

ކޯލް ކާޑެސިއަން ލެމަރ އޮޑަމް އާ ކައިވެނި ކޮށްފި
ރިއަލިޓީ ޝޯގެ ތަރި ކޯލް އަދި ލޭކާރސް ގެ މޮޅު ބާސްކެޓް ކުޅުންތެރިޔާ އޮޑޮމް ސެޕްޓެމްބަރ 27ވީ ދުވަހު ކައިވެނި ކޮށްފިއެވެ.
މި ދެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ބިވަރލީ ހިލްސް ގައި ޕްރައިވެޓް ކޮށެވެ. ކޯލް ގެ އާއިލާ އެންމެން ވެސް މި ކައިވެންޏާއި މެދު ވަރަށް އުފާ ކުރާ ކަމުގައި ކޯލްގެ ދައްތަ ބުނެފައިވެއެވެ.
މި ޕްރައިވެޓް ހަފްލާގައި 250އެއްހާ މީހުން ބައިވެރި ވެފައިވާ ކަމަށާ މި ތަނަށް ދިޔަ ކޮންމެ މީހަކަށް އޮޑޮމް ގެ ބާސްކެޓް ޓީމް ރެޕްރެސެންޓް ކޮށްދޭ ފަދަ ގޮތަކަށް ޑެކަރޭޓް ކުރެވިފައިވާ ދަނބު ކުލައިގެ ކޭކެއް ދިން ކަމުގައި ވެއެވެ.