
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި ރޭ ފުލުހުން ހައްޔަރުކުރި މީހަކީ ހ.ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރު ކަމުގައި ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި 39 އަހަރުގެ މިމީހާ ފުލުހުން ހައްޔަރުކުރީ އައްޑޫގައި ދަނޑުވެރިކަމުގެ ނަމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދަނިކޮށެވެ. ނަސީރު އެ މަސައްކަތްކުރާ ސަރަހައްދުން ފުލުހުންވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާވެސް ހޯދާފައެވެ. ފުލުހުން ހާމަކުރިގޮތުގައި އެ ފަރާތުގެ އިންޓެލިޖެންސުން ނަސީރުގެ ހަރަކަތްތައް ބަލަމުންދާތާ މިހާރު 7 މަސް ދުވަސްވެއްޖެއެވެ.
ކޯޓް އަމުރެއްގެ ދަށުން ރޭ 11.00 ން ފުލުހުންވަނީ ނަސިރުގެ ގެ ކަމަށްވާ ހ. ރީނދޫގެ ޗެކްކޮށްފައެވެ. މިގޮތުން ޗެކްކުރުމުގެ ތެރޭގައި އެގޭގެ އަލަމާރިއަކުންވަނީ 5 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 43 ހާސް އެމެރިކާ ޑޮލަރު ފެނިފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ފައިސާތައްހުރީ ދިގު މައްދަތަކަށް ރައްކާކުރެވޭ ގޮތަށް ރަބަރު ކޮތަޅަށްލާ ސީލްކޮށްފައެވެ. މީގެ އިތުރުން ނަސީރުގެ ނަމުގައިވާ ވެހިކަލަކާއި ކާރެއްގެ ރަޖިސްޓަރީވެސްވަނީ ފެނިފައެވެ.
މަސްތުވާތަކެތީގެ މައްސަލާގައި 2001 އާއި 2004 ގައިވެސް އާދަން ނަސީރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި 2007 ނޮވެމްބަރުގައި އަތުލައި ގަނެވުނު 14 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައިވެސް ނަސިރު ހައްޔަރުކުރެވުނެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން އޭނާވަނީ ދޫކޮށްލާފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޮލިހުގެ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު މުނީރު ވިދާޅުވީ ކުރިއާ ޚިލާފަށް މިފަދަ މަސައްކަތްތަކުގައި މިއަދުގެ ސަރުކާރުން ވަރަށްބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާކަމަށާ ރައީސް ނަޝީދާއި ނައިބްރައިސްގެ ވަރަށް ބޮޑު އެހީތެރިކަން ލިބެމުންދާކަމުގައެވެ. އަދި ޚާއްސަކޮށް ރައީސް ކޮންމެ ދުވަހަކުހެން މި މައްސަލަތައް ވަމުންދާގޮތް ބައްލަވާ ސަރުކާރުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާމެދު ވާހަކަ ދައްކަވާކަމަށެވެ.
ސާބަސް ދިވެހި ފުލުހުންނަށް އަދި ރައީސް އަށްވެސް. ޑްރަގަށް ހިތްވަރުދޭ މީހުން މިކަމަކީވެސް ސިޔާސީ ކަމަކަށް ހަދަން މަސައްކަތް ކުރާނެ. އެއީ ސިޔާސީ ކަމަކަށް ހެދީމަތާ އެމީހުންނަށް އެހީ ވެވޭނީ. ރައީސް ނަސީދުގެ ފުލުހުންނަށް ތިދޭ އެއްބާރު ލުމަށް ސުކުރު އަދާކުރަން. ދިވެހި ފުލުހުންގެ ކުޅަދާނަ އިންޓަލިޖެންސް ޔުނިޓަށްވެސް ހަމަސާބަސް ދެން. 5 މިލިއަން ރުފިޔާ އެނދު ތަންދޮށުން ހޯދުމުންވެސް އެއީ ސިޔާސީ މީހެކޭ ބުނާނެ ސިޔާސީ މީހުން.
މިކަލޭގެ އައްޑުއަތޮޅު ގެ ދަރީންތައް ހަލާކުކުރުމަށް ކުރި މަސައްކަތް ހުއްޓުވުމަށް ޕޮލިސް ތި ހިންގި ކާމިޔާބު އޮޕަރޭޝަނަށް އައްސަރިބަހާއި ސާބަސް ދެން.
