
އެސްޓީއޯއިން ސެވަން ސީސް ފުޑްސަޕްލިމެންޓް ރާއްޖެއަށް ތައާރަފުކޮށްފި
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)ން ”ސެވަން ސީސް“ ފުޑް ސަޕްލިމެޓް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި އެސްޓީއޯ މެޑިކަލް ސާވިސް ސެކްޝަނުން ރާއްޖޭގެ ބަޒާރަށް ނެރުނު މި ފުޑް ސަޕްލިމެންޓަކީ ކޮންމެ ދުވަކަށް އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައިދޭ އުފެއްދުމެކެވެ.
އެސްޓީއޯ މެޑިކަލްގެ މެނޭޖަރ ހުސެން ޝިއާން ވިދާޅުވީ ކޮންމެ ދުވަހަކު ކޮންމެ މީހަކަށްވެސް ކޮންމެ ހެން ބޭނުންވާނެ މާއްދާތައް ހިމައިގެން އުފައްދާފައިވާ މުޅިދުނިޔެއަށް މަޝްހޫރު މި އުފެއްދުމުގައި ކުޅިވަރު ކުޅޭމީހުންގެ ހުޅުތަކަށް ދިމާވާ މައްސަލަތައް ރަނގަޅު ކުރުމަށް އެހީވެދޭ ”ޖޮއިންޓް ކެއާ“ ނަމަކަށް ކިޔާ އުފެއްދުމެއްވެސް ހިމެނޭ ކަމަށެވެ.
”ކުޅިވަރުގައި އުޅުއްވާ ބޭފުޅުންގެ ހުޅުތަކަށް ދިމާވާ މައްސަލަތަކުގައި ޖޮއިޓްކެއާގެ އުފެއްދުންތަށް ކޮންމެ ދުވަހަކު ބޭނުން ކުރުން ރަނގަޅުވާނެ.“ ޝިއާން ވިދާޅުވިއެވެ.
ޝިއާން ވިދާޅުވީ ސެވަން ސީސް ފުޑް ސަޕްލިމެޓްގައި ވިޓަމިން އީ, ވިޓަމިން ބީ ކޮންޕްލެކްސް, ކެލްސިއަމްވެސް ހިމެނޭ ކަމަށާއި މިއީ އާއްމުކޮށް ރާއްޖޭގައި އުޅޭ ބައްޔެއް ކަމަށްވާ ”ރާއްޖެބަލި“ން ސަލާމަތް ކޮށްދޭނެ އުފެއްދުމެއް ކަމަށެވެ. ” ސެވަން ސީސްގެ ޕްރޮޑަކްޓް ރޭންޖަށް ބަލާނަމަ ގާތްގަނޑަކަށް 70ވަރަކަށް ވައްތަރު އެބައުޅޭ. މިވަގުތު ރާއްޖެއަށް ތައާރަފުކޮށްފައި މިވަނީ އޭގެ 50ވަރަކަށް ރޭންޖް.“
ސެވަން ސީސްގެ އުފެއްދުންތަކަކީ އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ގައުމުތަކުގައި ”ނަމްބަރ ވަން ފުޑް ސަޕްލިމެޓް“ އެވެ.