

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ހުއްދަ ކަމެއްތަ؟
ނިމާލް محمد، މަދީނާގެ އިސްލާމިކް ޔުނިވަސިޓީގައި ކިޔަވާ ދަރިވަރެއް
ﷲސުބުޙާނަހޫވަތަޢާލާ އިންސާނުން ޚަލްޤުކުރެއްވުމަށްފަހު އެބައިމީހުން އުޅެންވީގޮތާއި އުޅެގެންނުވާނެގޮތް ބަޔާންކޮށްދެއްވުމަށްޓަކައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވެވިއެވެ. އަދި އެބޭކަލުންނަށް ފޮތްތައް ބާވާލައްވައި، މީސްތަކުންނަށް އެފޮތްތަކުގައިވާ އަމުރުތަކާއި ނަހީތައް ބަޔާންކޮށްދެއްވުމަށް އެންގެވިއެވެ. މިގޮތުގެ މަތީން އަޅުގަނޑުމެންގެ މާތްނަބިއްޔާ محمد صلى الله عليه وسلم މި ފަނާވެދަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައިވަނީ މީސްތަކުންނަށް ހުރިހާކަމެއް ބަޔާންކޮށްދެއްވާފައެވެ. ހެޔޮ ކަމެއްނަމަ އެކަމަކަށް އަމުރުކުރައްވާ އިރުޝާދު ދެއްވާފައެވެ. އަދި ކޮންމެ ނުބައިކަމަކަށްމެ ހުށިޔާރުކުރައްވާ އިންޒާރުދެއްވާފައެވެ.
ދީނުގެތެރެއަށް އިތުރުކުރާ ބިދުޢަތަކަކީ މިގޮތުން އެކަލޭގެފާނު ނިހާޔަތަށް އިންޒާރުކުރައްވާ ނަހީކުރައްވާފައިވާ ކަންތައްތަކެކެވެ. އެހެނީ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަސްފުޅު ވަޙީކުރައްވާ އަންގަވާފައިވަނީ އިސްލާމްދީން އެ އިލާހު މީސްތަކުންނަށް ދީނެއްކަމުގައި ރުހިވޮޑިގެންނަވައި އެ ދީން އެބައިމީހުންނަށްޓަކައި ފުރިހަމަކޮށްދެއްވާފަކަމެވެ. قال الله تعالى: ( اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا) المائدة:3. މާނައީ: "މިއަދު ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހުގެ ނިޢުމަތްތަށް ފުރިހަމަކޮށްދެއްވާ އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ރުހިވޮނޑިގެންފީމެވެ. "މިފަދައިން ﷲތަޢާލާ ބަސްފުޅުވަޙީކުރައްވާފައިވާއިރު ދީނުގެ ތެރެއަށް އެކަލޭގެފާނު ( صلى الله عليه وسلم) ނުގެންނަވާ ކަމެއް ގެނެސްގަންނަމީހާއަކީ މާތް ނަބިއްޔާ( صلى الله عليه وسلم) ދީން ފުރިހަމައަށް ބަޔާން ނުކޮށްދެއްވާކަމުގައި ބުނެ އެކަމުގެ ތުހުމަތު އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވާމީހެކެވެ. އޭނަގެ ދުލުން މިފަދައިން ނުބުނި ކަމުގައިވީނަމަވެސް އޭނަގެ ޢަމަލުތަކުން މިކަން ދޭހަވެއެވެ. މިފަދަ މީހަކަށް ވުރެ ބޮޑު ބަދުނަޞީބު ވެރިޔަކީ ކާކުތޯއެވެ؟
އިސްލާމީ މުޖުތަމަޢުތަކުގައި ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ މާތްނަބިއްޔާ محمد صلى الله عليه وسلم އުފަންވެވަޑައިގަތްދުވަހުގެ އިޙްތިފާލަކީ މި ފުރިހަމަވެފައިވާ އިސްލާމްދީނަށް އިތުރު ކުރެވޭ ބިދުޢައެއްކަމާމެދު ޝައްކެތްއޮތްކަމެއްނޫނެވެ. އަދި މިކަމަކީ އެކަލޭގެފާނު ނަހީކުރައްވާފައިވާ ކަންތައްތަކުގެތެރެއަށް ވަންނަކަމެއްކަން ކަށަވަރެވެ. އެހެނީ އެކަލޭގެފާނު صلى الله عليه وسلم އަމިއްލަފުޅަށް މިދުވަސް، އެކަލޭގެފާނު އުފަންވެވަޑައިގަތީތީވެ ފާހަގަ ކުރައްވާފައެއް ނުވެއެވެ. ހަމަ އެފަދައިން އެބޭކަލުންގެ ޖާނާއި މާލުން އެކަލޭގެފާނަށްޓަކައި ޤުރުބާންވެވަޑައިގެންނެވި މާތްﷲ ރުއްސުންލެއްވި އެކަލޭގެފާނުގެ މިތުރު ސަޙާބީންވެސް އެދުވަސް، އެކަލޭގެފާނު (صلى الله عليه وسلم) ގެ ޙަޔާތްޕުޅުގައި އަދި އެކަލޭގެފާނު އަވަހާރަވެވަޑައިގަތުމަށްފަހުވެސް ފާހަގަ ކޮށްފައެއްނުވެއެވެ. ޝައްކެތް ނެތްގޮތުގައި މިއީ ޘަވާބާއި ދަރުމަލިބޭ ހެޔޮ ޢަމަލެއް ކަމުގައިވީނަމަ އެކަލޭގެފާނު صلى الله عليه وسلم އުއްމަތަށް މިކަމުގެ އިރުޝާދުދެއްވާނެކަން ކަށަވަރެވެ. އަދި އެކަލޭގެފާނު ދެކެ ނިހާޔަތަށް ލޯބިވި ޞަޙާބީން އަޅުގަނޑުމެންނަށްވުރެ އެހެންކަންކަމުގައި ކުރިއަރާދިޔަހެން މިކަމުގައިވެސް ކުރިއަރާ ދިޔައީހެވެ.
ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ: ( قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم) މާނައީ: "ތިޔަބައިމީހުން ﷲތަޢާލާ ދެކެ ލޯބިވާކަމުގައިވާނަމަ ތިމަން ނަބިއްޔާއަށް ތަބަޢަވާށެވެ. އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންނަވާ އަދި ތިޔަބައި މީހުންނަށް ފާފަ ފުއްސަވާދެއްވާނެއެވެ". ކަންމިހެން އޮތްއިރު އަޅުގަނޑުމެންނަށް ﷲ ގެ ރުހިވޮޑިގަތުން ލިބެން އޮތީ އެކަލޭގެފާނަށް(صلى الله عليه وسلم) ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވެގެންނެވެ. އަދި އެކަލޭގެފާނުގެ ޠާހިރު ސުންނަތް އެންމެ ރަގަނޅަށް އޮޅުންފިލި މާތްޞަޙާބީންގެ ފިޔަވަޅުމަތީ ހިނގައިގެންނެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: "إن أصدق الحديث كتاب الله و خير الهدي هدي محمد,وشر الأمور محدثاتها". މާނައީ: "ހަމަކަށަވަރުން އެންމެ ހެޔޮބަހަކީ ﷲގެ ފޮތުގައިވާ ބަސްފުޅެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ محمحد صلى الله عليه وسلم ގެ ހަދުޔެވެ(ސުންނަތެވެ). އަދި އެންމެ ނުބައިކަންބޮޑު ކަންތައްތަކަކީ ދީނުގެތެރެއަށް އަލަށްވެއްދޭ ކަންތައްތަކެކެވެ." ޤުރުއާނާއި ޞައްޙަ ޙަދީޘުން ސާބިތުވެފައިވާ މިފަދަ އެތައްދަލީލުތަކަކުން ބަޔާންވެ ހާމަވާ ގޮތުގައި މާތްނަބިއްޔާ صلى الله عليه وسلم އުގައްނާދެއްވާފައިނުވާ (ދީނީ) ކަމެއްކޮށްގެން ޘަވާބާއި ދަރުމަ ނުލިބޭ ޙާލު، އެމީހާގެ މައްޗަށް ޢަޛާބުލިބޭ ކަމެއްކަމުގައި އެކަންވެދެއެވެ. ކަންމިހެން އޮތްއިރު މިފަދަ ބިދުޢަވެރި ދުވަސްތައް ފާހަގަ ކުރަމުންދާމީހުން ﷲއަށް ބިރުވެތިވެ ތައުބާވާންޖެހެއެވެ.
އެންމެ ފުރަތަމަ މާތް ނަބިއްޔާ صلى الله عليه وسلم ގެ އިޙްތިފާލު ފާހަގަކުރި ބަޔަކީ ފާޠިމީންނޭ ކިޔާ ޝިޔަޢީންގެ ބައެކެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم ޙަބަރުދެއްވާފައިވާ އެންމެ ހެޔޮ ތިން ގަރުނަށް ފަހުގައެވެ. އެއީ ހިޖުރައިން 4 ވަނަ ޤަރުނުގައެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.: " خير أمتي قرني ثم الذين يلونهم,ثم الذين يلونهم" (رواه البخاري-3650)ز މާނައީ:" ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެ ހެޔޮ ގަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއާއި ޖެހިގެން އޮތް ޤަރުނެވެ، ދެން އެއާއި ޖެހިގެން އޮތް ޤަރުނެވެ." އެހެން ކަމަށްވާނަމަ މި ބިދުޢަ އިސްލާމީ ދުނިޔެއަށް ވުޖޫދުވީ ހެޔޮވެގެންވާ ތިން ޤަރުނުގެ ދުވަސްތަކަށްފަހުގައެވެ. ވުމާއެކު މިފަދަ ކަންތައްތައްކުރުމަށް އެއްވެސްވަރަކަށް ޤުރުއާނާއި ސުންނަތުން އަދި މާތް ސަލަފުއްޞާލިހުންގެ ކިބައިންވެސް ދަލީލެއް ނުލިބެއެވެ.
ކަންމިހެންއޮތްއިރު މުސްލިމުންނަށް ވާޖިބުވެގެންވަނީ މިފަދަ ޢަމަލުތަކުން ދުރުވެ ރައްކާތެރިވެ ތިބުމެވެ. އަދި އެއްމެހާ ބިދުއަތަށް ނައްތާލަން މަސައްކަތްކޮށް، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތް ދިރުވުމަށް އެންމެ އެކީ އަތުކުރިއޮޅާލުމެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރީންވެސް މާތްވެގެންވާ އިސްލާމްދީނުގައި އެކަމުގެ ޙުކުމަކީ ކޮބައިތޯ ބަލާ އޮޅުންފިލުވުމެވެ. އެއީ ސަލާމަތްކަމާއި ދިންނެވުމުގެ އައްސޭރިއަށް ވާޞިލުވުމަށްޓަކައެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަކުރުން ހުއްދަނުވާ ސަބަބުތައް
1 .އެކަމަކީ ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ސާބުތުވެފައިނުވާ އެކަލޭގެފާނުގެ މަތިވެރި ޚަލީފާއިންވެސް ފާހަގަކޮށްފައިވާ ކަމަކަށް ނުވާތީއެވެ. އެހެންކަމަށްވާނަމަ މިއީ ރައްކާތެރިވެ ތިބެންޖެހޭ ބިދުޢައެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "عليكم بسنتي وسنة الخلفاء الراشدين المهديين من بعدي ، تمسكوا بها وعضوا عليها بالنواجذ ، وإياكم ومحدثات الأمور ، فإن كل محدثة بدعة ، وكل بدعة ضلالة" أخرجه أحمد والترمذي "ތިޔަބައިމީހުންނަށްޓަކައި ތިމަން ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި، ތިމަންކަލޭގެފާނަށްފަހު، ހިދާޔަތް ލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ގޮތް ވެއެވެ. އެގޮތްތަކުގައި ކޮލު ދަތުން ބާރަށް ހިފަހައްޓާށެވެ. އަދި ދީނުގެތެރެއަށް ވެއްދޭ އާކަންތައްތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެފަދަ ކޮންމެކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ."
2. ރަސޫލުالله صلى الله عليه وسلم ޢީދު މީލާދު ފާހަގަކުރުމަކީ ނަޞާރާއިންފަދަ ޣައިރު މުސްލިމުންނާއި ވައްތަރުވެވޭކަމެކެވެ. އެހެނީ އެބައިމީހުންނަކީ މިފަދަ ދުވަސްތައް ފާހަގަކުރާ ބައެކެވެ. އަބައިމީހުންނާއި ވައްތަރުވުން އިސްލާމްދީން ނިހާޔަތަށް މަނާކުރެއެވެ. ރަސޫލުالله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ "من تشبه بقوم فهو منهم" أخرجه أحمد ، وأبو داود. މާނައީ: "ބަޔަކާއި (އެބައިމީހުންގެ އަޅުކަންތަކާއި އެހެނިހެންވެސް ކަންތައްތަކުގައި) ވައްތަރުވެއްޖެ މީހަކީ، ފަހެ އެބައިމީހުންގެތެރެއިން ވާމިހެކެވެ." އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. "خالفوا المشركين"(مسلم). މާނައީ: "ތިބައިމީހުން މުޝްރިކުންނާއި ޚިލާފުވާށެވެ." ޚާއްސަކޮށް މިއީ ދީނީ ކަމަކަށްވާއިރު މިކަންނަހީވުމުގެ ދަރަޖަ އިތުރުވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.
3. ޢީދު މީލާދު ފާހަގަ ކުރުމަކީ ބިދުޢައަކާއި އަދި ޣައިރު މުސްލިމުންނާއި އެއްގޮތްވުންކަމުގައި ވުމުގެ އިތުރުން މިފަދަ އިޙްތިފާލްތަކުގެ ޜަރީއާއިން ﷲ ނުރުއްސަވާފަދަ ބޮނޑެތިފާފަތަކާއި ޝިރުކުތަކަށް މަގުފަހިވާތީ މި ދުވަސް ފާހަގަކުރުމަކީ ހުއްދަވެގެންވާނެ ކަމެއްނޫނެވެ. މިފަދަ ޢަމަލުތަކުގެ ތެރޭގައި ރަސޫލުالله صلى الله عليه وسلم މަތިވެރި ކުރަމުންގޮސް އިލާހަކަށް ހެދުމާއި އެކަލޭފާނުގެ ކިބައިން ކަންކަމަށް އެދުމާއި ޝިރުކުގެ ލަފްޡުތައް އަމުނާލައިގެން ކިޔޭޅެންތައްފަދަ ޚުދު އެކަލޭފާނު އެކަންކަމުން ދުރުވެތިބުމަށް ޢަމުރުކުރެއްވި ކަންތައްތައް ހިމެނެއެވެ. ރަސޫލުالله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "إياكم والغلو ، فإنما أهلك من كان قبلكم الغلو" أخرجه النسائي. މާނައީ: "ދީނުގައި ހައްދުފަހަނަޅައިދިއުމުން (މިސާލަކަށް ރަސޫލުالله صلى الله عليه وسلم އިލާހަކަށް ހެދުމާއި އެކަލޭގެފާނުގެ ކިބައިން ބަލިތަކަށް ޝިފާއަށް އެދުން ފަދަ ކަންތައްތަކުން) ރައްކާތެރިވާށެވެ. އެހެނީ ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތައް ހަލާކުވެދިޔައީ ޙައްދުފަހަނަޅައިދިޔުމުގެ ސަބަނުންނެވެ."
ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަކުރާ މީހުންގެ ދަލީލުތަކުގައި ބުރަދަނެއް ނެތް
ރަސޫލު الله صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަކުރުމަށް ބާރުއަޅާ އެފަދަ ޢަމަލުތަކަށް ތަރުޙީބުދޭ މީހުން ދައްކާ ވާހަތަކުގައި އެއްވެސް އޮށްޓަރެއް ނެތްކަން ސިކުނޑި ރަގަނޅަށް ހުޅުވައިލައިގެންހުރެ މިފަދަވާހަކަތަކަށް ވިސްނާފިކުރުކުރާ ކޮންމެމީހަކަށް އެނގިބަޔާންވެގެންދާނެއެވެ. މިގޮތުން އެބައިމީހުން ގެންނަ ވާހަކަތަކުގެ ތެރޭގައި:-
1. އެބައިމީހުން މިދުވަސް ފާހަގަކުރަނީ އެކަލޭގެފާނު މަތިވެރިކޮށް މީސްތަކުންގެ ހިތްތަކުގައި އެކަލޭގެފާނަށް ކުރެވޭ ޤަދަރު އިތުރު ކުރުމަށެވެ.
މީގެ ޖަވާބުގައި ދަންނަވަންޖެހެނީ އެކަލޭފާނަށް ޤަދަރުކޮށް މަތިވެރިކުރުމާއި އެކަލޭގެފާނު މާތްކުރުމަކީ ރަބީޢުލްއައްވަލު މަހުގައި އެކަނި ކޮށްފައި ފުއްދާލެވޭނެ ކަމެއްނޫނެވެ. އަދި ޙަޤީޤަތުގައި އެކަލޭގެފާނަށް ޤަދަރުކޮށް މަތިވެރިކުރުމަކީ އެކަލޭގެފާނު ގެނެސްދެއްވި މާތް ސުންނަތަށް ތަބާވެ އެކަލޭގެފާނު އަމުރުކުރެއްވި ކަންތައްތައްކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުވެގަތުމެވެ. އެހެންކަމަށްވާނަމަ އެކަލޭގެފާނުގެ ޢީދުމީލާދު ފާހަގަނުކުރުމީ އެކަލޭގެފާނަށް ޤަދަރުކޮށް މަތިވެރިކުރުމެވެ. އެހެނީ މިކަމަކީ އެކަލޭގެފާނު ނަހީ ކުރައްވާފައިވާ ކަންތައްތަކުގެތެރެއަށް ވަންނަ ކަމެކެވެ. މި ހިސާބުން އެބައިމީހުން ދެން ގެންނާނީ ކޮން ޙުއްޖަތެއްހެއްޔެވެ؟ ވިސްނަވާ މިކަމުން ރައްކާތެރިވާށެވެ.!
2. ވަރަށްގިނަ މުސްލިމު ޤައުމުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޢީދުމިލާދު ފާހަގަ ކުރާކަމީ އެބައިމީހުންގެ ނަޒަރުގައި މީގައި އަސްލެއް އޮތް ކަމުގެ ދަލީލެކެވެ.
މީގެ ޖަވާބުގައި ދަންނަވަންޖެހެނީ ޙުއްޖަތް އަދި ދަލީލަކީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ބަސްފުޅެވެ. ކިތައްމެ ގިނަ ބަޔަކު ކަމެއް ކުރިކަމުގައިވީނަމަވެސް ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ އިރުޝާދުފުޅާ އެކަލޭގެފާނު ޙަދީޘާއި ޙިލާފުވާނަމަ އެއީ ހުއްޖަތަކަށް ނުވަތަ ބުރުހާނަކަށްވެސް ނުބެލެވޭނެއެވެ. މާތް ނަބިއްޔާ ވަނީ ބިދުޢަތަކަށް އިންޒާރުދެއްވާފައެވެ. މި ދުވަސް ފާހަގަ ކުރުމަކީ ބިދުޢަކަށްވުމާއެކު ކިތައްމެ ގިނަބަޔަކު ކުރި ނަމަވެސް އެއީ މިކަން ހުއްދަވުމުގެ ދަލީލެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وإن تطع أكثر من في الأرض يضلوك عن سبيل الله) الأنعام/116 . މާނައީ: "ތިޔަބައިމީހުން ބިންމަތިގައިވާ ގިނަބަޔަކަށް ތަބަޢަވެއްޖެނަމަ، އެމީހުން ތިޔަބައިމީހުން ﷲ ގެ މަގުން އެއްކިބާ ކުރާހުށިކަމެވެ."
3. އެބައިމީހުން މިފަދަ ޙަފްލާތައް ބާއްވަނީ ރަސޫލުالله صلى الله عليه وسلم ގެ ޒިކުރާ އާކުރުމަށް ކަމުގައި އެމީހުން ދެކެއެވެ.
މީގެ ޖަވާބަކީ، މުސްލިމުން އަބަދުވެސް ތިބެނީ އެކަލޭގެފާނުގެ ހަނދާން އާކުރުން މަތީގައެވެ. ބަންގި އަދިވެސް އެކަލެގެފާނުގެ ނަން ޒިކުރުކުރެވޭ ހިނދު "صلى الله عليه وسلم " މިހެން ކިޔުމާއި ވުޟޫކޮށް އަވަދިވެގެންނާއި އެހެނިހެން ގިނަ އަޅުކަންތަކުގައިވެސް އެކަލޭގެފާނަށް ޞަލަވާތައި ސަލާމްލެއްވުން އެދި ދުޢާ ކުރުން ފަދަ ޢަމަލުތަކުގައެވެ. މިކަމަކީ ޚާއްޞަ ދުވަހެއްގައި ކޮށްލައިގެން ފުއްދާލެވޭނެ ކަމެއްނޫނެވެ. އަދި ﷲ ތަޢާލާވަނީ އަކަލޭގެފާނުގެ ޒިކުރު މަތިވެރިކުރައްވާފައެވެ. ވުމާއެކު އެބައިމީހުންގެ މި ޙުއްޖަތްވެސް ބާޠިލުވީއެވެ.
