
ވިމްބަލްޑަން އަންހެނުންގެ ބައި : ވިލިއަމްސްގެ ދެބެންވެސް ސެމީ ފައިނަލަށް
އިންގްލެންޑްގައި ހިނގަމުންދާ ވިމްބަލްޑަން ގްރޭންޑް ސްލޭމް މުބާރާތުގެ ކުއާޓަރ ފައިނަލަށް އެމެރިކާގެ ވިލިއަމްސްގެ ދެބޭންވެސް ދަތުރުކޮށްފިއެވެ.
ވީނަސް ވިލިއަމްސް އާއި ކޮއްކޮ ސެރީނާ ވިލިއަމްސް ދުނިޔޭގެ އެންމެ ޝަރަފްވެރި ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅެވުނު ކުއާޓަރ ފައިނަލްގެ މެޗުތަކަށްފަހު ދެބެންވެސް ފަސޭހަ ކަމާ އެކު މޮޅުވެގެންނެވެ. ކުއާޓަރ ފައިނަލްގައި ސެރީނާ ބައްދަލުކުރީ ބެލާރުސްގެ ވިކްޓޯރިއާ އާއި އެވެ. މިމެޗު ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ސެރީނާ ވަނީ މުބާރާތުގައި އެމެރިކާ އަށް ރަން ވަނައެއް ގެންގޮސްދިނުމުގެ އުއްމީދު އާކޮށްފައެވެ.
ދައްތަ ވީނަސް މޮޅުވީ ޕޮލެންޑްގެ އަގްނިއެސްކާއާއި ބައްދަލުކޮށް ހަމަ ދެ ސެޓޫން މޮޅުވެގެންނެވެ.
މިމުބާރާތުގެ އަންހެނުންގެ ބައިގައި ސެމީ ފައިނަލަށް ހޮވުނު ކުޅުންތެރިންގެ ތެރޭގައި ރަޝިއާގެ ދިނާރާ ސަފީނާ، ހަމަ އެގައުމުގެ އެލީނާ ޑަމެންޓިއޭވާއެވެ.
ސެމީ ފައިނަލްގެ މެޗުތަށް އޮންނާނީ މާދަމާއެވެ.—ގޯލްޒް