
ޖަލު ބަންދުނުކޮށް، ހަނގުރާމަތައް ނުހުއްޓި، އިސްރާއީލްވެސް ނުހުއްޓުވި އޮއްވައި އޮބާމާއަށް ނޯބެލް ސުލްޙައިގެ އިނާމު
-މުޙައްމަދު ނަސީމު-
”ލޯނިވާކޮށްފައި ތިބެނީ ދުނިޔޭގެ އަލިކަން ފެނުނަނުދިނުމަށެވެ. ކަންފަތްވެސް ހުންނަނީ އަޑުނީވޭ ގޮތަށް ބަންދުކޮށްފައެވެ. އަދި ބައެއްމީހުން ބައިތިއްބާފައި ތިބެނީ ރަތްދައްކަ އަވީގައެވެ. އެމީހުންގެގައިގާ ކަރަންޓްވެސް ޖައްސައެވެ.“ މިއީ ކިއުބާގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަނިޔާވެރިކަމަށް މަޝްހޫރު ޖަލުގައި އެއްވެސް ކަމަކާނުލައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން މިހާތަނަށް މިނިވަންވި ބައެއްމީހުން ކިޔައިދީފައިވާ ވާހަކަތަކެވެ. އެމެރިކާގެ އެޖަލުގައި، މުސްލިމުންނަނަށްވުން ނޫން އެހެން ކުށެއް މިހާތަނަށް ސާބިތުކުރެވިފައިނުވާ ގާތްގަނޑަކަށް 200 މީހުން އެބަތިއްބެވެ. ކަންމިހެން ހުއްޓައި ޖަލުގެ ވެރިޔާއަށް އިއްޔެ ނޯބަލްސުލްހައިގެ އިނާމު ލިބިއްޖެއެވެ.
ދެގައުމު އަޅުވެތިކޮށްގެން އޮތް އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައި މިވަނީ އޭނާ ކުރައްވަން ވަޢުދުވެވަޑައިގެންފައިވާ މުހިއްމު އެއްވެސްކަމެއްގެ އަމަލީ މަސައްކަތްފެށިފައި ނުވަނީހެވެ. އެކަންތައްތައް ކުރާކަށް އޮބާމާގެ ނުވަމަސްދުވަސްވީސަރުކާރަށް އަދި ވަގުތެއްވެސް ނުލިބެއެވެ. އެގޮތުން މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތައް އަދި އޮތީ ނުވެސް ފެށިއެވެ. އެވާހަކަތައް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު ކަންތައް އިސްރާއީލް ލައްވައި ކުރުވާކަށް އޮބާމާ ބޭނުންވެވަޑައެއް ނުގަންނަވައެވެ. އެމެރިކާއާއި އިނގިރޭސިން އުފައްދާފައިވާ އަދި އެމެރިކާއިން ހަތިޔާރާއި ފައިސާދީގެން ދަމަހައްޓަމުންދާ އިސްރާއީލުން ފަލަސްޠީންގެ ބިންތަކުގައި ބިނާކުރަމުންދާ ޔަހޫދީ އާބާދީތަކުގެ މަސައްކަތް ނުހުއްޓިގެން އުޅެނީ އެހެންވެއެވެ.
ޢިރާޤުން އެމެރިކާސިފައިން ބޭލިވާހަކައަކީ ޑްރާމާއެކެވެ. ކުރިހާވެސް ކަމަކީ ޢިރާޤުގައި ތިބި އެމެރިކާސިފައިން އެއްތަނުން އަނެއްތަނަށް ބަދަލްކޮށްލުމެވެ. އަފްޣާނިސްތާން އަޅުވެތިކުރުމުގެ ހަނގުރާމައަށް އޮބާމާ ވަނީ އިތުރު 21,000 ސިފައިން ފޮނުވާފައެވެ. މިހުރިހާކަމެއް މިހެން ހުއްޓައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ނޯބެލްހައިގެ އިނާމު ލިބިވަޑައިގަންނަވާކަން ނޯވޭގެ ނޯބަލްޕީސްޕްރައިޒް ކޮމޮޓީން ވަނީ ހާމަކޮށްފައެވެ. އެއިނާމާއެކު ލިބޭ 1.4 މިލިޔަންޑޮލަރު ހިލޭ އެހީގެ ގޮތުގައި ބައްސަވާނެކަން އޮބާމާ ވަނީ ހަމަކުރައްވާފައެވެ. ނަމަވެސް އޮބާމާއަށް އެއިނާމް ލިބިވަޑައިގަތުމުން ދުނިޔޭގެ ގިނަބައެކޭ އެއްފަދައިން ޚުދު އޮބާމާވެސް ހުރީ ހައިރާންވެވަޑައިގެންފައިކަމަށް އޭނާ އިއްޔެ ވިދާޅުވިއެވެ.
”ތެދަށް ބުނާނަމަ އަހަރެންނަށް ބުނެވޭނީ މިއިނާމު ކުރިން ކުރިން ލިބިވަޑައިގެންފައިވާ، ބޮޑެތި ބައްދަލުތައް ގެންނެވި ޝަޚުސިއްޔަތުތަކާ އެއްސަފެއްގައި އަހަރެން ވާކަންޖެހޭކަމަކަށް އިޙުސާސެއް ނުކުރެވޭ“ ނޯބެލް އިނާމާ ބެހޭ ގޮތުން އާއްމުކޮށް ދެއްވި ފުރަތަ ބަޔާނުގައި އޮބާމާ ވިދާޅުވިކަމަށް ސްކައިނިއުސް ބުނެއެވެ.
އޮބާމާއަށް ނޯބަލް އިނާމުދިނުމަށް ފަހު ނޯބެލްއިނާމު ކޮމިޓީން އޭނާއަށް ވަރަށް ބޮޑަށް ތަޢުރީކޮށްފައިވީނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނޯބްލްޕީސްޕްރައިޒް ކޮމިޓީން ބުނެފައިވާ ގޮތުގައި އޮބާމާ ހޯއްދެވި ވަރަށް ދުނިޔޭގެ ސަމާލުކަން ހޯއްދަވައި ރަނގަޅުކުރިމަގެއްގެ އުއްމީދު ދެއްވި ބޭފުޅުން ވަރަށް މަދުވާނެއެވެ.
އޮބާމާއަށް ނޯބަލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވާކަން ހާމަކުރުމާ ގުޅިގެން އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިކަމުގައި ވިޔަސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިން ވަނީ އެއީ އޮބާމާއަށް ހައްގު އިނާމެއްކަމަށް ވިދާޅުވެފައެވެ. އަފްޣާނިސްތާންގައި އެމެރިކާއިން ގާއިމްކޮށްފައިވާ ގޮނޑިކޮއްކޮސަރުކާރުގެ ރައީސް ހާމިދުކަރުޒާއީ ހިނެމެނިވަޑައިގަންނަވަނީ އެފަދަ ބޭފުޅުންގެ ތެރޭގައެވެ.
އެމެރިކާގެ ރައީސް އޮބާމާއަށް މިލިބިވަޑައިގަތް ނޯބެލް އިނާމަކީ ހަމައެކަނި އުއްމީދުތަކަކަށް ދެވިފައިވާ އިނާމެއްކަމަށް ބެލެވެއެވެ.
