ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ރައީސް ވިދާޅުވި މީހުންގެ ތެރެއިން މީހަކު ފުލުހުން ހައްޔަރުކޮށްފި

ޖުލައި 2 2009، 22:10 9 ޚިޔާލު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި 6 މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން މިރޭ ހާމަކޮށްފޮއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އައްޑު އަތޮޅުންނެވެ.

މިއީ ރައީސް ވިދާޅުވި 6 މީހުންގެ ތެރެއިން ފުލުހުން އަތުލައިގެން 2 ވަނަ މީހާއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އަވަހަށް 3 ވަނަމީހާ އަތުލެވޭތޯ ބަލަންވީ އޭރުންތާ ތިކަންކާމިޔާބު ވާނީ

    ބުރާސްފަތި، ޖުލައި 2 2009، 22:51
  2. އަންނިއަށް އައްސަރިބަހާ ސާބަސް... ތިޔަގޮތަށް ކެރިގެން ގައުމު އިސްލަހް ކުރެވޭނީ

    ބުރާސްފަތި، ޖުލައި 2 2009، 23:06
  3. ކީއްވެގެންބާ އެމީހާގެ ނަން ހާމަނުކުރީ. މަށަށްހީވަނީ އެމީހާއަތުގަހުރި އެތިކޮޅު އަތުޖެހުނީމާ ޘާބިތުނުވިކަމަށް ހަދާފަ ދޫކޮށްލަންވެގެންހެން ހީވަނީ. އެ ހަމީހުން ހަމަ ރައީސަށް އެނގިވަޑައިގަންނަވަނީބާ؟؟؟ ނޫން އެނގެންޏާ ހަވަގުތުން ހައްޔަރުކުރަންވީނޫންތޯ؟ ދެއްތޯ؟ "ކޮރަކަލި"

    ބުރާސްފަތި، ޖުލައި 2 2009، 23:42
  4. ކޮބާ އަންނި ދޮގެއް ނުހަދާނެ.

    ހުކުރު، ޖުލައި 3 2009، 00:50
  5. ދެން ތިބިމީހުން ވެސްހަތްޔަރު ކުރޭ ސާބަސް ޕޮލިސް ވވވވވވ

    ހުކުރު، ޖުލައި 3 2009، 00:51
  6. މިމީހުންގެ ތަފްޞީލު ހާމަކުރާނީ ކޮން އިރަކުންބާ؟ ނޫނީ މިއީ ވެސް އަނެއްކާ ފަލްސަފާއެއްބާ؟ ނޫނީ ބަޔަކުމީހުން ޕްރެޝަރ ކުރުމުގެ ސަބަބުން ކުރާ ކަމެއްބާ؟ ފުރަތަމަ އަތުލައިގަތް މީހާއަށް ވީނުވީ އެއްވެސް ނޭނގެ. ދިރިހުރިތޯ، މަރުވީތޯ، ނުވަތަ ޙަޤީޤަތުގައި ވެސް އުޅޭ މީހެއް ކަމެއް ވެސް ނޭނގޭ. ދެފުށް ފެންނަ، ޓްރާންސްޕޭރަންޓް ސަރުކާރެއް އައިމާ މިހެން ވެސް ވެދާނެ ތޯއްޗެއް...!!!

    ހުކުރު، ޖުލައި 3 2009، 01:13
  7. ސިފައިންގެ މަސައްކަތަށް ސާބަސް

    ހުކުރު، ޖުލައި 3 2009، 10:58
  8. މަސްލަހަތަށްޓަކައި މައުލޫމާތު ސިއްރު ކުރުމަކީ ސަލާމަތީ ބާރުތަކަށް ލިބިގެންވާ ހައްގެއް...

    ހުކުރު، ޖުލައި 3 2009، 11:07
  9. ޑީއާރުޕީ މީހުންނަށް ނޭގޭ ކަމަށް ހެދިއެއްކަމަކު މަށަށް އެނގޭ އެއީކޮންބައެއްކަން އައްޑޫން އަތުލީ ކާކު ކަންވެސް އެނގޭ . އެހެން ނަމަވެސް ޕޮލިހުންވެސް އެމީހާގެ ނަންހާމަ ނުކުރީ އެންމެ ބޮޑު އެއްދީލަރުކަމަށްވެފައި ތަހުގީގަށް ހުރަސްއެޅިދާނެތިން.ވީމާ މަށެއްވެސް އެމީހާގެ ނަންބުނާކަށް ނެތިން. އެކަމަކު އެއީޑީއާރުޕީ މީހެއް.

    ހުކުރު، ޖުލައި 3 2009، 12:21
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv