އެމެރިކާއާއި މެކްސިކޯ ކޮލިފައިވެއްޖެ

އޮކްޓޫބަރ 11 2009، 16:01 0 ޚިޔާލު

ރޭގެ ކޮލިފައިން މެޗުތަކަށްފަހު އެމެރިކާއާއި މެކްސިކޯވެސް އަންނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ.

ކޮންކާކަފް ސަރަހައްދުގައި ކުޅެވުނު މެޗުތަކުގައި ހޮންޑިއުއަސް އާއި ބައްދަލުކޮށް ވާދަވެރި މެޗަކަށްފަހު އެމެރިކާ މޮޅުވީ 3-2ންނެވެ.

މެޗުގެ 87ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްލުމަށް ހޮންޑިއުރަސްއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ވަނީ ކާމިޔާބު ނުކުރެވިފައެވެ. މިމެޗު އެއްވަރުވިނަމަ އެމެރިކާއަށް ޖެހުނީހީ އަންނަ ބުދަދުވަހު ކޮސްޓަރިކާ މެޗަށް އިންތިޒާރުކުރާށެވެ.

މެކްސިކޯ ކޮލިފައިވީ 4-1ން އެލްސެލްވަޑޯ ބަލިކޮށްގެންނެވެ. މިއީ ވާރލްޑްކަޕުން މެކްސިކޯ ވިދިވިދިގެން ފުރުޞަތު ހޯދި 5ވަނަ ފަހަރެވެ. މިފަހަރުގެ ކޮލިފައިން ކެމްޕޭން މެކްސިކޯއަށް ފެނިފައިވަނީ ވަރަށް ނާކާމިޔާބުކޮށެވެ. ފުރަތަމަ ކުޅުނު 4 މެޗު ތެރެއިން 3 މެޗުން ވަނީ ބަލިވެފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv