
މައުމޫނު ކުރި ޚަރަދު ނުކޮށް ހެޔޮވެރިކަމާއެކު ނަޝީދު ބިލިއަނަކަށްވުރެ ގިނަ ފައިސާ ރައްޔިތުންނަށް
އެއީ ބައެއް މީހުން ޤަބޫލުކުރި ވާހަކައެއް ނޫނެވެ. ރަށުތެރޭގައި އުޅޭ ސިޔާސަކުދިން އަނގަމަޖަލަށް ދެއްކި ވާހަކައެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މައުމޫނު ޢަބްދުލް ޤައްޔޫމުގެ ޚަރަދުބޮޑު ދިރިއުޅުއްވުމުގެ ވާހަކައަކީ އަސްލެއްނެތް ފްލޯކެއްކަމަށް އަދިވެސް ޤަބޫލުނުކުރާ ކިތައްމެ ބައެކެވެ. އެމީހުން ބުނާކަހަލައެވެ. ”ތިޔަދައްކަނީ ހަދަހަދައިގެން އެމާތް މަނިކުފާނުގެ އަގުވައްޓާލުމަށް ދައްކާއުޅޭ ވާހަކަ“ ތަކެކެވެ.
ރާއްޖޭގެ ސިޔާސީ މީހުން ޚާއްޞަކޮށް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްފެށި އެއްސަބަބަކީ އެމަނިކުފާނުގެ ޚަރަދުތައް ބޮޑުވެ ދިވެހީންނަށް ނުކަތާވަރުވުމެވެ. އޭރުގައި އެއިން އެއްޗެއް އެނގެނީ ”ވަރަށް ހާލުން“ ”ވަލުދޮރާށިން“ނެވެ. އެހެންކަމުން އެވާހަކަތަކުގެ ސައްޙަ ވާހަކަ އެންމެ ރަނގަޅަށް އޮތީ ނޭނގިއެވެ.
ތިރީސް އަހަރަށްފަހު ރައްޔިތުން އެވެރިކަން ބަދަލުކޮށް އާވެރިއަކު ހޮވައި ”ހެޔޮވެރިކަމެއް ފަށައިގަތީމާ“ އިހުބުނި ކަންތައްތައް އެއީ ތެދުކަން ފައުޅުވާން ފެށީ ބިތުފަންގި ނެގީމާ ކައިފާހުރި ކެޔޮތޮށިތައް ފެންނަ ބީދައިންނެވެ.
އާވެރިކަމާއެކު މުހައްމަދު ނަޝީދު ކުރައްވަން ފެއްޓެވި ހެޔޮވެރިކަމުގެ ފުރަތަމަ ފަސްމަހަށް ބަލާއިރުވެސް ބާ ރައީސާ އާރައީސްގެ ޚަރަދުތަކުގެ ފަރަގު ފެނިފައި ޝަހާދަ އިނގިލި ހަފާލެވޭވަރުވެއެވެ.
މައުމޫނުގެ ވެރިކަމުގެ ފަހު އަހަރު (2008ވަނަ އަހަރު)ގެ ފުރަތަމަ ފަސްމަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ފޯނުޚަރަދަށް 953،764.07 (ނުވަލައްކަ ފަންސާސް ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ހަތްލާރި) ރުފިޔާ ދައުލަތުގެ މާލިއްޔާއިން ހޭދަކޮށްފައިވެއެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފަސްމަހު ފޯނަށް ކޮށްފައިވަނީ މައުމޫނުކުރި ޚަރަދަށްވުރެ 809،587.58 (އައްލައްކަ ނުވަހާސް ފައްސަތޭކަ އަށްޑިހަ ހަތްރުފިޔާ ފަންސާސް އަށްލާރި) ރުފިޔާ ކުޑަކޮށް 144،176.49 (އެއްލައްކަ ސާޅީސް ހަތަރުހާސް އެއްސަތޭކަ ހަތްދިހަ ހަރުފިޔާ ސާޅީސް ނުވަލާރި) ރުފިޔާ އެވެ. އެއީ މައުމުނު ކުރެއްވި ޚަރަދަށްވުރެ ގާތްގަނޑަކަށް 85 އިންސައްތަ ކުޑަ އަދަދެކެވެ.
ކަރަންޓް ޚަރަދަށް ކުރީގެ ރައީސް މައުމޫނު 2،299،341.67 (ދެމިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް ތިންސަތޭކަ ސާޅީސް އެއްރުފިޔާ ފަސްދޮޅަސް ހަތް ލާރި) ރުފިޔާ ހޭދަކުރެއްވިއިރު ރައީސް ނަޝީދަށް ހޭދަވީ 925،705.94 (ނުވަލައްކަ ފަންސަވީސް ހާސް ހަތްސަތޭކަ ފަސްރުފިޔާ ނުވަދިހަ ހަތަރު ލާރިއެވެ. އެއީ 1،373،635.73 (އެއްމިލިއަން ތިންލައްކަ ހަތްދިހަ ތިންހާސް ހަސަތޭކަ ތިރީސް ފަސްރުފިޔާ ހަތްދިހަ ތިންލާރި) ރުފިޔާ ކުޑައަދަދެކެވެ. ނިސްބަތުން އެއީ މައުމޫނަށް ކުރެއްވި ޚަރަދަށްވުރެ ގާތްގަނޑަކަށް 60 އިންސައްތަ ކުޑަ އަދަދެކެވެ.
ފެނަށް މައުމޫނަށް 601,568.65 (ހަލައްކަ އެއްހާސް ފައްސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ފަސްދޮޅަސް ފަސްލާރި) ރުފިޔާ ހޭދަކުރަން ޖެހުނުއިރު ނަޝީދަށް ހޭދަކުރެވިފައިވަނީ 342,892.37 (ތިންލައްކަ ސާޅީސް ދެހާސް އައްސަތޭކަ ނުވަދިހަ ދެރުފިޔާ ތިރީސް ހަތްލާރި) ރުފިޔާ ކުޑަކޮށް 258,676.28 (ދެލައްކަ ފަންސާސް އަށްހާސް ހަސަތޭކަ ހަތްދިހަ ހަރުފިޔާ އަށާވީސްލާރި) ރުފިޔާއެވެ. މިއީ 57 އިންސައްތަ ކުޑަ އަދަދެކެވެ.
މައުމޫނުގެ އެންމެބޮޑު ޚަރަދަކަށް ދެކެވުނު އަދި ދެކެވެ ވާހަކައަކީ ވެހިކަލްތަކުގެ ޚަރަދުތަކުގެ ވާހަކައެވެ. ބުރޫނާއީ ރަސްގެފާނަށްވެސް ބައްލަވައި ނުގަނެވުނު ވަރުގެ ލޯންޗުކޮޅެއް ގެންނެވި ވާހަކައާއި ވެރިކަން ބަދަލުވިއިރު އެއްބައި ފާއިސާ ދައްކާފައި އަނެއްބައި ނުދެއްކި އޮވެގެން ނުގެނެވި އޮތް ވަޒަން ނާރާ ކާރުކޮޅަކީ އޭގެތެރޭގައި މަޝްހުރު ވާހަކަތަކެކެވެ. މިވާހަކަތައް އެއްފަރާތުގައި ބައްވާފައި ގެންގުޅުއްވި ވެހިކަލްތަކަށް ބަލާއިރު މައުމޫނު 79 ކާރުކޮޅެއް ގެންގުޅުއްވިއެވެ. އެގޮތުން ވެހިކަލް ޚަރަދަށް މައުމޫނަށް ފުރަތަމަ ފަސްމަހު 599,822.05 (ފަސްލައްކަ ނުވަދިހަ ނުވަހާސް އައްސަތޭކަ ބާވީސް ރުފިޔާ ފަސްލާރި) ރުފިޔާ ހޭދަކުރައްވާފައިވެއެވެ.
ރައީސް ނަޝީދާއި ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކަށް ބޭނުންކުރައްވަނީ އެންމެ 8 ކާރެވެ. އެގޮތުން އެދެބޭފުޅުންގެ ވެހިކަލް ޚަރަދަށް ފުރަތަމަ ފަސްމަހު ހޭދަކޮށްފައިވަނީ އެންމެ 37,389.50 (ތިރީސް ހަތްހާސް ތިންސަތޭކަ އަށްޑިހަ ނުވަރުފިޔާ ފަންސާސް ލާރި)އެވެ. އެއީ މައުމޫނަށް ކުރެއްވި ޚަރަދަށްވުރެ 562,432.55 (ފަސްލައްކަ ފަސްދޮޅަސް ދެހާސް ހަތަރުސަތޭކަ ބައްތިރީސް ރުފިޔާ ފަންސާސް ފަސްލާރި) ރުފިޔާ ކުޑަ އަދަދެކެވެ. އެއީ ނިސްބަތުން 94 އިންސައްތައިގެ ކުޑަ އަދަދެކެވެ.
ލޯންޗްތަކަށް ކުރި ޚަރަދުގެ ގޮތުގައި މައުމޫނަށް 2,008,950.78 (ދެމިލިއަން އަށްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ ހަތްދިހަ އަށްލާރި) ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ސީދާ މައުމޫނުގެ ދަތުރުތަކަށް ބޭނުންކުރާ 8 ލޯންޗުގައި ސީދާ މައުމޫނުގެ ދަތުރުތަކަށް ކުރި ޚަރަދެވެ.
ނަމަވެސް އެ 8 ލޯންޗުގައި މިސަރުކާރުން ކުރި ދަތުރުތަކަށް ޚަރަދުވެފައިވަނީ 1,170,552.71 (އެއްމިލިއަން އެއްލައްކަ ހަތްދިހަ ހާސް ފައްސަތޭކަ ފަންސާސް ދެރުފިޔާ ހަތްދިހަ އެއްލާރި) ރުފިޔާ ކުޑަކޮށް 838,398.07 (އައްލައްކަ ތިރީސް އަށްހާސް ތިންސަތޭކަ ނުވަދިހަ އަށްރުފިޔާ ހަތްލާރި) ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް 58 އިންސައްތައިގެ ޚަރަދު ކުޑަ އަދަދެކެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އެގްޒެކެޓިވް އަންޑަރ ސެކްރެޓަރީ އިބްރާހީމް ރަޝީދު ވިދާޅުވީ އެއީ ރައީސް ނަޝީދާއި ނައިބު ރައީސާއި ވަޒީރުންނާއި ބޭރުގެ އެކިއެކި ވަފުދުތައްވެސް އެ 8 ލޯންޗުކޮޅުގައި ދަތުރުކުރައްވައިގެން ހިނގި ޚަރަދު ކަމަށެވެ.
ކާރުކޮޅު އަނބުރާލެވޭވަރުގެ މަގުތައް ނެތްރަށްރަށަށްވެސް ކޮޅުވެއްޓީގައި ކާރުކޮޅު ގެންދަވާ ހެއްދެވުމަށް މައުމޫނު ބޭނުންކުރެއްވި މި 79 ކާރުގެ ތެރެއިން 71 ކާރެއް ނީލަން ކިޔުމަށް ނިންމަވާ އޭގެތެރެއިން 5 ކަރެއް މިހަރުވަނި ނިލަންކިޔުމަށް އެމްޓީސީސީ އޮކްޝަން ސެންޓަރާ ހަވާލުކުރައްވާފައެވެ.
ހެޔޮވެރިކަމެއް ކުރާނަމޭ ބުނެ ޕާޓީނިޒާމުގެ ތެރެއިން ފުރަތަމަ ކާމިޔާބު ކޮށްގެން މިހާރު ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ އެގްޒެކެޓިވް އަންޑަރ ސެކްރެޓަރީ އިބްރާހީމް ރަޝީދު ވިދާޅުވީ ވެރިކަން ބަދަލުކުރީ ކުރިއަށްވުރެ ރަނގަޅުގޮތެއް ހޯދުމަށް ކަމަށެވެ.
އެކަން އެހެން ކުރުމުން ލިބިފައިވާ އުފާވެރި ޚަބަރެއް ކަމަށް ވިދާޅުވެ އިބްރާހީމް ރަޝީދު ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުންދާ 2000 ރުފިޔާއަކީ ދުނިޔޭގެ އިޤްތިސާދުގެ ނާރެސް އެހާ ފަލަނޫން ދުވަސްވަރަކަށް ވީތީ ބައެއް ކަންތައްތައް ޤުރުބާންކޮށްގެން ކަމަށެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުތަކުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހުން އެކަނިވެސް 56 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ ހަޤީގަތަކީ މިދެންނެވިއުމުރުގެ މީހަކަށް (65 އަހަރުން މަތީގެ މީހަކަށް) ހެލްތު އިންޝުއަރެންސް ގެގޮތުގައި 1 ލައްކަ ރުފިޔަ ދީފައި ކޮންމެ މަހަކު 2000 ރުފިޔާ ދެވޭކަން ކަމަށެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ އުފާވެރި އަނެއް ޚަބަރަކީ ކުރީގައި ރައީސުލް ޖުމްހޫރިއްޔާ ޖުމްލަ 79 ކާރު ބޭނުން ކުރެއްވި ކަމަށާއި އެހެންނަމަވެސް މިހާރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ބޭފުޅުންނާ އަނބިކަނބަލުންނާ އަދި ނައިބު ރައީސާ ނައިބު ރައީސްގެ ބޭފުޅުންނާ އަނބިކަނބަލުންނާ, ދެއާއިލާގެ އިމަޖެންސީ ހާލަތުތަކަށްވެސް 8 ކާރުވެސް ނުދުއްވާ ކަމަށެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ އިޤްތިސާދީގޮތުން މިހާ ދަށްދުވަސްވަރެއްގައި 65 އަހަރުގެ މީހުންނަށް މިދޭ 2000 ރުފިޔާއާއި އައިޑީކާޑު ދައްކާލީމާ އެމިހުންނަށް ހިލޭ ބޭސްކުރެވޭނެގޮތް ހަމަޖެއްސުމުގައި ރައީސަށްކުރާ ޚަރަދުން ބާކީކުރި މިފައިސާ ވަރަށްބޮދު ދައުރެއް އަދާކުރަ ކަމަށެވެ.
ކޮންމެއަކަސް ފުރަތަމަ ފަސްމަހު 56 މިލިއަން ރުފިޔާ ސަލާމަތް ކުރެވުމުން ފުރަތަމަ ދިހަމަހުގައި 112 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެތާއެވެ. މިއަދަދުން ބަލާނަމަ އަހަރު ނިމޭއިރު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ރައްޔިތުންގެ ފައިސާއިން ބާކީވާނެއެވެ. ނުވަތަ އެންމެ މީހަކަށްކުރި ޚަރަދުން އެބައި އުނިކޮށް އެތައް ހާސް ރައްޔިތުންނަކަށް އެފައިސާ ލިބިގެންދާނެއެވެ. މިއީ ހެޔޮވެރިކަމަކުން ލިބުނު ހެޔޮ މަންފާއެއްކަމަށް ނުބުނަންޏާ ދެންބުނާނީ ކީކޭހެއްޔެވެ.
-
ބުރާސްފަތި، ޖުލައި 2 2009، 19:37
މިހަރު މިއޮތީ ހެޔޮވެރިކަމެއް. ސަރުކާރުން އެބަ ހެޔޮވެރިކަމެއް ކުރޭ. އެކަމަކު މިނިވަން މުއައްސަސާތަކުން ހޮޔޮވެރިކަމަށް އެބަ ހުރަސް އަޅާ. މިއީ ވިސްނާލަންވެއްޖެކަމެއް. މައުމޫނަށްވުރެ ރައީސް ނަޝީދު ހުރިހާގޮތަކުންވެސް ރަގަޅު. ދިވެހި ރައްޔަތުންނަށް ތިހުރީ ރަނެއްފަދަ ރައީސަކު ލިބިފަ. އަޅުގަނޑު ކުރިޔަކުން ގަބޫލެއް ނުކުރަން ރައީސް ނަޝީދު އަކީ ދިވެހި ރައްޔަތުންނަށް ތިހާ އޯގާތެރި މީހަކަށް ވާނެކަމަށް. އެހެން ނަމަވެސް ރައީސް ނަޝިދު ވެރިކަމަށް އައިސް ކުރަމުންދިޔަ ހަރުދަނާ ކަންތަކުގެ ސަބަބުން އަޅުގަނޑުގެ ހިތްވެސް މިވަނީ ރައީސް ނަޝީދައް ދެވިފަ. ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގަ ވޯޓް ނުދެވުނީތީ ދެރަވަން. އެކަމަކުވެސް ރައީސް ނަޝީދު ވެރިކަމުގަ ހުރީތީ އުފާކުރަން
-
ބުރާސްފަތި، ޖުލައި 2 2009، 22:16
ތިކަން އަދިވެސް ގަބޫލުނުކުރަން ތިބި އެތައް ބަޔަކު އެބަތިއްބެވެ. ކާޑު ގެ އަގު ރާއްޖޭގެ ހުރިހާ ހިސާބެއްގަ އެއް އަގަކަށް ހެދުމަށް މިކުރެވޭ މަސައްކަތާ، ހައުސިން، ދަތުރުފަތުރަށް އަންނާނެ ބަދަލުތަކާ، ސްކޯލަރސިޕް ތަކާ ދެން މިހެން ގޮސް ސުމަކުން މި ފެށި މަސައްކަތް "އަނެއްދިވެހިރާއްޖޭގެ މަލަމަތި" ކިރިޔާ ފެންނަވަރުވާނީ ލަފާ ކުރެވޭގޮތުގަ 2 އަހަރެއްހާ ދުވަހުގެ މުއްދަތަކުންނެވެ. އިދިކޮޅު މީހުންނަށް ވެސް މިހުރިހާ ކަމެއް އެނގިތިބެމެ ދެކޮޅުވެރިވަނީ ބިތުފަންގި ނަގާ ކެޔޮކޭވަރު އެންމެނަށް ހާމަ ކުރާތީއެވެ.
-
ބުރާސްފަތި، ޖުލައި 2 2009، 22:30
ކީކޭތޯ ބުނާނީ އަޅުގަޑު މިހިރީ ހަމަ ރަގަޅަށް ވެސް އަޖައިބު ވެފަ.މަޑު މަޑުން މިހިރަގެންދަނީ ކަންތައްތައް ތައް އެގެމުން.މިހުންނަނީ ހާދަހާވާ ބޮޑެތި ކަންތައްތަކޭ އިގޭތޯ.ނަޝީދަކީ ހެޔޮވެރިކަން ކުރެއްވޭނެ ބޭފުޅެއްކަން މިދަނީ އެގި ފާޅުވަމުން..
-
ހުކުރު، ޖުލައި 3 2009، 00:13
މިލިޔުންކޮޅު ޖައްސަވައި ދެއްވާ ނަންދޯ. ފުރަތަމަކޮޅު ވީމަ ވާގޮތްތީ. ކޮބާ ކިތަށްމިނިސްޓްރީ ކިތަށްމިނިސްޓަރުން ކިތަށްކާރުކޮޅު މިހެންގޮސް އަތްނުފޯރާ. ޖުމްލަކޮށް ސަރުކާރުހަރަދުވީބޮޑް. ނިކަމެތިން ނިކަމެތިވަނީ. އަތްނުފޯރާވަރަށް ޑޮލަރު މަތިވަނީ. ކާރުކޮޅާ ދަތުރާ ވަނީގިނަ ތަންދޮރުނުދަންނަ މީހުން މަތީމަގާމަށް ވަނީގިނަ ބަލަންވާވަރަށްނުބަލާ ލިޔެފައިވާ ލިޔުމެއް.......ހުސެން މާލެ
-
ހުކުރު، ޖުލައި 3 2009، 05:44
މަސްތުވާތަކެތީގެ ވިޔަފާރިފުޅާކޮށްކުރާމީހަކު އަތުލައިގެނެވުނުކަމީ ވަރށް އުފާވެރި ޙަބަރެއް. މިއީ އަޅުގަނޑުމެންގެ ހިތާމައަކީ.މި ވަބާ އަވަހަށް މި ގައުމުން ފިލަނީ ކޮންދުވަހަކުން ކިހާ އަވަހަކަށްބާ ހިތަށް އަރަނީ. އަންނިގެ މިސަރުކާރުން މި ވަބާ ގައުމުން ނައްތާލުމަށް ކުރައްވާ މަސައްކަތަށް މަރުހަބާ ކިޔަން.
-
ހުކުރު، ޖުލައި 3 2009، 05:47
ރައިސް ނަޝީދު ކުރައްވަނީ ހަމަ ހެޔޮ ވެރކަމެކޭ ދެންނެވޭނީ.ހަގީގަތަކީ މިއީ.މިހެން ބުނުމުން ބަޔަކު ރުޅިއަޔަސް.
-
ހުކުރު، ޖުލައި 3 2009، 08:58
ރައީސް ނަޝީދަކީ އަޅުގަނޑު ވަރަށްރަގަޅަށް ދަންނަ ބޭފުޅެއް. ވަރަށް ތެދުވެރި ބޭފުޅެއް. ހަމަ ގައިމުވެސް ދިރި އުޅުމުގެ ޚަރަދު ނަޝީދުގެ ބޮޑެއް ނުވާނެ. ނަމަވެސް ހިތާމަ އަކީ ހެޔު ވެރިކަމެއް ކުރިޔަ ނުދޭން ޑީ އާރު ޕީ އަދި މިނިވަން މުއަށްސަސާސް ތައް ހިފާފައި ތިބިކަން. ވާނީ ވެސް އެހެން ވެރިކަން ބަދަލު ވުމުން ހާދަ އެއްޗެއް ބަޔެއް ބޭފުޅުން ނަށް ގެއްލިއްޖެޔޭ. އުޅުއްވެވުނު މޮޅު ދިރިއުޅުމާ، ފައިވް ސްޓާރ ހޮޓާ ތަކާ، މާލެއިން އަދި ހުޅު މާލެއިން ލިބުނު ގޯތި ތަކާ، އޮފީސް ޚަރަދުގައި ނިދިކުރެއްވުނު ރިސޯޓް ތަކާ، ބޭރު ދަތުރުތަކުގައި ބައްލަވައި ގަނެވުނު ޖަވާހިރު ތަކާ އަދިވެސް.. އަޅުގަނޑަށް ޔަގީން މީގެ 2 އަހަރެއް ފަހުން ހެޔޮވެރިކަމުގެ ހެޔޮ ބަދަލު ދިވެހިންނަށް ފެންނާނެ ކަން. ދިހެހިންނަސް އަޅުގަނޑު ކުރާ އާދެހަކީ ޤައުމު ހަލާކު ކޮއްލަން އުޅޭ މީހުންނާ ބައި ނުވާށެވެ. ހަމަ ޔަގީނުންވެސް ބައެއް މީހުން އެއުޅުނީ މި ޤައުމު ހަލާކު ކޮއްލާށެވެ.