗުގައި އުރުގުއާއީ ބަލިކުރެވިގެންނެވެ.
ދެކުނު އެމެރިކާ ސަރަހައްދުން މިހާތަނަށް 3 ޓީމެއްވަނީ ކޮލިފައިވެފައެވެ. އެއީ ބްރެޒިލާއި ޕެރަގުއާއީ އާއި ރޭ އެ ޝަރަފް ހޯދި ޗިލީއެވެ. އާޖެންޓީނާއަށް 17 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. 4ވަނާގައިވާ އުރުގުއާއީ ވަނީ 24 ޕޮއިންޓްގައެވެ. އުރުގުއާއީ ރޭ ވަނީ އިކުއެޑޯއަތުން 2-1ން މޮޅުވެފައެވެ.
އެހެންކަމުން އުރުގުއާއީ އާއި އާޖެންޓީނާގެ ކުރިމަތިލުންވާނީ ވަރުގަދަ މެޗަކަށެވެ.