ޕާކިސްތާންގެ ޚައިބަރު ސަރަހައްދުގައި ތާލިބާނުންގެ 28 މީހުން މަރާލައިފި

ޖުލައި 2 2009، 16:41 0 ޚިޔާލު

ޕާކިސްތާންގެ ގަބީލާތައް ދިރިއުޅޭ ސަރަހައްދެއްކަމަށްވާ ޚައިބަރު ސަރަހައްދަށް އެގައުމުގެ ސިފައިން ދިން ހަމަލާތަކެއްގައި ތާލިބާނުންނާ ގުޅުން ހުރި ހަނގުރާމަވެރިންގެ 28 މީހުން މިއަދު މަރާލައިފިއެވެ.

ޕާކިސްތާން ސިފައިން ހާމަކުރާ ގޮތުގައި ޚައިބަރުގައި ތާލިބާނުން ފިލާތިބި ތަންތަނަށް ހެލްކޮޕްޓަރ ބޭނުންކޮށްގެން ބޮން އެޅީ ރޭގަނޑުގެ ވަގުތުގައެވެ.

ކޮންމެވެސް ވަރަކަށް އަމިއްލަ މިނިވަންކަން އޮންނަ ޚައިބަރު ސަރަހައްދަކީ އަފްޣާނިސްތާންގައި ތިބޭ އެމެރިކާސިފައިންނަށް ބޭނުންވާ ކާނާއާއި ބޯފެން ފަދަ ތަކެތި ގެންދިއުމަށް ޕާކިސްތާންސިފައިން ބޭނުންކުރާ މަގެކެވެ.

ޚައިބަރު ސަރަހައްދުގައި ހަރަކާތްތެރިވާ ލަޝްކަރޭ އިސްލާމްގެ އަށް ހަނގުރާމަވެރިން މަރުވެފައިވާކަމަށް އެމީހުން ވަނީ ބުނެފައެވެ. އެމީހުން ބުނެފައިވާ ގޮތުގައި މަރުވި އެހެންމީހުންނަކީ ކޮންބައެއްކަމެއް އަދި ނޭނގެއެވެ. ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި އެމީހުންނަކީ އާއްމުން ކަމަށް ވެސް ލަޝްކަރޭ އިސްލާމްއިން ބުނެއެވެ.

ޕާކިސްތާން ސިފައިން ދަނީ އެމެރިކާއާ ދެކޮޅުވާ އެގައުމުގެ ހަނގުރާމަވެރިންނާ ވަރުގަދައަށް ހަނގުރާމަކުރަމުންނެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv