
ވިމްބަލްޑަން ފިރިހެނުންގެ ބައި : ކުއާޓަރ ފައިނަލްގެ މެޗުތަށް މިއަދު ކުޅެނީ
އިންގްލެންޑްގައި ކުރިއަށްދާ ވިމްބަލްޑަން ބައިނަލް އަގުވާމީ ޓެނިސް މުބާރާތުގެ ފިރިހެނުންގެ ބައިގެ ކުއާޓަރ ފައިނަލްގެ މެޗުތަށް މިއަދު ކުޅެވޭނެއެވެ.
ކުއާޓަރ ފައިނަލްގެ މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ކަޅި އަމާޒުވެފައިވާ މެޗަކީ ކުރީގެ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސްވިޒަލެންޑްގެ ރޮޖަރ ފެޑެރަރ އާއި ކްރޮއޭޝިއާގެ އިވާ ކޮރްލޮވިޗު ބައްދަލުކުރާ މެޗެވެ. މިމުބާރާތުގެ ތަށި ގެންދާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުރަވާ ފެޑެރަރ އަކީ މީގެ ކުރިންވެސް ވިމްބަލްޑަން ތަށި އެތަށް ފަހަރެއްގެ މަތިން އުފަލާލާފައިވާ ކުޅުންތެރިއެވެ. މިމުބާރާތުގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ނަޑާލް ނުކުޅުމަކީވެސް ފެޑެރަރ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
ކުއާޓަރ ފައިނަލްގައި މިއަދު ކުޅެވޭ އެހެނިހެން މެޗުތަކުގެ ތެރޭގައި ސާބިއާގެ ނޮވާކު ޖޮކޮވިޗާއި ޖަރުމަނުގެ ޓޮމީ ހާސް، އޮސްޓްރޭލިއާގެ ލޭޓަން ހެވިޓާއި އެމެރިކާގެ އެންޑީ ރޮޑިކު އަދި އިންގްލެންޑްގެ ހަމަ އެކަނި އުއްމީދު ކަމަށްވާ އެންޑީ މުރޭ އާއި ސްޕޭނުގެ ކާލޯސް މޯޔާގެ މެޗުވެސް ހިމެނެއެވެ.—ގޯލްޒް