ސާބަސް، ހާއްސަގޮތެއްގައި ރައީސް ނަޝީދަށް ސާބަސް. ތީ ދިވެހިނ ބޭނުންވިފަދަ ވެރިއެއް.
ދިވެހި ސަރުކާރާއި ދިވެހި ފުލުހުންނަށް އައްސެރިބަހުން ސާބަސް. ޙާއްސަ ކޮށް ފުލުހުންނަށް. މިކަމަކީ ވެސް ސިޔާސީ ބޭނުމަކަށް ދެއްކޮ ވާހަކައެއްކަމުގައި ބުނިބައެއްވެސް އެބަ އުޅެއެވެ. ރައީސް ނަޝީދަށް އަޅުނަޑުމެން ހުރިހާ ދިިވެހި ރައްޔިތުން މި އެދެނީ ރާއްޖެއިން މި ބިރުވެރި ވަބާރައްތ ލެއްވުމަށް. މިކަމަށް ދީނީ އިލްމުވެރިންގެ އެހީ ބެނުންވެއެވެ. އަގީދާ ހަރުދަނާ ކުރީމަ ހުރިހާކަމެއް ރަގަޅު ވާނެ. މިފަދައެއް މެނަށް ހަރުކަށި އަދަބު ދޭނަ ޖޭހޭނެ.
ވަރަށް ބޮޑަށް ފުލުހުންނަށާ ސަރުކާރަށް ޝުކުރު ކުރަން ތިންވަނަ މީހާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަތުލައިގަނެވޭނެ.
ފުލުހުންނަށް އައްސަރިބަހާއި ސާބަސް. ތިޔަކުރައްވާ މަސައްކަތްތައް ރައްޔިތުން އުފަލުން ބަލައިގަންނާނެ. ނަމަވެސް ތިމީހާއަށް ދެވެން އޮތް އެންމެ ބޮޑުއަދަބު ނުދެވިއްޖިއްޔާމުން ކޯޓަށް ޝުކުރެއް އަދާނުކުރުމުގެ އިތުރުން އިތުބާރުވެސް ގެއްލޭނެ. ހުސެން
ދިވެހި ފުލުހުން ނަށް ސާބަސްދެން އަދި ރައީސް ނަޝީދު ދިވެހި ފުލުހުންނަށް ތިޔަ ދެއްވަވާ ތާއީދާއި އެހީތެރިކަމަށް ވެސް އެމަނިކުފާނަށް ޝުކުރު ދަންނަވަން. މިޤައުމު މިވަބާއިން ސަލާމަތް ކުރައްވާށި. އާމީން
ދިވެހި ފުލުހުންނަށް އައްސަރި ބަހާއި ސާބަސް ތިޔަގޮތައް ވަކި މީހެއްގެ ކަނދުރާއައް ނުބަލާ މިފަދަ ބޮޑެތި ކުއްކުރާ މީހުން ހައްޔަރު ކުރަންވީ އަދި ހައްޤު އަދަބުވެސް ދޭންވީ.ޙާއްސަކޮށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދޭންޖެހޭ ނޫނީ މިވަބާއިން ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ!
ސާބަސް ހިއްވަރުގަދަ ފުލުހުންނަށް، މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން ތިޔަކުރައްވާ މިންނަތް މަސައްކަތަށް ސުކުރު އަދާކުރަން، އިރާދަ ކުރެއްވިއްޔާ ތިކަންކާމިޔާބުވެސް ވާނެ.
އަޅުގަޑު ދައްނަވާނީ މީނާ އާށް ހައްޤުވާ އަދަބުމީނައށް ދެއްވާށޭ! މިޑްރަގުގެ ސަބަބުން މުޅި މިޤައުމު މިއޮތީ ބިރުވެރިކަމެއްގެ ތެރޭގައި.މީނަގެ ސަބަބުން ކުރިފަޅާފަ ތިބި ގޮފިތައްވެސް އަވަސްފުރުސަތެއގައި ކުލާދާނަ ޕްލިހުންނޭ އަވަހަށް މަރާލާށެވެ.30 އަހަރުވަން ދެން ނިމިދިޔަ ސަރުކާރު އާލާ ކުރި މިނުބައި ވަބާ މިޤައުމުން އަވަހަށް ފޮހެލައްވަ ދެއވާށޭ! ރައީސް ނަޝީދު ސާބަސް ދިވެހި ޕޮލިހުން ސާބސް.ކޮމޮޝަނާ އޮފް ޕްލިސް އަހުމަދު ފަސީހު ސާބަސް.ހޯމްމިނިސްޓަރ ސާބަސް.30 އަހަރު ވެރިކަން ކުރި މީހުން ޑައުން ޑައުން....
މީނައާ އަޅުގަނޑާ ދިމާވީ، 2001 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ފަހުކޮޅު ހުސެއިން އާދަމް ބިލްޑިންގްގައި ހުންނަ ކުއްވެރިން ވަގުތީ ގޮތުން ބައިތިއްބާ ޖަލުންނެވެ. އޭނާއަކީ ކުރިން ނިއުރޭޑިއަންޓަށާއި، އަދި ރޭވަންސް ފަދަ ޓީމްތަކަށް ހަލުވި ފޯވަޑެއްގެ ގޮތުގައި ފުޓުބޯޅައިގެ ރޮނގުން ފާހަގަ ކުރެވިފައިވާ މީހަކަށްވާތީވެ، އޭނާއާ އެތަނުން ދިމާވެގެން ވާހަކަ ދައްކާ ހެދުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އޭނާއާއެކުގައި ގެސްޓް ޝޮޕެއްގައި މަސައްކަތްކުރާ އޭނާގެ ރަހުމަތްތެރިއަކުވެސް ހައްޔަރުކުރެވިފައި ހުއްޓެވެ. އެމީހުން ބުނީ، މިއީބަޔަކު ދިން ލަނޑެއްކަމަށެވެ. އެހެންނަމަވެސް އެމިހުންގެ ވަހަކައިން އެމީހުން ހައްޔަރު ކޮށްގެން އުލެނީ، މަސްތުވާ ތަކެތިފަދަ އެއްޗެއް މީހަކަށް ދީގެން ކަން އިނގެއެވެ. މިދެމިހުންވެސް އެތަތިބި އިރު ނަމާދުކޮށް އުޅެނީ ވަރަށް ރަނގަޅަށެވެ. އަޅުގަނޑުވެސް އެމިހުންނާއެކު ވަގުތު ހޭދަކުރަމުން ދިއައިމެވެ. އެންމެފަހުން އަޅުގަނޑު ގެއަށް ފޮނުވާލިއިރު، އާދަމް ނަސީރު (އަންސިރު) ގެ އަންހެނުންނަށް ގުޅާދީ، އޭނާގެ ހާލު ރަނގަޅުކަމަށް އަންގައި ދިނުމަށް އެދުނެވެ. އަޅިގަނޑި އެކަންވެސް ކޮށް ދިނީމެވެ. މިއަދު މީނާ މިހާ ބޮޑު މީގެ ވަގަކަށްވީތީއަކު އަލުގަނޑު ހައިރާނެއް ނުވެއެވެ. އަޅުގަނޑު އެދުވަސްވަރު ބަންދު ކޮށްފައި ހުރީ، އަޅުގަނޑު މަސައްކަތް ކުރި ސަރުކާރު އޮފީހުގައި ޖެހުނު ސިޔާސި މައްސަލައަކާ ގުޅިގެންނެވެ. އެތަނުން އޭނައާ އަޅުގަނޑު ރައްޓެހިވި ފަދައިން އެތައް ބަޔަކު އެތަނުން އޭނާއާ ދިމާވެ ރައްޓެހިވެ، ރަހުމަތްތެރިކަންވާނީ އުފައްދާފައެވެ. އަޅުގަނޑު ފަހަކުން އޭނާއާ ބައްދަލެއް ނުކުރަމެވެ. އަދި ފޯނުކޮށެއްވެސް ނޫޅެމެވެ. އޭނާވެސް އެކަމެއް ނުކުރެއެވެ. ދެ މީހުން ދޫކޮށްލިފަހުން މިވީ ދިގު މުއްދަތުގައި އޭނާ މަގުމަތިން ފެނިގެން އަނގައިން ބުނެފައިވާނީ، އެންމެ ފަހަރަކުއެވެ. މިހާރަކު އޭނާއެއްވެސް އަޅުގަނޑެއް ނުދަންނާނެއެވެ. ދަންނަވަން މިއުޅޭ ވަހަކައަކީ މިހާކުރިން ސުރެއް މީނާ މިކަމުގެ ތެރެއަށްވަދެ މިމަސައްކަތް ފަށާފައވާއިރު، މީނާގެ ނެޓްވޯކް އެތަނުގެ ތެރެއިންވެސް ކިހާ ބޮޑުވާނެކަމާއި، މީނާގެ މަސައްކަތަށް ކިހާވަރެއްގެ ހަލުވިކަމެއް އައިސްފައި އޮންނާނެކަމާ މެދުއެވެ. މިހާ ދުވަސް ވީއިރުވެސް މީނާ ހައްޔަރު ނުކުރެވި ފުލުހުންނަށް މިއުޅެނީ ކީއްވެގެން ހެއްޔެވެ ؟ މިފަދަ އަދި ކިތައް ވަގުން ތިބޭނެ ބާވައެވެ ؟ މިމީހުންނާ ގުޅިފައިވާ ސިޔާސީ އެކިއެކި ފަރާތްތައް ތިބެން ޖެހޭނެ ބާވައެވެ.
ސަރުކާރަށް (ރައީއްސައް) އަދި ދިވެހި ފުލުހުންނަށް ވަރަށް ސާބަސް ދެން..އަދިވެސް އަޅުގަނޑު އެދެނީ ވީއެންމެ އަވަހަކަށް ތިކަމުގައި ބައިވެރިވާ ހުރިހާ އެންމެން ހައްޔަރުކުރަން..އަޅުގަނޑަށްވެސް އިނގޭ ވަގުތު ބޭނުންވާނެކަން..އެކަމަކު ދިވެހި ފުލުހުންނަށް ސަރުކާރުން އެއްބާރުލުން ތިދެއްވާގޮަތަށް ދޭނަމަ ދިވެހި ފުލުހުންނަށް ތިކަން ފަސޭހަވެގެން ދާނެ...
މިހާތަނުންވެސް ދިވެހިން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، މިފަދަ މީހުން އުފަންވެ ނުވަތަ އުފައްދާ މިފެންވަރަށް މިވިޔަފާރި ފުޅާކުރުމުގައި ކުރީސަރުކާރުގެ ހެޔޮ އެދުމާ ތާއީދު ފުރިހަމަޔަށް އޮތްކަމުގައެވެ. އޭރުވެސް ފުލުހުންނާ ސިފައިންތިބި. ފުޅާ ދާއިރާއެއްގައި ޖާސޫސީ ހަރަކާތްވެސް ހިންގި. އެކަމަކު ޖާސޫސު ކުރުމުގައި ބަލާފައިވަނީ އޭރުގެ ސަރުކާރާ އިދިކޮޅުޚިޔާލުގެ މީހުންތަކަށް ފާރަލާ، ޖެއްސުންކޮށް އެފަދަމީހުން އަތުލަން. އެފަދަ އެސްބިއޮނާޒް (ޖާސޫސީ) ހަރަކާތް ތަކަށް ރާއްޖޭގައާ އަދި ރާއްޖޭން ބޭރުގައި މިލިއަނުން ފައިސާ ޚަރަދު ކޮއްފާވަނީ. އެއްވެސް މީހެއްގެ މޫނަކަށް ކަންދުރާއަކަށް ބަލާނެ ކަމެއްނެތް. ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާއަށް އަޅުގަޑު މިގޮވާލަނީ، ރަސްމީހައިސިއްޔަތުން، މަޖިލީހަށް ވަޑައިގެން، ޑްރަގާ ދެކޮޅަށް ހަގުރާމަ އިއުލާން ކުރެއްވުމަށް. ދިވެހި ދައުލަތުގައި ހުރިއްޔާ ހުރި ހުރިހާ އާރަކާ ބާރަކާ، ވަސީލަތެއް މިހަގުރާމައިގައި ބޭނުން ކުރެއްވުމާ އެކު މިކަން ކާމިޔާބު ކުރެއްވުމަށް. ޖާސޫސީ ހަރަކާތްތައް ރާއްޖޭގަޔާ ރާއްޖޭންބޭރުގައިވެސް ހިންގެވުން. ޚާއްސަކޮށް އިންޑިޔާއާ ސްރީލަންކާ ފަދަ ގައުމުތަކުގެ ބަދަރު ތަކުގައި ރަގަޅު އިތުބާރު ހުރި ޢިންޓެލިގެންސެއް ގާއިމުކުރުން. އަންނަ އަހަރުތަކުގެ ދިފާއީ ބަޖެޓުގެ ބޮޑުބައެއް މިކަމަށް ހޭދަކުރެއްވުން. ސިފައިންގެ އިތުރުން، ކަސްޓަމާ ފުލުހުންނަށް ކުއްތާ ތައާރަފު ކުރުމާ އެކު، ރާއްޖޭގައި ކުއްތާ ބޭނުންކުރުން މިހާރަށް ވުރެ ފުޅާކުރުން. މިފެންވަރުގެ ޑިލަރުން ދުވަހަކުވެސް މިނިވަން ކަމާއެކު މަގުމައްޗަށް ނުނިކުމެވޭވަރުގެ ހުކުމްތައް އިއްވުން. އިރާދަކުރެއްވީތީ އަޅުގަޑުމެންނަށް މިހަގުރާމަ ކާމިޔާބުރުރެވޭނެ. ރައިސް ނަޝީދުއަށް އައްސަރިބަހާ ސާބަސް. ދިވެހި ފުލުހުންނާ، އިންޓެލިޖެންސަށް ހިއްވަރާ ކެރުން. މިލޮބުވެތި ވަތަނަށް ފެހި މިސްތަގުބަލެއް ދެއްވާށި. އާމީން.
އެމީހުން ޖަލުގައި ބައިތިއްބާނެ ކަމެއް ނެތް ހަމަ މަރާލަންވީ... ތީ ހޯދުނު ވަރަށް ބޮޑު ކާމިޔާބެއް.ސާބަސް ދިވެހި ފުލުހުން.
ކުރީގެ ސަރުކާރުން މަސްތުވާތަކެތި ގެންގުޅޭ އަދި ވިޔަފާރިކުރަމުންދާ މީހުން ހައްޔަރުކުރަން އެއްބާރުލުން ދީފައިވާ ނުވާކަން ޕޮލިސް ސަރވިސް އިން އެވަނީ ހާމަކުރައްވާފަ. އަދި މިސަރުކާރުން ދޭ އެއްބާރުލުން މަޢުމޫނުގެ ސަރުކާރުން ދިންނަމަ މިހާރުވެސް މިމީހުން ތިބޭނީ ހައްޔަރުކުރެވިފަ. ވީމާ މިސަރުކާރުން ކުރަމުން މިދާ މަސައްކަތައް އަދި ޕޮލިސް ސަރވިސްގެ ހިއްވަރުގަދަ ޕޮލިހުންނަށާ މަސައްކަތައްވެސް އަޅުގަނޑު ސާބަސް ދެން..
. މަސްތުވާ ތަކެތި މީހާ ގިނަ ބަޔަކު ބޭނުން ކުރާއިރު މިބައި މީހުންނަށް އެ ސަޕްލައި ކުރާ ބަޔަކު މިވީހާ ދުވަހު ނުހޯދުނީ ކީއްވެތޯއެވެ؟ މި ކަން ކުރާ ބަޔަކު ފުލުހުންނަށް ނޭނގި މިހާ ދުވަހު އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ.... ފާއިތުވި ދުވަސް ތަކުގައި މި ކަމުގައި އިހްމާލުވެފައިވާ ބަޔަކު މި ކަމުގެ ޒިއްމާ ނަގަން ޖެހޭނެ. އަދި ފުލުހުންގެ ތެރެއިން ނުފޫޒު ގަދަ ބަޔަކާ އެއްވެސް އިރެއްގައި މި މީހުންނާ ގުޅުމެއް ހުރިތޯވެސް ބަލަން ޖެހޭނެ...އަޅުގަނޑު ހަމަ ހައިރާން ވެއްޖެ މިވީ 30 އަހަރު މި އިން މީހަކު ނުހޯދި މިނިވަންކަމާއި އެ މީހުންނަށް އުޅެވުނީތީވެ. އަބުރު ގެ ދައުވާތައް ކޮށް ބަދަލު ހޯދާ ދޭ ފަދައިން މި ޤައުމުގެ ފަނޑިޔާރުގެ ތަކުން ވަޒީފާގެ މަސްއޫލިއްޔަތަށް ފަރުވާ ކުޑަކޮށް މި ޤައުމު ގެ ޒުވާން ޖީލެއް މަސްތުވާތަކެތީގައި ޖައްސާހަލާކު ކޮށްލި ކޮށްލުމުގެ ބަދަލުވެސް ހޯދަން ޖެހޭނެ... ސިޔާސީ ފަރާތްތަކަށް މި ޤައުމުގެ ޒުވާނުންގެ ޙައްޤުގައި މި ކަމުގައި މަސައްކަތް ކޮށް ދެއްވުން އެދި ދަންނަވަން! ނަޢީމު