ބަދަލުތަކާއެކު ތާޖް ކޮރަލް ރީފް ވިވަންތާ ތާޖްގެ ނަމުގައި އަލުން ހުޅުވަނީ

ޖޫން 30 2009، 16:06 0 ޚިޔާލު

ބަދަލުތަކާއެކު ތާޖް ކޮރަލް ރީފް ވިވަންތާ ތާޖްގެ ނަމުގައި އޮގަސްޓްމަހު އަލުން ހުޅުވުމަށް ތައްރާރުވަމުން ދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އިންޑިޔާގެ އޮންލައިން ނޫހެއް ކަމަށްވާ ހޮސްޕިޓާލިޓީ ބިޒް އިންޑިޔާ ޑޮޓްކޮމްގައި ވާގޮތުން ބަދަލުތަކާއި ތާޖް ކޮރަލް ރީފް ވިވަންތާ ތާޖްގެ ނަމުގައި ހުޅުވާއިރު ކޮޓަރި ތަކަށްވެސްވަނީ ބަދަލު ގެނެސްފައެވެ.

އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ތާޖް ހޮޓެލް ރިސޯޓް އެންޑް ޕެލަސްއިން ރާއްޖޭގައި ހިންގަމުންދާ ދެ ރިސޯޓުން އެއް ރިސޯޓު ކަމަށްވާ މިހާރުގެ ތާގް ކޮރަލް ރިސޯޓު ފަރުމާކޮށްފައިވަނީ ކެންޓް އާކިޓެކްޗާރ އެންޑް އިންޓީރިއާ ޑިޒައިނާރ ޕީޑަބްލިއު ޕީ އިންޓީރިއާގެ ފަރާތުން ނެވެ.

ހޮޓެލް ބިޒް އިންޑިއާގައި ވާގޮތުން ރީބްރޭންޑްކޮށް އަލުން ހުޅުވާއިރު 62 ވިލާ އަދި ދެ ބީޗް ވިލާ ވެސް ހުންނާނެއެވެ. އަދި ފަތުރުވެރިންނަށް މޫދު ކޮޓަރިއެއް ނުވަތަ ބީޗް ވިލާއެއް އިހުތިޔާރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އެސައިޓްގައި ބުނެފައިވެއެވެ. އެގޮތުން އެތަނުގައި ފަތުރުވެރިން ތިބޭއިރު ކަނޑުމަތި ރީތިކޮށް ފެންނަން އޮންނާނެއެވެ.

މާލެ ބައިނަލް އަގުވާމީ ވައިގެ ބަނދަރާ 32 ކިލޯމީޓަރުގެ ދުރުމިނުގައި އޮންނަ ކުރީގެ ހެންބަދޫ އައިލެންޑް ނުވަތަ ތާޖް ކޮރަލް ރީފަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އާއިލާގެ މެންބަރުނާއެކު ޗުއްޓީ ހޭދަކުރަން އަންނަ މީހުންނަށް އަދި ކަޕުންސް ތަކަށްވެސް ޝައުގުވެރިވާ ގޮތަށް ވަނީ ރިސޯޓަށް ބަދަލު ގެނެސްފައެވެ.

ތާޖް ހޮޓެލްސް އެންޑް ރިސޯޓަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި 76 ހޮޓަލާއި ހަތް ގަނޑުވަރު އަދި ހަ އަމިއްލަ ޖަޒީރާރަށް އަދި 12 ގައުމެއްގައި ރިސޯޓު ހިންގަމުން ގެންދާ ކުންފުންޏެކެވެ. ތާޖުން ރާއްޖޭގައި ތާޖް އެގްޒޯޓިކާގެ ނަމުގައިވެސް ރިސޯޓެއްދަނީ ހިންގަމުން ނެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv