ޔަޝްރާޖް ފިލްމްސްގެ އާ ހީރޯއަށް ޝާހިދު ކަޕޫރު

ހަފްސާ އުމަރު މޭއި 30 2009، 11:59 0 ޚިޔާލު

ޝާހްރުކް ހާން ފިލްމީ އިންޑަސްޓްރީއަށް ނުކުތީއްސުރެ ޔަޝްރާޖް ފިލްމްތަކުގައި އެންމެ ގިނައިން އެކްޓަރެއްގެ ގޮތުން ފެނިގެން ގޮސްފައިވަނީ ޝާހްއެވެ. ލޯބީގެ ގިނަ ފިލްމުތަކެއް ޔަޝްރާޖް ބެނަރގެ ދަށުން ކުޅެ ރާޖްގެ ނަމުން ޝާހް މަޝްހޫރުވެގެން ދިޔައެވެ. އެހެން ނަމަވެސް އެންމެ ފަހުން އިވިގެންދިޔާ ހަބަރަކީ ޝާހްގެ ބަދަލުގައި މިހާރު ޔަޝްރާޖްގެ ގިނަ ލޯބީގެ ފިލްމުތައް އެމީހުން ހުށަހަޅަމުންދަނީ ޝާހިދު ކަޕޫރަށް ކަމެވެ. ބުނެވޭ ގޮތުގައި އުމުރުންދުވަސްވެ ޝާހު މިހާރު ލޯބީގެ ފިލްމުތަކަށްވުރެން ބޮޑަށް އެކްޝަން އަދި ހަރުދަނާ އުމުރާ ގުޅޭ ކަހަލަ ފިލްމުތަކަށެވެ.

ޝާހިދު މިހާރުވެސް ޔަޝްރާޖް ފިލްމްސް ގެ ދެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންއެބަދެއެވެ. އޭގެ ތެރޭގައި އަނޫރާގް ސިންގެ ފިލްމް ހަޅިއްޕާ ރާނީ މުކަރްޖީއާއެކު އަދި ޕަރްމީތް ސެޓީގެ އަދި ނަންނުކިޔާ ފިލްމެއްގައި އަނުޝްކާ ޝަރްމާއާއެކުއެވެ. ބުނެވޭ ގޮތުގައި ޔަޝްރާޖް ފިލްމްސްގެ ފަރާތުން ދެކޭ ގޮތުގައި އެމީހުންގެ ފިލްމުތަކުގައި ފެނިގެންދާ ލޯބީގެ ކެރެކްޓަރތައް ދައްކުވައިދޭން އެންމެ އެކަށީގެންވާ ތަރިއަކީ ހަމަ ޝާހިދުއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv