

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ބޮޑެތިޢުދުވާންތަކެއް ފަށައިފި
އަފްޣާނިސްތާން އަޅުވެތިކޮށްގެން ތިބި އެމެރިކާސިފައިން އެގައުމުގެ ދެކުނުގެ ޕްރޮވިންސެއްކަމަށްވާ ހެލްމަންދުން ތާލިބާން މުޖާހިދުން ބޭރުކޮށްލުމަށްޓަކައި ވަރުގަދަ އުދުވާންތަކެއް ފަށައިފިއެވެ. މުޖާހިދުންގެ ބާރުގަދަ ރަށެއްކަމަށްވާ ހެލްމަންދު ހިފުމަށް އެމެރިކާއާއި އެގައުމާ ގުޅިފައިވާ ގައުމުތަކުގެ ސިފައިން ގުޅިގެން ހިންގާ މިއުދުވާނަކީ އެމެރިކާގެ ރައީސްކަމަށް ބަރަކް އޮބާމާ އައިފަހުން ހިންގާ މިފަދަ އެންމެބޮޑު އުދުވާނެވެ.
އެމެރިކާސިފައިންނާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުގައި ހެލްމަންދުގެ އެކިއެކި ޓައުންތަކަށް ވަދެގަތުމަށްޓަކައި އެމެރިކާގެ 4000 ސިފައިންނާއި އެމީހުންނާ ބައިވެރިވެގެން އަމިއްލަގައުމާ ދެކޮޅަށް ހަނގުރާމަކުރާ އަފްޣާން ހަނގުރާމަވެރިންގެ 650 މީހުން މިހާރު ދަނީ ނޭޓޯގެ މަތިންދާބޯޓްތަކުގެ އެހީއާއެކު ދަތުރުކުރަމުންނެވެ.
އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންއިން ހާމަކުރާގޮތުގައި މިއީ ވިއެޓްނާމްހަނގުރާމައިގެ ފަހުން އެމެރިކާސިފައިން ހިންގާ އެންމެ ވަރުގަދަ އަސްކަރީހަރަކާތެވެ. އަދި މިފަހަރުގެ ހަމަލާގެ ބޭނުމަކީ މަރުވާމީހުންގެ އަދަދު ގިނަކުރުމެއްނޫންކަމަށާއި އެސަރަހައްދަށް ވެރިވެގަތުންކަމަށް ވެސް އެމެރިކާސިފައިން ބުނެއެވެ.
އެމެރިކާސިފައިންގެ މެރިން އެކްޕެޑިޝަނަރީގެ ކޮމާންޑިން އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ލެރީ ނިކޮލްސަން ބުނިކަމަށް އަލްޖަޒީރާ ބުނާ ގޮތުގައި އޮޕަރޭޝަން ޚަންޖަރުގެ ނަންދީފައިވާ މިހަމާތައް އެމެރިކާގެ އެހެން ހަމަލާތަކާ ތަފާތުވަނީ މިހަމާތަކުގައި ބައިވެރިވާ ސިފައިންގެ އަދަދު ގިނަކަމުންނެވެ. އެމެރިކާސިފައިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެމީހުން މިވަހަރު ދާތަނެއްގައި އެމީހުން ތިބޭނެއެވެ.
އެމެރިކާސިފައިންގެ މިއުދުވާންތައް ފަށާފައި މިވަނީ އެމީހުން އަފްޣާނިސްތާނަށް ވެރިވެގަތްފަހުން ތާލިބާން މުޖާހިދުން ދިން އެންމެ ވަރުގަދަ ހަމަލާތައް ދީފައިވަނިކޮށެވެ.