ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާގެ އިންތިޚާބު ބާއްވަނީ

ޖުލައި 2 2009، 16:33 0 ޚިޔާލު

އެޓޮމިކްހަކަތައާ ބެހޭ ބައިނަލް އަގުވާމީ އިދާރާ (އައި.އޭ.އީ.އޭ)ގެ ވެރިޔަކަށް ބޭފުޅަކު އިންތިޚާބުކުރުމަށްޓަކައި އެއިދާރާގެ ބޯޑްގެ މެމްބަރުން މިއަދު ވޯޓްލައިފިއެވެ. އަލްޖަޒީރާ ބުނާ ގޮތުގައި އައި.އޭ.އީ.އޭގެ ވެރިޔަކަށް މިފަހަރު ހޮވުން އެންމެ ގާތީ އެއިދާރާއަށް ޖަޕާނުން ކަނޑައަޅާފައި ހުންނަ ސަފީރު ޔުކިޔާ އަމާނޯއެވެ.

އައިއޭއީއޭގެ މިހާރުގެ ވެރިޔާ މިސްރުގެ މުޙައްމަދު އަލްބަރާދައީ ވަނީ އެމަގާމުގައި 12 އަހަރު ހޭދަކުރައްވާފައެވެ. އެމަގާމުގައި ތިންދައުރު ފުރިހަމަ ޖުރެއްވުމަށް ފަހު އޭނާ މިފަހަރު އެމަގާމުން ވަކިވެޑައިގަންނަވާނެއެވެ. އަލްބަރާދައީއަކީ އެޓޮމިކް ހަކަތައާއި ބެހޭ އިދާރާ ސިޔާސީކުރައްވާކަމަށް ތުހުމަތުކުރެވިފައިވާ ބޭފުޅެކެވެ.

އައިއޭއީއޭއިން މިހާރު ކުރަން ހުރި އެންމެ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ސޫރިޔާގެ ނިއުކްލިއަރ މައްސަލަ ތަހުގީގުކުރުމާއި އުތުރުކޮރެއާގެ ނިއުކްލިއަރ މަސައްކަތްތައް ހުއްޓުވުން ހިމެނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv