

އޭ.އާރު. ރަހްމާންގެ ނަމުގެ ކުރިއަށް ޑރ. އިތުރުވެއްޖެ
ނިމިގެންދިޔަ އޮސްކާގައި އެންމެގިނަ ކާމިޔާބު ހޯދި ފިލްމް ކަމުގައިވާ ސްލަޑޯގް މިލިއަނަރގެ މިއުޒިކް ތައްޔާރުކޮށްދީފައިވާ އަދި ހަމަ އެފިލްމްއިން އޮސްކާ ހާސިލްކޮށްފައިވާ އިންޑިޔާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ އަދި ލަވަކިޔުންތެރިޔާ އޭ.އާރު ރަހްމާންއަށް އަނެއްކާވެސް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ. މިފަހަރު ރަހްމާންއަށް ލިބުނު ކާމިޔާބަކީ އޭނާގެ ނަމުގެ ކުރިއަށް ޑރ. އިތުރުވުމެވެ. ރަހްމާން ޑޮކްޓަރޭޓް ފާސް ހާސިލްކޮށްފައިވަނީ އަލިގަރްހް މުސްލިމް ޔުނިވަރސިޓީ އިންނެވެ. ސްލަމްޑޯގް މިލިއަނަރއިން ރަހްމާން ވަނީ ދެ އޮސްކާ ހާސިލްކޮށްފައެވެ.