ފިފްޓީ ސެންޓް ނޮވެމްބަރ މަހު ނެރެން ގަސްތުކޮށްފައިވާ އަލްބަމްގެ ކަވަރ ފޮޓޯ އާންމުކޮށް ދައްކާލައިފި

އޮކްޓޫބަރ 7 2009، 15:33 0 ޚިޔާލު

ފިފްޓީސެންޓް ނޮވެމްބަރ މަހުގައި ނެރެން ގަސްތު ކޮށްފައިވާ ”ބިފޯ އައި ސެލްފް ޑިސްޓްރަކްޓް“ގެ ކަވަރ ފޮޓޯ އާންމުކޮށް ދައްކާލައިފިއެވެ.

މި ފޮޓޯގައި ދައްކައިދެނީ ފިފްޓީ ސެންޓް ގެ މޫނު އެއްފަޅި ޓަރމިނޭޓަރ އެއް ފަދައިންނެވެ.

މި ފޮޓޯ ވަނީ ވަރަށް ގިނަ ބައެއްގެ ޝައުގު ވެރިކަން މި އަލްބަމަށް ލިބޭ ފަދަ ގޮތަކަށް އެނިމޭޓް ކޮށްފައެވެ.

ފިފްޓީ ސެންޓް ގެ ވަރަށް ގިނަ ސަޕޯޓަރުން ތިބީ މި އަލްބަމުގެ އިންތިޒާރުގައި ދުވަސްތައް ގުނަމުން ކަމަށް ފިފްޓީ ސެންޓް ގެ ސަޕޯޓަރެއް ބުނެފައި ވެއެވެ.

މިއަހަރު ފިފްޓީ ސެންޓް އަށް މާ ބޮޑު ކާމިޔާބީ ތަކެއް ލިބިފައި ވީ ކަމުގައި ނުވިނަމަވެސް ”ބިފޯ އައި ސެލްފް ޑިސްޓްރަކްޓް“އަކީ ވަރަށް ބޮޑު ކާމިޔާ ބީ އަކަށް ވާނެ ކަމުގައި ގިނަ މީހުން ގަބޫލު ކުރެއެވެ.

މި އަލްބަމްގެ ކަވަރުގައި ވާ ފޮޓޯ އާއި ބެހޭ ގޮތުން ފިފްޓީ އާއި ސުވާލު ކުރުމުން ފިފްޓީ ބުނެފައިވާ ގޮތުގައި އޭނާގެ މި ފަހަރުގެ އަމާޒަކީ އޭނާ ކުރިން އެނިމޭޓް ކޮށްފައި ނުވާ ފަދަ ފޮޓޯ ގަނޑެއް އޭނާގެ ”ސެލްފް ޑިސްޓްރަކްޓް އަލްބަމް“އަށް ލުމެވެ.

ބިފޯ އައި ސެލްފް ޑިސްޓްރަކްޓް ނެރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހު ކަމުގައި މައުލޫމާތު ލިބެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv