ދިރާގުން މޮބައިލް ސާވިސް މެނޫގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކޮށްފި

މުހައްމަދު އަފްރާޙް ޖުލައި 1 2009، 16:13 0 ޚިޔާލު

ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަރލެސް ގުޅިގެން އުފައްދާފައިވާ ކުންފުނި ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް(ދިރާގު)ން މޮބައިލް ސާވިސް މެނޫގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

”މޮބައިލް ސާވިސް މެނޫ“ އަކީ #123* އަށް ގުޅާލައިގެން ދިރާގުގެ މޮބައިލް ހިދުމަތުގައި ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ހޯދަން ވީ ގޮތް މޮބައިލް ފޯނަށް ލިބޭ ހިދުމަތެއް ކަމަށް ދިރާގުން ބުނެއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ދިރާގުގެ މީޓިންރޫމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މެނޭޖަރ މާކެޓިން މޮބައިލް ރިއްފަތު މުހައްމަދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ”ފަސޭހަ“އެއް ލިބިގެން ދާނެ ކަމަށެވެ.

”މިހާރު ދިރާގު މޮބައިލް ހިދުމަތް މެދުވެރިކޮށް ދޭ ވެލިއު އެޑެޑް ސާވިސަސްތއް ވަރަށް ފަސޭހައިން ލިބޭނެ. އަޅުގަނޑުމެން މިހާރު ދެމުން ގެންދާ ހިދުމަތްތއް ހޯދަން އެބަޖެހޭ 'ކީވޯޑެއް' ބޭނުން ކުރަން. މިހިދުމަތް ހޯދުމުން ކީވޯޑް ހަނދާން ކޮށްގެން ހުންނާކަށް ނުޖެހޭނެ.“ ރިއްފަތު ވިދާޅުވިއެވެ.

ދިރާގުން މިހާރު ”ވެލިއު އެޑެޑް ސާވިސް“ގެ ގޮތުގައި ދެމުންގެންދާ ބައެއް ހިދުމަތްތަކުގެ ތެރޭގައި ޕްލައިޓް އިންފޮމޭޝަން, އައިޖީއެމްއެޗް ހޮސްޕިޓަލްގެ ޑޮކްޓަރުގެ ޑިއުޓީގެ މައުލޫމާތު ހޯދުން, ނަމާދު ވަގުތު, ސްޓޮކް އެކްޗޭންޖްގެ މައުލޫމާތު ހިމެނެއެވެ. އަދި މީގެ އިތުރުން ޓީވީ ޗެނަލް ތަކާއި އަދި ރޭޑިއޯ ޗެނަލްތަކުން ކުރިއަށް ގެންދާ ބައެއް ޕްރޮގްރާމްތަކަށް އެސްއެމްއެސް ފޮނުވުމުގެ ހިދުމަތްވެސް ހިމެނެއެވެ.

”މިހާރު #123* އަށް ގުޅުމުން ފޯނަށް އަންނާނީ މެނޫއެއް. މެނޫގައި ހުންނާނެ ހިދުމަތުގެ ނަމްބަރު އެ ނަމްބަރު ޖެހީމަ ހިދުމަތް ހޯދޭނެ.“

ދިރާގުން މިއަދުވަނީ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިދުމަތެއް ވެސް ތައާރަފުކޮށްފައެވެ. އެއީ މޮބައިލް ސާވިސް މެނޫ މެދުވެރިކޮށް ޕްރިޕެއިޑް ފޯނު ރީޗާޖު ކުރުމުގެ ހިދުމަތާއި ފޯނަށް ޖަވާބުދޭން ދަތިވާ ވަގުތުތަކުގައި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ގުޅާ ފޯނަކަށް މެސެޖް ފޮނުވުމުގެ ހިދުމަތެވެ. މިއީ މިހާރުވެސް މެދުން ގެންދާ ހިދުމަތެކެވެ.

”[އައުޓް އޮފް އޮފީސް] ހިދުމަތުން ފޯނަށް ޖަވާބުދޭން ދަތިވާ ވަގުތުތަކުގައި މެސެޖު ފޮނުވާ ލެވިދާނެ.“ ރިއްފަތު ވިދާޅުވިއެވެ. ”#123*އަކީ ހިލޭ ގުޅޭ ނަމްބަރެއް.“

ދިރާގުން ބުނީ މިހިދުމަތަށް އެކުންފުނިން ދެމުން ގެންދާ އިތުރު ހިދުމަތްތައް އިތުރު ކުރަމުން ގެންދާނެ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv