
ބެކްސްޓްރީޓް ބޯއީސްގެ އާ އަލްބަމް ބުދަ ދުވަހު ނެރެނީ
ބެކްސްޓްރީޓް ބޯއީސް ގެ އާ އަލްބަމް ”ދިސް އިޒް އަސް“ މާދަމާ ނެރޭނެ ކަމުގައި އީ އޮންލައިން އިން ބުނެފިއެވެ.
އީ އިން ބުނެފައި ވާ ގޮތުގައި މި އަލްބަމް ބެކްސްޓްރީޓް ބޯއީސް އިން ތައްޔާރު ކޮށްފައިވަނީ އެ ބޭންޑް ގެ ތަރިއެއް ކަމަށްވާ ބްރަޔާން ލިޓްރެލް އަށް ސްވައިން ފްލޫ ޖެހުމުން އެ ބައްޔަށް މީހުން ބޮޑަށް ހޭލުން ތެރި ކުރުމަށް ކަމުގައެވެ.
ހަލުވި ކަމާ އެކު ފެތުރެމުން ދާ މި ބަލީގެ ސަބަބުން ނިއު ޔޯކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހުރިހާ ޝޯ ފަދަ ތަންތައް ދަނީ ކެންސަލް ކުރެވެމުންނެވެ.
ލިޓްރެލް އީ އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ބެކްސްޓްރީޓް ބޯއިސް އިން ދަނީ އެމީހުންގެ ސަޕޯޓަރުންނާ ބައްދަލު ކޮށްލުމަށް ވަރަށް ބޭނުން ވެފައި ކަމަށާ ވަރަށް އަވަހަށް ޝޯ ތަކަށް ނިކުމެވޭނެ ކަމުގެ އުއްމީދު ކުރާ ކަމުގައެވެ. އަދި އެމީހުނަށް މިކަމުގައި އެހީ ތެރި ވެވުނު މިންވަރަކަށް އެހީ ތެރި ވާން ބޭނުނވާ ކަމުގައި ވެސް ބުނެފައިވެއެވެ.