-
ހޮނިހިރު، އޮކްޓޫބަރ 10 2009، 15:54
ބަލަގަކޮބާތަ މައްސަލައަކީ، މިގައުމުގެ ވެރިޔަކަށް ހުރި ނަސީދުވެސްވަނީ ޔަހޫދީންގެ މެގަޒިންއެއްގެ ބަޑޭރިގަޑުން ފުރުސަތު ހޯދާފައެއްނު. އެބޭފުޅާ މިގައުމުގެ ނޫނީ މިދުނިޔޭގެ ތިމާވެށްޓަށް ކޮށްދިނީކޮންކަމެށްތަ؟ އަދި ކޮށްދެވޭނީވެސް ކޮންކަމެށްތަ؟ ނަސީދުއަށްވެސް ޔަހޫދީ ޓައިމްސް މެގަޒިންގެ ބަޑޭރިގަޑުން ފުރުސަތުލިބުނީ އޭނާ އިޒްރޭލާ ގުޅުންގާއިމުކުރަން ނިންމުމުން ނޫން އިތުރުއެއްވެސް ސަބަބެއްނެތް. -ދިވެހިދަރިއެއް-
-
ހޮނިހިރު، އޮކްޓޫބަރ 10 2009، 16:17
އެމެރިކާގެ ރައީސް އޮބާމާއަށް މިލިބިވަޑައިގަތް ނޯބެލް އިނާމަކީ ހަމައެކަނި އުއްމީދުތަކަކަށް ދެވިފައިވާ އިނާމެއްކަމަށް ބެލެވޭކަމަށް ސިޔާސީގޮތުން ވަރަށް ގިނަލީޑަރުން ވިދާޅުވަމުންގެންދަވާއިރު ، އަޅުގަޑުހިތަށް އަންނަނީ ދުނިޔެއަށް ސުލްހަގެންނާށާއި ދުނިޔޭގެ ތިމާވެށިރައްކާތެރިކޮށްދެއްވުމަށާއި މިނޫނަސް އެކިއެކި ޚިދުމަތުގައި އެތަށްދުވަސްތަކެއްހޭދަކޮށް އަދި މިހާރުވެސް މިފަދަޚިދުމަތުގައި ދެމިތިބި މީޙުންގެތެތެރެއިން މިއިނާބުނުލިބި ދިޔަކަމީ ވަރަށް ގިނަމީހުންގެ ހިތުތެރޭގައި ސުވާލު އުފެދޭކަމެއް އަދި ވަކީންޚާއަސަކޮށް މިއިނާމު ލިބޭނެކަމަށް އެމެރިކާގެ މިހާރުގެ ރައީސު ބަރަކު އޮބާވެސްވަނީ ވިދާޅުވެފައި ، ނަމަވެސް މޮފަދަ ރަމުޒީއިނާމެއް ސުލްހައަށް މަސައްކަތްކުރައްވާ ބޭފުޅަކަށް ދިނުމަކީ އެއްވެސް މައްސަލއެއްނޫން ، އަދި މިފަހަރުގެ އިނާމު ލިބިވަޑައިގަންނަވާ ބަރަކު އޮބާމާއަށް ވަރަށް މަރުހަބާދައްނަވަން . = އޭސް =
-
ހޮނިހިރު، އޮކްޓޫބަރ 10 2009، 16:30
ކޮބާ! ތީ މަބުނާވާހަކައަކީ! އަހަރެމެންގެ ރައީސުލްޖުމްހޫރިއްޔާ އަށް ނޮބެލް އިނާމު ދިނުން މާ އައުލާކަންބޮޑު! ސަބަބަކީ ވެރިކަމަށް އައިތާ 8 މަސްދުވަހުގެތެރޭގައި ދުނިޔޭގެ އެންމެ ޖައްބާރު ޤައުމާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކާ ވަކާލާތުކުރުމަށް މަސައްކަތްކުރެއްވި ބޭފުޅެއް މި ދެކުނުއޭޝިއާގައިވެސް ނެތެންނު! ވީއިރު ރައީސް ނަޝީދުއަށް ނޮބެލް އިނާމު ދިނުން މާ އައުލާކަންބޮޑު! ހަށިގަނޑު ކިތަންމެ ނިކަމެއްޗަސް ދުނިޔޭގެ ބޮޑެތިބާރުތަކަށް ނުކުރެވުނު ކަމެއް ކުރުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާކަމީ އެމަނިކުފާނުގެ ހިތްވަރު ފުޅު އޮބާމާއަށްވުރެއް މާ ވަރުގަދަކަން ސާބިތުކޮށްދޭ ދަލީލެއް، -- ކުޑަހުވަދޫ އަލަނާސި ސްލިޕްވޭ--
-
ހޮނިހިރު، އޮކްޓޫބަރ 10 2009، 17:43
ހެހެހެ.... އެމީހަކު އަތުގައި އޮންނަ އެއްޗެއް ދޭނީ އެމީހަކު ދޭން ބޭނުންވާ މީހަކަށެވެ. (ދޮޅު މިލިޔަންޑޮލަރުވެސް އެއީ ރަމްޒީ އެއްޗެއްދޯއެވެ؟) ހެހެހެހެހެ