4. ޢީދުމީލާދު ފާހަގަ ކުރަނީ މީސްތަކުންގެ ހިތުގައި ނަބިއްޔާއަށް ދެވިފައިވާ ލޯބި އިތުރުކުރުމަށްކަމަށް ބުނެ އެކަމަކީ މި ދުވަސް ފާހަގަ ކުރުން ހުއްދަކަމުގެ ދަލީލެއްކަމަށް ބުނެއެވެ.
އެއްވެސް ޝައްކެތް ނެތްގޮތުގައި މުއުމިނެއްގެ އީމާންކަން ފުރިހަމަވާނި ރަސޫލުالله صلى الله عليه وسلم ދެކެ އެހެން ހުރިހާ އިންސާނުންނާއި އަދި ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ލޯބިވެވިގެންނެވެ. މި ލޯތްބަކީ ހަމައެކަނި ދުލުން ވަކި ދުވަހެއްގައި އަމުނާލެވޭ ބަސްތަކެއްނޫނެވެ. ނަމަވެސް ޙަޤީޤަތުގައި އެކަލޭގެފާނުދެކެ ލޯބިވުމަކީ އެކަލޭގެފާނަށް ފުރިހަމަ ގޮތުގައި ތަބަޢަވެ އެކަލޭގެފާނު އިންޡާރުކުރައްވާފައިވާ މިފަދަ ބިދުޢަތަކާއި މުންކަރާތްތަކުން ސަލާމަތްވެ އެކަލޭގެފާނު އަމުރުކުރެއްވި ކަންތައްތައް އަދާކުރުންމަތީ ދެމިހުރުމެވެ.
5. އެބައިމީހުން ގެންނަ މިފަދަ ބުރަދަނެއްނެތް ޙުއްޖަތްތަކުގެ ތެރޭގައި މިދުވަސް ފާހަގަކޮށް އެކަލޭގެފާނުގެ ސީރަތުކިޔައި ހެދުމަކީ އެކަލޭގެފާނަށް އިޤްތިދާވުމަށް މީހުންނަށް ލިބިދެނިވި ފުރުޞަތެއްކަމަށް ބުނުން ހިމެނެއެވެ.
ރަސޫލުالله صلى الله عليه وسلم ގެ ސީރަތު ދިރާސާކޮށް ކިޔަވައި އެކަލޭގެފާނަށް އިޤްތިދާވެ ތަބަޢަވުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ތާއަބަދުމެ ވާޖިބުކަމެކެވެ. ނަމަވެސް، މިކަންތައްތައް ވަކި ދުވަހަކަށް ޚާއްސަކުރުމަށްޓަކައި ކިރިތި ޤުރުއާނުން ނުވަތަ މާތް ނަބިއްޔާގެ ޠާހިރު ސުންނަތުން ދަލީލަކަށް ބޭނުންޖެހެއެވެ. މިފަދަ ދަލީލެއް ވާރިދެވަފައި ނެތުމުގެ ސަބަބުން މިކަމަކީ ބިދުޢައެއް ކަމުގައި ހިމެނެއެވެ. އަދި އެއްވެސް މުސްލިމަކަށް ހުއްދަވާނެ ކަމެއްނޫނެވެ.
މިފަދަ އެތައް ޙުއްޖަތްތަކެއް އެބައިމީހުންގެ ނަޒަރުގައި ގެނެއެވެ. ނަމަވެސް މަތީގައި ބަޔާންވެ ފާޅުވެގެންދިޔަފަދައިން އެއީ އެއްވެސް ބުރަދަނެއްހުރި ދަލީލިތަކެއްނޫނެވެ. އެބައިމީހުންގެ ހަވާ ނަފްސަށް ތަބަޢަވެ، ﷲ ލަޢުނެތްލެއްވި ޝައިޠާނާ އެބައިމީހުންނަށް ހުޅުވާދޭ މަގުފުރެދުމުގެ ދޮރުތަކުގެތެރެއިން ދޮރެކެވެ.
އެހެންކަމުން ރަސޫލުالله صلى الله عليه وسلم ގެ ޢީދުމީލާދު ފާހަގަކުރުމަކީ ދީނުގެތެރެއަށް އަލަށްވެއްދިފައިވާ ބިދުޢައެކެވެ. މިކަމުން ރައްކާތެރިވާންޖެހޭ ކަމެކެވެ. ފަލާޙާއި ކާމިޔާބު ލިބެނިވި ބައެއް ކަމުގައި ވުމަށްޓަކައެވެ.
وصل اللهم وسلم على سيدنا محمدالمبعوث رحمة للعالمين وعلى آله وصحبه ومن اقتفى أثره إلى يىم المعادز
-
އާދިތްތަ، މާޗް 8 2009، 11:36
މަދީނާގެ ތަންތަނުން ކިޔަވާ މީހުން ތިޒާތްޒާތުގެ ވާހަކަތައް ދައްކާނެ! ތިޔައީ އެމީހުންނަށް ވިސްނޭ ގޮތް ، އެހުންނަނީ އަޅާލާންވީ ކަންކަމެއް ނޫން،
-
އާދިތްތަ، މާޗް 8 2009، 11:58
ކޮންމެކަމަކީ ދީނީ އަޅުކަމަކަށް ވާކަށް ނުޖެހޭ. މިއީ އިޖްތިމާޢީ ކަމެއްގެ ގޮތުގައި ބަލައިގަތުން ކިހިނެއްތޯ؟ މާތް ރަސޫލާގެ ހަނދާން އާކުރާ ދުވަހެއް ބޭއްވުމުގެ ފައިދާއެއް ނެތްތޯ؟ އެކަލޭގެފާނުގެ ރިވެތި އަޙުލާގުގެ މަތިން މިފަދަ ދުވަހަކު ހަނދާންވާލެއް ބޮޑު، މިއީވެސް އިސްލާހުވާން ހަނދާންކޮށްދޭ ހަނދާންކޮށްދިނުމެއް
-
އާދިތްތަ، މާޗް 8 2009، 12:29
محمد صلى الله عليه وسلم އީދުމީލާދު ފާހަނގަކުރުމަކީ ކޮންކަހަލަ ކަމެއްކަން މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ. އަޅުގަނޑަކަށް ނޭގޭ މިލިއުނު ލިއުނު ނިމާލު މުހައްމަދު މިކަމާފަތުވާ ނެރުއްވަނީ ކޮންހައިސިއްޔަތަކުން ކަމެއް. ނިމާލު މުހައްމަދަށް ދަންނަވާލަން ބޭނުންވަނީ އަޅުގަޑުމެން ކީރިތި ރަސޫލާގެ އީދުމީލާދު ފާހަނގަކުރަނީ ތިވިދާޅުވާ ނަސާރާއިން ކުރާގޮތަކަށްނޫންކަން ތިބޭފުޅާއަށް އެގިވަޑައިގެން ނުގަންނަވަނީތޯއޭ! އިސްލާމްދީނުގައި ކޮންއިރަކުތޯ ހެޔޮކަންތައްތަކަށް ބިދުއައޭ ކިޔަންފެށީ؟ ތިބޭފުޅާ ފާހަނގަކޮށްފައި ތިއޮތް 5 ކަމަކީ އަޅުގަނޑުމެން މިކަންކުރުމުގައި ގެންގުޅޭ ފިލޯސަފީއެއްނޫން. ދީނީކަންތަށްތައް ތިބޭފުޅާގެ ލޮޖިކުން ތިސާބިތުކުރަށްވަން ތިމަސައްކަތް ކުރައްވަނީ ކީއްވެގެންތޯ؟ ކީރިތި ރަސޫލާގެ އީދުމީލާދު ފާހަނގަކުރުން ހުއްދަނުވަނީ ތިދެއްކެވި 3 ލޮޖިކުގެ އަލީގައިކަމައްވަންޏާ އަޅުގަނޣުދަންނަވަންއޮތީ އަޅުގަނޑުމެން ދީނުގެތެރެޔަށް އާކަމެއް ނުވައްދަމޭ ދީނުގައި ހެޔޮކަންތައްކޮށް ރަސޫލާއަށް ސަލަވާތްކިޔުން ވަޖިބުވެގެންވެއެވެ. އަދި އަޅުގަނޑުމެން މިކަންކުރަނީ ނަސާރާއިންކުރާ ގޮތަކަށްނޫނެވެ. އަޅުގަނޑުމެން ރެޑުވައިން ނޮބޮމެނެވެ. ބައިބަލް ނުކިޔަމެވެ. ކޭކެއްނުފަޅަމެވެ. އަދި ލާދީނީ އެއްވެސްކަމެއް މިކަމުގެ ތެރެއައް ނުވައްދަމެވެ. ހަމަކަށަވަރުން محمد صلى الله عليه وسلم އަކީ އަޅުގަޑުމެންގެ ލޮބުވެތި ނަބިއްޔާއެވެ. އެއްވެސް މުސްލިމަކު އެކަލޭގެފާނަކީ ކަލާނގެ ކަމަކަށް ދައުވާއެއްނުކުރެއެވެ. ވީމާ، އަޅުގަނޑު ދަންނަވަންއޮތީ ތިޔއބޭފުޅާގެ ވިސްނުންތިހުރީ ދީނުގައި ހައްދުފަހަނައަޅައިފައިވާ މީހެއްގެ ވިސްނުންކަމެވެ. އަދި ތިދެއްކެވިވާހަކަތަކުގައި މާބޮޑު ބުރަދަނެއްހުރި ކަމަކަށް އަޅުގަނޑު ނުދެކެމެވެ. މޮޅައްދެނެވޮޑިގެންވަނީ ﷲ... -އިބްރާހިމް މުހައްމަދު-
-
އާދިތްތަ، މާޗް 8 2009، 12:40
މަދީނާއިން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ތިއްބެވި ޢިލްމުވެރިންނާއި އަދި މަދީނާއިން ކިޔަވާ ވިދާޅުވަމުންދާ ދަރިވަރުންނަށް ހީވެފައި އޮންނަނީ ދީނުގެ އަޞްލު އޮތްގޮތް އުގެނި ގަނެވެނީ އެބޭބޭފުޅުންނަށް އެކަނި ކަށަމެވެ. ދީންކިޔަވައިގެން ދެން މިއަންނަ ހުރިހާ ބޭފުޅުންނަކީ ކޮންމެވެސް ބިދުޢަވެރި ކަންތައްތަކެއް އެބޫފުޅުންގައި ހުންނަވާ ބޭފުޅުންކަމަށެވެ. އެއީ ފާޠިމީއަކާއި ނޫނީ ސޫފިއަކާއި އެހެންނާ ޝިޢީންގެ ކޮންމެވެސް ފިކުރާއަކާއި އަޅުވައިގެން ކޮންމެވެސް ގޮތަކަށް ކުފުރުވެގެން ތިއްބަވާ ބައެއްކަމަށެވެ. ދީނުގެ އަޞްލު މިއެގެނީ މަދީނާގެ ޢިލްމުވެރިންނަށެވެ. މަދީނާއިން ކިޔަވާ ވިދާޅުވާ ބޭފުޅުންގެ މިވިސްނުމާއި ފިކުރާއަކީވެސް ޤުރުއާނާއި ސުންނަތުން ފެންނަންނެތް ''ބިދުއަ''ވެރި ފިކުރާއެކެވެ. ޤައުމުގައި ފިތުނަވެ ފަސާދައިގެ ހުޅު ރޯވުމެވެ. މީގެ ކުޑަމިސާލަކީ ޤުނޫތުގެ ވާހަކަ އެވެ. ޤުނޫތު ކިއުމަކީ ޙަރާމް ކަމެއްނޫނެވެ. ނަމަވެސް ބިމުގައި ފަސާދަ އުފެއްދުމަކީ ޙަރާމްކަމެކެވެ. ދީން ފުރިހަމަ ވެއްޖެކަމަށް އޮންނަ އާޔަތުގެ ވާހަކަ ދައްކަވާއިރު، އެއާޔަތުގައި އެއޮންނަ ދީން ފުރިހަމަ ވުމުގެ މުރާދަކީ ކޮބާތޯ ވިސްނާކަށް ނުޖެހޭބާވައެވެ. އަޅުކަމެއް އަލަށް އުފެއްދުން ފިޔަވައި އެއާޔަތުގެ މުރާދު އެހެން އެއްވެސް ކަމެއްގެ މައްޗަށް ހުއްޓޭނެ ކަމަށް ނުފެނެއެވެ. އެހެން ނޫންނަމަ މިލިޔުން ލިޔުނު ބޭފުޅާ އިންޓަނެޓް މެދުވެރިކޮށް މިލިޔުން ޝޢިއު ކުރިކުރުމަކީވެސް ރަސޫލާ ނުގެންނަވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މުސްލިމުންގެ ތެރެއިން ރަސޫލާގެ )ޞ( ގެ ޢީދުމީލާދު ފާހަގަކުރަނީ އަޅުކަމެއްގެ ގޮތުގައި ނުދެކި ކަމަށްވާނަމަ އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނުވާނެވެ. ލޯބިން ކުރާކަންތައްތައްވެސް ދީނުގެ ދެންހުރި ކަންތައްތަކުގެ އިމުގެ ތެރެއިން ނުނެއްޓޭހާހިނދު އޭގައި ބިދުޢަވެރިކޮށް ޤައުމުގައި ފަސާދަ އުފެއްދުމުގެ ބޭނުމެއްނެތެވެ.
-
އާދިތްތަ، މާޗް 8 2009، 12:44
އަޅުގަނޑުގެސުވާލަކީ އެއުފަލުގައިއަޅަކުމިނިވަންކުރިކަމައްޓަކައި އަބަދާއަބަދަށްކޮންމެހޯމައަކު އެމީހެއްގެއަޒާބުލުއިކުރަށްވާކަމަށް ކުރީގެބައެއްފޮތްތަކުގައި ލިޔެފައިވަނީކީއްވެތޯއެވެ؟ އެއީހުއްދަނޫން ލިއުމެއްކަމުގައިވާނަމަ މިއަދާޖެހެންދެންމިރާއްޖޭގަމިއުޅުއްވި ދަންނަބޭފުޅުންމިކުރެއްވީ ކީއްތޯއެވެ؟ ދީނީޚިޔާލުތަފާތުކުރުންތައްއުފައްދަންމަސައްކަތްނުކުރައްވާ އިސްލާހުކުރަންމަސައްކަތްކުރައްވާށެވެ. ދުނިޔެއާ އާޚިރަތުގެބާއްޖަވެރިކަމަށް ދިވެހީންނަށް މަގުދައްކަވާދެއްވާށެވެ.ޝުކުރިއްޔާ!
-
އާދިތްތަ، މާޗް 8 2009، 12:51
ތި ލިޔުމަށް ވަރަށް ތާޢީދު ކުރަން. އިލްމު ލިބޭމީހުންގެ ވާހަކަތަށް ޤަބޫލުކުރުން ނޫން ގޮތެއް އަހަރުމެންގެ މައްޗަކަށްނުވޭ. ނާފިޢު
-
އާދިތްތަ، މާޗް 8 2009، 12:52
ބިދުޢަގެ މާނައަކީ ދީނުގެ އެއްވެސް އަޞްލެއް ނެތި ކަމެއް އަލަށް ކުރުމެވެ. އެދުވަސް ފާހަގަ ކުރައްވާ ބޭފުޅުން އެކުރައްވަނީ 'ދީނުގެ އެއްވެސް އަޞްލެއް ނުވަތަ އަޘަރެއް ނުވަތަ ބާރުދޭ ދަލީލެއްގެ މައްޗަށް" ބިނާ ކުރައްވައިގެން ކަމަށް އަޑު އެހީމެވެ. ވީމާ ލިޔުންތެރިޔާ މިސުވާލަށް ވަރަށް ސާބިތު ސާުފު ޖަވާބެއް ދެއްވުން އެދެމެވެ. އަޅުގަނޑަކީވެސް ތިޔަ ދުވަސް ފާހަނގަ ނުކުރާ މީހެކެވެ. އެކަމަކު ބިދުޢައެއް ކަމަށް ދެކިގެނެއްނޫނެވެ. އަޅުގަނޑަށް އެއީ ޝުބްހަ އެކެވެ. އަޅުގަނޑުގެ ސުވާލުގެ ޖަވާބާެކީ އިތުރު ލިޔުމެއް ފެންނާ ކަމަށް އުއްމީދު ކުރަމެވެ. މ.ޝ
-
އާދިތްތަ، މާޗް 8 2009، 13:26
މިފަދަ ކަމެއްގައި ދިވެހި ރާއްޖޭގައި ތިބޭ ދީނީ ޢިލްމުވެރިންގެ ފަރާތުން މިކަމާގުޅޭގޮތުން ވާހަކަ ދައްކެވުން އެއީ ރަނގަޅުކަމެއް ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އެކަމުގެ ދަލީލުގެނެސް އެދަލީލަށް ރައްދު ނުދެވިއްޖެނަމަ އެކަން ޖެހޭނީ ޤަބޫލުކުރަން
-
އާދިތްތަ، މާޗް 8 2009، 13:40
މަދީނާއިން ކިޔެވިޔަސް އެމީހަކަށް އެނގެނީ އެމީހަކު ބޭނުންވާ އެއްޗެކެވެ. ގަބޫލުކުރަނީވެސް އެމީހަކު ގަބޫލު ކުރަން ބޭނުންވާ ކަންކަމެވެ. ވީމާ، މަދީނާއިން ކިޔެވިސް ރަސޫލާއަށް، ލޯބިއޮތް މީހަކު އެކަން ފާހަގަ ކުރުމަށް ޞަލަވާތް ކިޔަވަނީތޯ، ޖަލްސާ ކުރަނީތޯ ނޫނީ ރޯދަހިފަނީތޯ،ޞަދަގާތްކުރަނީތޯ ނޭނގޭނެއެވެ. ދީނަށް ލޯބިއޮތްމީހަކު ދީނީ މުހިއްމު ދުވަސްތައް ފާހަގަކުރުމަށް ކުރާކަންކަން އެއީ އެމީހެއްގެ އަގީދާގައިވާ ކަމެކެވެ. = ޒާ
-
އާދިތްތަ، މާޗް 8 2009، 13:43
މަދީނާއިން ކިޔެވިޔަސް އަދި އެހެން ތަނަކުން ކިޔެވިޔަސް ތެދެއްވާނީ ތެދަކަށް. ކީރިތި ރަސޫލާ އެންގެވި ގޮތަށް އުޅުއްވި ޞަޙާބީން އެކަން ނުކުރައްވާ އަދި ރަސޫލާ ނުކުރައްވާ ކަމެއް އަހަރުމެން ކުރަނީ ކީއްކުރަން. ކާފަރުން އުފަންދުވަސް ފާހަގަކުރިޔަސް އަހަރުމެން އެކަންތައްތައް ފާހަގަ ކުރާކަށް ނުޖެހޭ.. މިޞްރުން ތަޢުލީމު ޙާޞިލްކޮށްފައިވާ ދިވެހި ދަރިއެއް
-
އާދިތްތަ، މާޗް 8 2009، 13:55
ހުރިހާ މީހުން ކީއްވެތަ މަދީނާއިން ކިޔަވާ މީހުނަށް ހަޖޫޖަހަނީ؟ ކޮންމެ ގޮތެއްވިޔަސް އިސްލާމީ ސަޤާފަތް މިހާރުވެސް އެންމެ ބޮޑަށް އޮންނާނީ މައްކާ މަދީނާގަ، އެތާންގަ ނުކުރާކަމެއް އަހަރެމެން ރުރަންޖެހޭތަ، ތިހާ މޮޅު ބައެއް ވިއްޔާ ކޮންމެވެސް އެއް ނަމާދެއްގަ 10 ރަކްއަށް ކުރާ ގޮތަށް ހަމަޖައްސަބަލަ. އޭރުން ﷲ އަށް ސަޖިދަ ކުރެވޭލެއްވެސް ގިނަވާނެ، އެކަމު އެކަން ނުކުރެވެނީ ވަކިގޮތަކަށް ކަނޑައެޅިފަ އޮތީމަ، މުސްލިމުންނަށް ފާހަގަ ކުރަން އަންނާނީ ދެ ޢީދުކަން ސުންނަތުން ސާބިތުވޭ،
-
އާދިތްތަ، މާޗް 8 2009، 14:26
އެންމެހާ ލޮބުވެތި ދިވެހިދަރިންނޭވެ މުސްލިމު އުޙުތުންނޭވެ! އަޙުންނޭވޭ އިސްލާމްދީނަކީ ހަތްއުޑުމަތިން ބާވައި ލައްވައި ފުރިހަމަކުރައްވާފައިވާ އެއްޗެކެވެ. ދެން އެއަކަށް އައުދުވަހެއް އައުކަމެއް އަހަރެމެންނަކަށް ނުގެނެވޭނެއެވެ. ފަހާގަނުކުރެވޭނެކަމަށް ދަލީލުތައް މިހުރީ ޤުރުއާނާއި ސުންނަތުންފެންނާށެވެ. ދެންގަބޫލުނުރަންވީ ސަބަބަކީ ކޮބައިބާއެވެ! އަޅުގަނޑުގެ ސުވާލެއް މިކަމުގައި އެބައޮތެވެ.ކޮންމެމީހަކުވެސް މިވަގުތު ވިސްނާލަންވީ ތިމަންނަ ސަންދޯކަށް ލާވަގުތު މިދަލީލުތަކަށް މިއާޔަތް ތަކަށް ޖޯކުޖެހިދާނެތޯއެވެ.؟ އެހެންކަމަށްވާނަމަ ކުރިޔަށް ވަޑައިގަންނަވާށެވެ.! ކަށްވަޅުގައި ރަނގަޅު ޖަވާބެއް އެފަދަމީހުންނަށް ﷲ ދެއްވާށިއެވެ!
-
އާދިތްތަ، މާޗް 8 2009، 14:38
ދީނުގައި ކަން އޮތް ގޮތް އެންމެ ބޮޑަށް އެނގޭނީ އިލްމުވެރިންނަށް. އަޅުގަނޑުމެންނަށް އޮތީ އެ ބޭކަލުންގެ ހެޔޮ ނަސޭހަތް އަހާ ގަބޫލު ކުރުން. މަސްވެރިކަން ކުރަން އެންމެ ބޮޑަށް އެނގޭނީ މަސްވެރިންނަށް. ދަނޑުވެރިކަން އެންމެ ބޮޑަށް އެނގޭނީ ދަނޑުވެރިންނަށް. ދީނުގެ ކަންކަން އެންމެ ބޮޑަށް އެނގޭނީ ދީނީ އިލްމުވެރިންނަށް. -ޞަލާޙް-
-
އާދިތްތަ، މާޗް 8 2009، 14:46
ކޮންމެހެން އެ މީހުން ނުކުރެއޭ ކިޔާފަ ނުކޮށްތިބޭކަށް ނުޖެހޭ. އެ ކަމަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ރަނގަޅު ކަމެއް. އެއީ ފަހަރެއްގައިވެސް އަލަށް ކަމެއް ގެނެސްގަތުމެއް ނޫން. އެ ދުވަސް ފާހަގަ ކުރަނީ ނަށާ ލަވަކިޔާ މަޖާކުރުމަކުން ނޫން. އެކަމަކު އެ ދުވަސް ފާހަގަ ކުރަނީ ރަސޫލާ(ޞ)ގެ ދިރިއުޅުއްވުމާ މިނޫނަސް މިފަދަ ރަނގަޅު ކަންތައްތަކަކަށް ބަލާލާ ބަލާލުމެއްގޮތަށް. އަދި އެ ދުވަސް ފާހަގަކުރުމުގެގޮތުން އަޅުކަން ކުރަނީ ރަސޫލާ(ޞ)އަކަށް ނޫން. ހަމަ މާތް ﷲއަށް. މިފަދަ ދުވަސްތަކުގެ ސަބަބުން ދީނާމެދު ލޯބި އުފެދި އާޚިރަތް މަތިން ހަނދާންވޭ.
-
އާދިތްތަ، މާޗް 8 2009، 15:01
މި ސަލަފީންނަށް (ވައްހާބީ) ނޭންގޭ އެއްކަމަކީ ނުވަތަ ޤަބޫލުކުރަން ބޭނުންނުވާ އެއްކަމަކީ ބިދުޢަ (އާކަންކަން) ތަކުގެ ތެރޭގައި ހެޔޮ ބިދުޢަ ހުންނަކަމެވެ. މާތް ޚަލީފާ ޢުމަރު ބުން ޚައްޠާބުގެ ޚިލާފަތުގައިވެސް އެތައް އާކަމެއް ކުރެއްވިއެވެ. އަދި ކީރިތި ޤުރުއާން ފޮތެއްގެ ސިފައިގަ ޖަމާކުރުމުކީ ވެސް ބިދުޢަ އެކެވެ. އެހެން ނަމަވެސް ހެޔޮ ބިދުޢަ އެކެވެ. ސަލަފީން އެހެން މީހުންނަށް އިނގިލި ދިއްކޮށް އުޅުން ހުއްޓަލަން ވެއްޖެއެވެ. ކަލޭމެންގެ މިންގަނޑަކީ ހަރުކަށިކަމެވެ. ހެޔޮކަންކަން ނިންމަނީ އެކަމެއްގައި އޮންނަ ހަރުކަށި މިންވަރެއްގެ މައްޗަށް ބަލާފައެވެ. މޯރޭލަޓީ އާއި ޙިކުމަތަށް ޙާލަތަށް ބަލައިގެނެއްނޫނެވެ. ތިއީ އެބައެއްގެ ޢަޤީދާ 'އެންތޮރޮޕޮމޯފިޒަމް' ގެ މައްޗައް ބިނާވެގެންވާ ޢަޤީދާއެކެވެ. ތިޔައީ މުޙައްމަދު އިބްން ޢަބްދުލް ވައްހާބްގެ ޢަޤީދާއެވެ. އަހަރެމެން އަހްލުލް ސުންނަ ވަލްޖަމާޢަތުގެ ޢަޤީދާގެ ތަފްޞީލަކީ އިމާމް ޢަޝްޢަރީއެވެ. ނުވަތަ އިމާމް މާތުރޫދީއެވެ. މިއީ މަޝްހޫރު ހަތަރު އިމާމުންގެވެސް ގޮތެއެވެ. ޝައިޚް ޤަރުޟާވީ މެން ފަދަ މިޒަމާނުގެ ޢިލްމުވެރިންގެވެސް ގޮތެވެ. މާތް ރަސޫލާ އަށް ޞަލަވާތް ލައްވާށިއެވެ.
-
އާދިތްތަ، މާޗް 8 2009، 15:07
ދެން ކިޔަވައިގެން ތިބި މީހުންގެ ބަސް ގަބޫލު ނުކުރަންޏާ ނިކަން ތިޔަބައިމީހުން ސާބިތުކޮށްދީބަލަ އެދުވަހަކީ ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަސްކަން...ހަމަ ހިލާ މިއީ ކަށަވަރުކޮށް އެނގޭ ކަމެއްނޫން..މިއީ މިހާ މުހިންމު ދުވަހެއްނަމަ މިތާރީޚް އެނގޭ ވަރަށް ގިނަ ޙަދީޘް ހުންނާނެ...
-
އާދިތްތަ، މާޗް 8 2009، 15:18
ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ އުފަންދުވަސް ފާހަޤަ ކުރާމީހުންނަކީ ކާބަފަބައިން އުސޫލާއި، ހަވާ ނަފްސަށް ރަގަޅާއި ނުބައި ކިރާމީހުންނެވެ. ކަމެއް ރަގަޅު ނުބައި ހޯދުމަށް ކަލާމުﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ސުންނަތައް ރުޖޫއަވެއްޖެ ބަޔަކަށް ހައްޤު އެގޭނެއެވެ. އެހެންނަމަވެސް މޫސާ ޢަލަހިއްސަލާމްގެ ޤައުމުގެ މީހުން ގެރި ކަތިލަން ޙަވާލުކުރުމުން، ބަހަނާ ދައްކާ އުސޫލުން ކަންތައް ކުރާނަމަ، ހައްޤުގޮތަށް ޢަމަލުކުރަން ހުރަހަކަށް ވާނެއެވެ. ﷲ ޢައްޒަ ވަޖައްލައީ އަޅަމެންގެ ހިތްތަކުގެ އެންމެ އަޑިގައިވާ ކަންތައްވެސް ދެނެވޮޑިގެންވާ އިލާހެއެވެ. އިޚްލާސްތެރިކަމާއެކު ޙައްޤު ހޯދުމަށް ބޭނުންވަނީ ކާކުކަން އަޒަލުގައިވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ﷲ ސުބްޙާނަހޫ ވަޠަޢާލާއާއި، އެއިލާހުގެ ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) އަށްފަހު، 3 ވަނަ މަޤާމަކީ ދީނީ ޢިލްމުވެރިންނެވެ. އެމީހުންނަށް އިޙްތިރާމް ނުކޮށް އެމީހުންގެ ހެޔޮބަސް ޤަބޫލު ނުކުރުމަކީ ކިހާ ދެރަކަމެއް ހެއްޔެވެ. ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ހަދީޘް ކުރައްވަނީ ﷲ ޠަޢާލާ މީހަކަށް ހެޔޮގޮތެއް އިދާރަ ކުރައްވައިފިނަމަ، އެމީހަކަށް ދީނުގެ އިލްމު ދެއްވައެވެ. އަދި ﷲ ސުބްޙާނަހޫ ވަޠަޢާލާ މިބިންމަތީގައިވާ އުތްމަތަކުގެ ތެރެއިން މިއުއްމަތަށް ހަމައެނަކި ދެއްވާ އެއްނިޢުމަތަކީ " ޗެއިން އޮފް ނެރޭޓާރސް" އެވެ. ދީނީ އެއްވެސް ޢިލްމުވެރިއަކު މިވެނިކަމަކީ އަހަރެންނަށް ފެންނަގޮތޭ ކިޔާފަ ވާހަކައެއް ނުދައްކާއެވެ. ނުވަތަ ނުދެއްކޭނެއެވެ. ކޮންމެ ވާހަކައެއްވެސް ނިމޭނީ އެއް ޢިލްމުވެރިއަކުން އަނެއް ޢިލްމުވެރިއަކުން ގޮސް، އެންމެ ފަހުން އަހަރުމެންގެ ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަށެވެ. ދެން އަނެއްވާހަކައަކީ މިސާލަކަށް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ނަސޭޙަތް ޤަބޫލުނުކުރެވޭނެނަމަ، މިއުއްމަތުގައި ދީނީ ޢިލްމުގައި މަޝްހޫރުކަން ﷲ ޠަޢާލާ މިންވަރު ކުރައްވާފައިވާ ޢިލްމުވެރިންގެ ރަޢުޔަކީ ކޮބައިތޯ ނުބަލަނީ ކީއްވެގެންތޯ އެވެ. މިސާލަކަށް ބިންބާޒް ރަޙިމަހުމުﷲ މެންފަދަ އިލްމުވެރިންގެ ރަޢުޔެވެ. ކޮންމެއަކަށް ހަވާނަފްސަށް ކަންތައް ކުރާ މީހުންނަށް ނަކަރައިގެ ޢަޒާބު ފުދޭނެއެވެ. ހަމަކަށަވަރުން ޝައިތާނާ އަހަރުމެން ދެރަކޮށް ނިކަމެތިކޮށް އޭނާއެކީގައި ނަރަކައިގެ ޢަޒާބް ލިބުމަށް ގޮވާލައެވެ. އަދި ހަމަ އެހެންމެ އިންސާނުންތެރިންވާ ޝައިޠާނުންނަކީ ޖިންނި ޝައިޠާނުނަށް ވުރެ މާނުބައި ނައެކެވެ. ޖިންނި ޝައިޠާނުނަކަށް ޝައްކު އުފެއްދުމަށް ކޮމެންޓެއްވެސް ނުލިވޭނެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވައި އެމަގުގައި ސާބިތު ކޮށްދެއްވާށިއެވެ. އާމީން!
-
އާދިތްތަ، މާޗް 8 2009، 15:24
ރުޅި ގަދަ ވުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ހަޤީޤަތް ގަބޫލު ކުރާށެވެ. މިއީ ނަޞޯރާއިން ވަރަށް ކުރިއްސުރެ ރާވަމުން އައި ރޭވުމެކެވެ. އަހަރެމެން ނަށް އޮތީ އަހަރުގެ އަދި ހަޔާތުގެ ކޮންމެ ދުވަހަކުވެސް އެކަލޭގެފާނުގެ މައްޗައް ޞަލަވާތް ކިޔާ އެކަލޭގެފާނުގެ ހަދީސް ތައް ދަސްކޮށް އެއަށް އަމަލު ކުރުމެވެ. އެނޫން ކަމެއް ނެތެވެ. ޣައިރު މުސްލިމުންގެ ރޭވުމަކީ މުސްލިމުން ރަސޫލާގެ މަތިން އަދި ﷲ ގެ މަތިންވެސް ހަނދާން ނައްތާލުމެވެ. އެކަމަށް ޓަކައި ވަކި ދުވަހެއް ހަދާ އެދުވަހު ޖަލްސާއެއް ބާއްވައި ވާހަކަ ތަކެއް ދައްކާލުމެވެ. އެތަނުން ނިކުމެގެން ދާއިރު އެއްޗެއް ހަނދާނަކު ނުހުރެ އެވެ. މިގޮތައް މުޅި އހަރު ދަނީ އެވެ. އޭގެ ނަތީ ޖާ މި މުޖު ތަމަޢުން މި ފެންނަނީ އެވެ. މީސް ތަކުން ދީނާ ދުރަށް ޖެހިފައި ވީ މިން ވަރެވެ. އެމީހުންގެ ރޭވުން ކާމިޔާބު ވީއެވެ. ތިޔަ ބޭފުޅުން ހަމަ އަނދިރީ ތޯ އެވެ. މިހާރު އަނެއްކާ އެމީހުންގެ ދަލުގާ ޖެހިގެން މަންމަ އިންގެ ދުވަސް ފާހަގަ ކުރަނީ އެވެ. އެދު ވަހު ނޫނީ މައިން ބަފައިން އުޅޭ ހާލުވެސް ނުބަލައެވެ. މި މުޖުތަމަޢުން އެމަންޒަރު މިހާރުވެސް ފެންނަން ފަށައިފި އެވެ. އަޅުގަނޑުމެންގެ ދީން މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް ކުރައްވާފައިވާ އަމުރުފުޅު ތައް މަތިން ހަނދާ ނެއް ނެތެވެ. ހަމަ އެކަނި މައިންގެ ދުވަހެވެ. ދީނާއި ގައުމު ހަލާކު ކުރަން ނޫޅޭށެވެ. ދީނަށް ރުޖޫއަވާށެވެ. ޖަލްސާ ތަކުގައި ދައްކާ ވާހަކަ ގޯހެކޭ ނުބުނަމެވެ. ޖަލްސާ ބާއްވާ ތަންތަން ވެސް ގޯހެކޭ ނުބުނަމެވެ. އަދި ކުރާ ކަންތައްވެސް ގޯ ހެކޭ ނުބުނަމެވެ. ނަމަވެސް ދީން އުނގަންނަވައި ދެއްވަން ފޮނުއްވި ނަބިއްޔާ އެކަމެއް ނުކުރައްވައެވެ. އެކަލޭގެފާނު ދެކެ އިންތިހާ އަށް ލޯބިފުޅުވާ އެކަލޭގެފާނުގެ ފިޔަވަޅު މަތިން ފިޔަވަޅު އެޅުއްވުމަށް ލޯބި ކުރެއްވި އިނބި ކަނބަލުންނާއި ދަރި ދަރި ކަނބަލުން އަދި ހެޔޮ ކަމުގައި ވާދަ ކުރައްވާ ސަހާބީން އެކަމެއް ނުކުރައްވައެވެ. ސަބަބަކީ އުފަން ދުވަސް ފާހަގަ ކުރުން އެއީ ނަޞާރާއިންގެ ކަމަކަށް ވާތީ އެވެ. ރަސޫލާގެ އަމުރަށް ކިޔަމަން ވުމުގެ ގޮތުންނެވެ. ރަސޫލާ ވަނީ އެފަދަ ކަންކަމުގައި އެމީހުންނާއި ޚިލާފު ވުމަށް އަމުރު ކުރައްވާފައެވެ. އެހެން ކަމުން އުމަރުގެފާނު ، އިސްލާމީ ތާރީޚެއް ޖައްސަވަން ގަސްދު ކުރެއްވި ހިނދު ރަސޫލާ އުފަން ވެވަޑައިގެން ދުވަސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި އޮތެވެ. ނަމަވެސް ނަޞާރާއިން އީސާގެފާނުގެ އުފަންދުވަހަށް އެމީހުންގެ ތާރީޚް ނިސްބަތް ކޮށްފައިވާތީ އެމީހުންނާއި ތަފާތުވުމުގެ ގޮތުން ހިޖްރައިގެ ދުވަސް އިޚްތިޔާރު ކުރި އެވެ. ހެޔޮކަމެއް ރަސޫލާ ބަޔާން ކޮށްނުދީ ނެތެވެ. ރަސޫލާ ބަޔާން ކޮށްދެއްވި ހެޔޮ ޤަރުނުތަކުގެ އަހުލުވެރިން އެދުވަސް ފާހަގަ އެއް ނުކުރައްވައެވެ. ދެން މިދުވަސް ފާހަގަ ކުރުން ހެޔޮ ކަމެއްކަމުގައި ހެދޭނެތޯ އެވެ. ރަނގަޅަށް ފަރުޟް ތައް އަދާ ނުކުތުރެވިގެން އުޅޭ ބަޔަކު އެކަލޭގެފާނަށް ލޯބި ކުރާކަމުގެ ނަން ވުމަށް މަރުދަންޖެހެނީ ކީއްކުރަން ހެއްޔެވެ.؟
-
އާދިތްތަ، މާޗް 8 2009، 15:25
އިސްލާމް ދީން ފަތުރަން ވެގެން ސިޔާސީ ޕާޓީ ހެދުން އެއީ ދީނަށް އާކަމެއް ނޫންތޯ؟ ކާރު ދުއްވުން ބިދުޢައެއް ނޫންތޯ؟ އުފަންދުވަސް ފާހަގަކުރުމަކީ ހުއްދަ ނުކުރައްވާތާ މަނާވެސް ނުކުރައްވާ ކަމެކެވެ. ކީއްވެތަ މިތަންކޮޅު ނުނަގަނީ؟ ނަމާދު، ރޯދަ، ޒަކާތް، ޙައްޖު މި ފަދަ ކަންތައް ތަކަކީ އެކަން ކުރަންވާ ގޮތް ކީރިތި ރަސޫލާ އިރުޝާދު ދެއްވައި އުގަންނަވައި ދެއްވި ކަންތައް. ވީމާ އެކަންތައް ކުރަންވާނީ އެގޮތައް. ބަދަލެއް ނުގެނެވޭނެ. އެހެންނަމަވެސް އުފަންދުވަސް ފާހަގަކުރުމަކީ އެކަމަށް އެއްވެސް ގޮތަކަށް އިޝާރާތް ކުރައްވާފައިވާ ކަމެއް ނޫން. ވީމާ، ޙުކުމަކީ ހުއްދަ
-
އާދިތްތަ، މާޗް 8 2009، 15:46
އިބްރާހިމް މުޙައްމަދު ފާގަކުރިހެނެއް ނޫން ކަންތައް އޮތީކީއެއް. ދީން ފުރިހަމަ ވެއްޖެ ކަމަށް އެއޮތީ ދީނުގެ އަޞްލު އުސޫލްތަކާ އަސާސްތަށް ފރުރިހަމަވެފައިވާ ވާހަކަ. އެއްގޮތަކަށްވެސް ފަރުޢީ ކަންތައްތަކުގެ ވާހަކައެއްނޫން . އެހެން ވީމާ ރަސޫލާއާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި ތބިޢީން ނުކުރާކަމެއްވާނީ ހަމަ އުފެއްދި ކަމަކަށް. ބޮޑުވެގެންވާ ބިދުޢާ އަކަށް . ދެން އިންޓަނެޓް ގެ ޒަރީޢާއިން ލިއުންތެރިޔާ ޝާޢިޢު ކުރިކަމީވެސް ދީން ފުރިހަމަވި އާޔަތް ބާވާލެއްވި ފަހުން ތަޢާރަފްވި ކަމެއް. އެކަމަކު ބިދުޢަ އަކަށް ނުވޭ. ނުވެސް ވާނެ. ސަބަބަކީ އެއީ ދީނީ ކަމެއް ނޫން . ދެން އެންމެ ރަގަޅުތާ ދީނީ ކަމަކަސް ނަހަދާ މިކިޔާ''ސޯޝަލް'' ކަމެކޭ ކިޔާ ފާހަގަ ކުރަން. ދެރަކަމަކީ އެކަލޭގެ ފާނުގެ އުފަންދުވަސް އެއީ އެއޮގޮތަކަށްވެސް ކަނޑައެޅިގެން އެގޭދުވަހެއް ނޫން. ކަނޑައެޅިގެން އެގޭދުވަހަކީ އެކަލެގެފާނު މިދުނިޔަވީ ޙަޔާތް ދޫކޮށް ކަލާންގެ ޙަޟްރަތަށް ރުޖޫޢަކުރެވުނު ދުވަސް އެއީ 12 ރަބީއުލް އައްވަލް. އެހެން ވީމާ މިކަން ފެށި މީހުން ޢީދު މީލާދެއްގެ ގޮތުގައި ތޯ ނުވަތަ ނޫންތޯ ވެސް ސުވާލު އުފެދޭ ކަމެއް. =އަޒްހަރުގައި ކިޔަވާ ދަރިވަރެއް=
-
އާދިތްތަ، މާޗް 8 2009، 15:51
މިލިޔުމަށް ހުށަހަޅާފައިވާ ބައެއް ކޮމެންޓްތަކާމެދު ޙައިރާންވެއެވެ. 800 އަހަރުވީ އިސްލާމީ މުޖުތަމަޢުގައި ދީން އުނގަންނައިދޭ އިންސިޓިޓިއުޓްތައް ނެތުމުގެ ނަތީޖާ މި ކޮމެންޓްތަކުން އެހެރަ ފެންނަނީއެވެ. އިބުރާހީމް މުޙަންމަދުގެ ނަމުގައި ކުރައްވާފައިވާ ކޮމެންޓްގައި ލިޔުންތެރިޔާ ލޮޖިކު ބޭނުން ކުރައްވާފައިވާކަމަށް ތުހުމަތު ކުރައްވަމުން އިބުރާހީމް މުޙަންމަދު އެވަނީ ލޮޖިކުގެ އަލީގައި ކޮމެންޓް ކުރައްވާފައެވެ. ލިޔުންތެރިޔާ ދަލީލު ނަންގަވާފައި އެވަނީ ޞައްޙަ މަގުންނެވެ. ލޮޖިކަކުން ނޫނެވެ. ޙައިރާން ވާންޖެހޭ ކަމަކީ ލިޔުންތެރިޔާ ބޭނުން ކުރައްވާފައިވާ އުޞޫލުލް ފިޤުހުގެ ޤަވާއިދުތައް އިބުރާހީމް މުޙަންމަދަށްވެސް އަދި މި ލިޔުމަށް ކޮމެންޓް ކުރައްވާފައިވާ ޢީދުމީލާދު ފާހަގަ ކުރުމަކީ ހުއްދަކަމެކޭ، ރަނގަޅު ކަމެކޭ، ރަނގަޅު ކަމަކީ ބިދުޢައެއް ނޫނޭ، އެ މާނަތައް ދޭހަވާ ވާހަކަތައް ލިޔުއްވި ބޭފުޅުންނަށް ފަހުމް ނުވާކަމަށް އެ ކޮމެންޓުތައް ހެކިދޭތީއެވެ. އިސްލާމްދީނުގެ ބާވާލެއްވި އަސްލުތަކުން (ގުރުއާނާ ސުންނަތުން) މުސްލިމުން ދީން ދެނެގަންނަނީ އުސޫލުލް ފިޤުހުގެ އަލީގައެވެ. 800 އަހަރުވީ އިސްލާމީ މުޖުތަމަޢުގައި ދީން ފަތުރާނޭ އިންސްޓިޓިއުޝަންތައް ނެތްއިރު ބައެއް ބޭފުޅުންނަށް އުސޫލުލް ފިގުހުގެ ގާއިދާތައް ނޭނގުމަކީ އެކަށީގެންވާ ކްމެއް ނޫންތޯއެވެ. އިސްލާމިކް އެފެއާޒް މިނިސްޓަރާއި އެމަނިކުފާނުގެ އެހީތެރިން މި މުޖުތަމަޢުގައި އިސްލާމިކް އިންސްޓިޓިއުޝްންތައް ގާއިމު ކުރެއްވުމަށް ކުރައްވާ ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަހެވެ. ﷲ އެ މަސައްކަތުގައި ބަރަކާތްލައްވާ ކާމިޔާބު ލައްވާންދޭވެ! އާމީން!
-
އާދިތްތަ، މާޗް 8 2009، 15:52
އެ ލިޔުން ލިޔުނު މީހާގެ ލިޔުމާއި ދެކޮޅު މީހުން އިސްލާމީ ދީނުގައި އެ ދުވަސް ފާހަނގަ ކުރެވެވޭނެ ކަމުގެ ދަލީލެއް ނުމެ ގެނޭ. ގިނަބަޔަކު ކަމެއް ކޮށްގެން އެކަމަކީ ހުއްދަ ކަމަކަށް ވާނަމަ މިހާރު ޒިނޭއަށް މަގުފަހިވާ ފަދަ ކަންތައްތައް އިސްލާމީ ބައެއް ޤައުމުތަކުގައި ގިނައަދަދެއްގެ ބަޔަކު ކުރޭ، އެހެންވީމާ އެކަންވެސްހުއްދަވާންވީ އެއްނޫން. މި ލިޔުމާއި ދެކޮޅު މީހުން ތީ ދީނުގައި އައިސްފައިވާ ދަލީލުތަކުގެ މައްޗަށް ސިކުނޑި ބޭނުންކުރާ މީހުން. އެހެން ވިއްޔާ ފަތސްނަމާދުގެ 2 ރަކުއަތުގެ ބަދަލުގައި 4 ރަކުއަތް ކުރަންވީ އެއް ނޫން. އޭރުން ސަވާބު އިތުރަށް ލިބޭނެ އެއް ނޫން. ތިޔައީކީ ބުއްދި ހަމަ ޖެހޭ މީހުން ކުރާ އިޢުތިރާޟެއް ނޫން.ދެން މަދީނާ ޔުނިވަރސިޓީ ދެރަ ކުރާމީހުން ވިސްނާލަބަލަ، މަދީނާގެ އެ މާތް ބިމުގައޭ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމު ފަސްދާނުލެވިފައިވަނީ. އެ އީ އެ ޔުނިވަރސިޓީ އަށް ލިބޭ ފަޙުރެއް ނޫންތަ؟ މި ލިޔުމާއި ދެ ކޮޅު ހަދާ މީހުން ޙައްޖުވާން ގޮސް މާތް ނަބިއްޔާ އަށް ޒިޔާރަށް ކުރަން ދަނީ މަދީނާއަށް ނޫންބާ؟ ފަހަރެއްގަ ވެ ދާނެ ކޮންމެވެސް އެހެންތަނަކަށް އޮޅިގެން ދެވެނީ ކަމަށް ވެސް. މަދީނާ އަކީ އިސްލާމް ދީނުގެ "ބައްތި" އެ ތަނަކުން މުޅިދުނިއެއަށް ފޯރުވި ތަން، އަދި އެތަނަކަށް މި ޢިލްމު ފަހު ޒަމާނުގައި ރުޖޫއަވާނެ ތަން. ދެން ކިހިނެއް މަދީނާ ޔުނިވަރސިޓީ މިފަދަ މާތް ބިމެއްގައި ވާ އިރު ދެރަ ތަނަކަށް ވާންވި. އެއީ މީގެ ކުރިންވެސް އަދި މިހާރުވެސް އަދި ﷲ ތަޢާލާގެ އިރާދުފުޅުން މުސްތަޤުބަލުގައިވެސް މުޅި ދުނިޔޭގަ ހުރި ޞައްހަ ޢަޤީދާ ކިޔަވާދޭ ތަންތަނުގެ ތެރެއިން ނަންބަރ 1. މެލޭޝިއާގައި ކިޔަވާ ދަރިވަރެއެ
-
އާދިތްތަ، މާޗް 8 2009، 16:07
ބާރަދުވަސް ފާހަގަކުރުމޭ ދިވެހި ޒަމާންވީ ޘަޤާފަތުގައި މިކިޔެނީ ރަބީޢުލް އައްވަލުމަހުގެ ބާރަދުވަސް ފާހަގަކުރުމަށެވެ. ދުނިޔޭގެ ބައެއް ޖާހިލު މުސްލިމުންގެ ތެރޭގައި މިދުވަސް ފާހަގަކުރުމާބެހޭގޮތުން ދިރާސާކުރި މީހުން ބުނެފައިވާގޮތުގައި މިދުވަސް ފާހަގަކުރުން ފުރަތަމަ ފެށިފައިވަނީ މީލާދީން 10 ވަނަ ޤަރުނުގައި (ޙިޖްރީން 4 ވަނަ ޤަރުނުގައި) މިޞްރުގައި އޮތް ޝިޔަޢީ ދައުލަތެއް ކަމުގައިވާ ފާޠިމީންގެ ފަރާތުންނެވެ. ކޮންމެއަކަށް މިކަން މިޞްރުގެ ޘަޤާފަތުގެ ތެރޭގައި، އެކަމާ ދެކޮޅުހެދުންތައް މިސްރުގެ ސުންނީންގެ ފަރާތުން ކެނޑިނޭޅި ފެންނަމުން ދިޔައިރުވެސް، ހިމެނި، ދިވެހި ބައެއް އަޚުންނަށް ވެސް "ޤާހިރާގެ ހިރަފުހުގައި" އުޅެލަން ލިބުމާއެކު، މިމީހުންގެ ލޮލަށް ފެނުނު މި މަންޒަރުތައް، ރާއްޖެއަށް ކިޔަވައިގެން އެނބުރި އައިސް، ރާއްޖޭގައިވެސް ތަމްސީލުކޮށްފިއެވެ. ރާއްޖެއަށް މިކަން އައިސްފައިވަނީ މިޞްރުން ކަމުގައިބުނާ ބައެއް ދީނީ ޢިލްމުވެރީން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. އަނެއްބައި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިކަމަކީ ސޫފީ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ( އަބޫ ޙަނީން)
-
އާދިތްތަ، މާޗް 8 2009، 16:09
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރުމުގައި ކުރީގެ ސަރުކާރުން ކުރިއަރާފައިވާ މިންވަރަކީ ކޮންމެ އަހަރެންގެ ރަބީޢުލްއައްވަލު މަހެއްގެ ބާރަދުވަހަކީ "ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކުރުން" އާދެ އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ކީރިތި ރަސޫލާގެ އުފަންދުވަސް ފާހަގަކުރުމަކީ ސަރުކާރުން ރަސްމީކޮށް ފާހަގަކުރާ މުނާސަބަތަކަށް ހަދައި، އެދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހަދައި، އެދުވަހުގެ ރޭ ބޮޑުވެގެންވާ ޖަލްސާއެއް، ދައުލަތުގެ ބޮޑު ބޮޑެތީންގެ ޙާޟިރުގައި، އިސްލާމީ މަރުކަޒުގައި ބާއްވާ، ދަޢުލަތުގެ ދީނީ ބައެއް މުޢައްސަސާތަކުގެ ފަރާތުން ބާއްވާ އެކިއެކި ދީނީ މުބާރާތްތަކުގެ ނަތީޖާ ފައުޅުކުރުމަށް ދަންދެން ބާއްވާ، އަދި މިވަރުން ނުވެގެން އެޖަލްސާގައި ދައުލަތުގެ އެންމެ އިސްވެރިޔާވެސް ވާހަކަދައްކަވައެވެ. މިގޮތުން ބޭއްވި އެއް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އޭރުގެ ދައުލަތުގެ އެންމެ މަތީ ވެރިޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބަޢަވުމާބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. ޤައުމީ ޓީވީންނާއި ރޭޑިޔޯއިން ވަޤުތުން ދުރަށް ފޮނުވަމުން ގެންދެވި އެ ޖަލްސާ ޓީވީން ބަލާލުމުގެ ފުރުޞަތު އަހަރެންނަށް ލިބުނެވެ. އެ މަޢުޟޫގައި ވާހަކަފުޅު ދައްކަވަމުން، ކޮންމެ ކަމެއް ކުރަންވީ ގޮތްވެސް ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ދައްކަވާފައިވާ ކަމަށާއި، ދީނަށް އަލަށް ވަންނަ ބިދުޢަތަކަށް ރައްކާތެރިވުމަށެވެ. މީގައި އެންމެ ހައިރާން ވާންޖެހުނު ކަމަކީ ބިދުޢައެއް ހަދަމުން ބިދުޢަ ނުހަދާށޭ އެ ވިދާޅުވި ވިދާޅުވުމެވެ. އޭރުގެ ވެރީންނަށާއި ބޮޑެތި ބޮޑެތީންނަށް ހީވެފައި އޮންނަނީ، ބޮޑު ޓައީއެއް އަޅައިގެން ރީތި ގަމީހެއްލައިގެން ސެންޓުޖަހާލައިގެން ގޮސް، އެޖަލްސާގައި ބައިވެރިވެލެވުނީމާ އެއޮތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދިރުވިފައިކަމަށެވެ. މިޤައުމުގައި އެންމެ އިސްމަޤާމުތަކުގަޔާއި އެންމެ ވިސްނޭ މީހުންކަމަށް ދަޢުވާކުރި މީހުން، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޢީދު މީލާދު ދުވަހުގެ ގޮތުގައި ރަބީޢުލް އައްވަލުމަހުގެ ބާރަދުވަސް އެ ފާހަގަކުރަނީ، އިތުރު އެކަލޭގެފާނު އުފަންވެވަޑައިގަތީ ރަބީޢުލް އައްވަލު މަހުގެ ބާރަވަނަ ދުވަހުކަން ކޮން ގޮތަކުން އެމީހުންނަށް އެނގިގެންބާވައެވެ؟ ތަނެއް ދޮރެއް ބަލާވެސް ނުލާ މި ބިދުޢައިގެ ތެރޭގައި ފަތަފަތާ މިތިބީ ބުއްދިވެސް ޤަބޫލުނުކުރާ ފަދަ އެއްވެސް ޘާބިތެއް ނެތް، މީހަކު ފާހަގަކުރީތީ، ނުވަތަ ދައުލަތުން އަމުރުކުރެއްވީތީ، އާދެ ލައްބަ ކިޔުމުގައި ދައުލަތަށް އަޅުވެތި ވެފައެވެ. ނަމާދު ނުކޮށް، ދީނުގެ ރުކުންތަކަށް ރައްކާތެރިނުވެ، ނުވިތާކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ފުރައްސާރަކަށް، ސުންނަތަށް އުޅޭ މީހުންނަކީ "ވައްހާބީންނޭ"، "ޙައްދުފަހަނައަޅާފައިވާ މީހުންނޭ"، "ޓެރަރިސްޓުންނޭ" ކިޔާ ފުރައްސާރަ ކުރުމަށްފަހު، އަހަރަކު އެއްފަހަރު ބާއްވާ ބިދުޢަވެރި ޖަލްސާއަކަށް ދިޔުމުން، އެ ރަސޫލާގެ ސުންނަތަށް ތަބަޢަވެވުނީތޯއެވެ؟ ރާއްޖޭގެ ވެރިރަށް މާލޭގައި ސަރުކާރުގެ އިސްވެރިން މިފަދަ ފޮލާތައް ކައްކަމުން ރައްޔިތުންގެ ލޮލުގައި ދީނަށް ލޯބިކުރާ ކަމުގެ އަނދުން އަޅުވަމުން ދާއިރު، ރާއްޖެތެރޭގައި ކައްކަމުން ދަނީ މާލޫދަށެވެ. ނުވަތަ ޞަލަވާތްފުޅަށެވެ. ރަށުން ލިބެން ނެތްތަކެތި ކައިރި ރަށްރަށުންނާއި އެހެން އަތޮޅުތަކުންނާއި މާލެއިން ގެނެސްގެން ޞަލަވާތްފުޅަށް ހަދާލުމަށެވެ. ކުކުޅު ކަތިލުމާއި، ޞަލަވާތް ކިޔަވާ މީހުންނަށް ފަސްރުފިޔާއިން ފެށިގެން ސަތޭކަ ރުފިޔާއާ ހަމައަށް ދިނުމަށެވެ. ޞަލަވާތްވެސް ވިއްކަނީއެވެ. ފަސްރުފިޔާއަށް ޞަލަވާތެކެވެ. ދިހަރުފިޔާއަށް ޞަލަވާތެކެވެ. ފަންސާސް ރުފިޔާއަށް ޞަލަވާތެކެވެ. އަޅުގަނޑު ހިތުން އަގު ބޮޑު ޞަލަވާތްތަކުގެ ކޮލިޓީ ތަންކޮޅެއް ރަނގަޅުވާނެ ކަން ނޭނގެއެވެ. ޞަލަވާތް ކިޔަވައިގެން ޞަލަވާތް ވިއްކުމުގެ އާދައަކީ ކޮންތާކުން މިރާއްޖެއަށް އައިސްގެން އުޅޭ ކަމެއްކަން ހަމަ އެއްގޮތަކަށް ނޭނގުނެވެ. މިހާރުވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި އޮންނަ އާދައަކީ ކޮންމެ ހުކުރު ހޯމަ ވިލޭރެއެއްގައި ކޮންމެ ގެއެއްގައި ޞަލަވާތް ކިޔެވުމަށްޓަކައި މުސާރަދީފައި، ކޮންމެވެސް މުދިމަކު ނުވަތަ ކޮންމެވެސް ފަންޑިތަވެރިޔަކު ލާފައި ހުންނާނެއެވެ. ޗުއްޓީއެއްގައި އެއްފަހަރު ރަށަށް ގޮސްފައި މިކަންތައްގަނޑާ ލައިގަނެގެން، ތިހެން ނުހަދާށޭ! އެހެން މީހުންނަށް މުސާރަދީގެން ޞަލަވާތް ކިޔަވަނީ ކީއްކުރަންހޭ، އޭނާ ޞަލަވާތް ކިޔެވީމާ އޭގެ ޘަވާބު ލިބޭނީ އޭނާއަށޭ، ކޮންމެހެން ހުކުރު ހޯމަ ވިލޭރޭގައި ގޭގޭގައި ޞަލަވާތް ކިޔެވުމަކީ ބިދުޢައެކޭ ކީމާ، އަހަރެންނަކީ ޞަލަވާތް ކިޔެވުމާ އިދިކޮޅު ހަދާ މީހެއްކަމުގައި ހަދާ ޙުކުމް ޖަހާލައިފިއެވެ. އަހަރެން ބުނިހާވެސް ވާހަކައަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތްކިޔަވަން ބޭނުންނަމަ އެމީހަކު އަމިއްލައަށް ޞަލަވާތްކިޔެވުމަށެވެ. އަދި ކޮންމެހެން އެއީ ހުކުރު ހޯމަ ދުވަހު ކުރަންޖެހޭ ކަމެއް ނޫންކަމެވެ. އަދި އެއީ ވަކިން ޚާއްޞަކޮށް ބާރަދުވަހު ކުރަންޖެހޭ ކަމެއް ނޫނެވެ. އަދި އެ ޞަލަވާތް ކިޔެވުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، އެއީ އަމުދުން މުދިމަށް ނުވަތަ މި ފަންޑިތަހަދާ މީހާއަށް އެކަނި އިނގެންޖެހޭ ކަމެއް ނޫންކަމެވެ. އެއީ ތިބާ ނަމާދުގައި ތިޔަ ކިޔަވާ އިބްރާހިމީ ޞަލަވާތް ކިޔަވާލުން ކަމުގައިވިޔަސް ޞަލަވާތް ކިޔެވުނީއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އެންމެ ފަހަރަކު ޞަލަވާތް ކިޔަވައިފި މީހަކަށް ދިހަ ފަހަރު ޞަލަވާތް ކިޔެވި މީހެއްގެ ޘަވާބު ލިބޭނެ ކަމުގައި ޞައްޙަ ޙަދީޘްގައި އައިސްފައިވެއެވެ. ފައިސާއަށް ޞަލަވާތް ކިޔަވާ ބައެއް މީހުންގެ މަންޒަރުތައް އަހަރެންނަށް ފެނިފައިވެއެވެ. އަލްފާތިޙާ ކިޔާފައި ވަރަށް ބާރަށް ފަށާނެއެވެ. ދެން އިރުކޮޅަކުން އަހާނީ، "މިގޭ ދޯނި ރޭގަ މަސް ބޭތަ؟" މިގޭ "މަންޖެ ކޮބާހޭ؟" "ކެއްކީ ކޮން އެއްޗެއްހޭ" މިފަދަ ހާސަރުތަކެއްގައި، ކިޔެވޭ ޞަލަވާތައްވުރެ ދައްކާ ވަހަކަ ގިނަވާނެއެވެ. މިފަދަ މީހުންނަށް ކިޔެވޭނީ ޞަލަވާތެއް ނޫނެވެ. މިއީ ރޯނު އެދުރުންނެވެ. ޞަލަވާތް ކިޔެވުމުގެ ނަމުގައި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރާ މީހުންނެވެ. އެހެންނާފަހެ، "މިގޭ ދޯނި ރޭގަ މަސްބޭތަ" މިހެން އެއްވެސް ޞަލަވާތެއްގައި ސާބިތުވާކަމެއް އެނގިފައެއް ނެތެވެ. މައުލޫދު ކިޔުމުގެ ފޯރި ހުންނަވަރަކީ، މިކަންވެސް ކުރަނީ ދީނީ ކަމެކޭ ކިޔައިގެން އެއްބަޔަކު އަނެއްބަޔަކަށް ވާދައަށެވެ. އަދި މި މައުލޫދުގެ ތެރޭގައި ވަރަށް އައުދަޔާ ޚިލާފު ޅެން ބަނދިވަރުތައް ކިޔާ އުޅެއެވެ. އޭގެ ތެރޭގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަޢުރީފުކުރަމުން ގޮސް އެމީހުން ދީނުން ބޭރުވާ ވަރުގެ ޅެންތައް ކިޔައި އުޅެއެވެ. (އަބޫ ޙަނީން)
-
އާދިތްތަ، މާޗް 8 2009، 16:12
އެއީ ބިދުޢައެއް ކަމަށް ދުނިޔޭގެ ބޮޑެތި ބޮޑެތި ޢިލްމުވެރިން ފަތުވާ ދެއްވާފައިވަނިކޮށް އެއީ ބިދުޢައެއް ނޫނޭ ބުނަން އަހަރެމެން މީ ކޮންބަޔެއް؟ އެއީ ބިދުޢައެއް ކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި އައްޝައިޚް އިބްނު ބާޒް ރަޙިމަހުﷲ ހިމެނިވަޑައިގަންނަވާ. (އަބޫ ޙަނީން)
-
އާދިތްތަ، މާޗް 8 2009، 16:23
މިހެން މިކަން އޮތް އިރު ދިވެހިރާއްޖާގައި ކީރތި ރަސޫލާގެ އީދުމީލާދީ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަނީ ކީއްވެގެންތޯއެވެ؟ މީ ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ. ވީމާ މިސުވާލުގެ ޖަވާބު ދެއްވުމަށް އެދި ދަންނަވަމެވެ. " ޝަމީމް"
-
އާދިތްތަ، މާޗް 8 2009، 16:23
އީދު މީލާދު ފާހަނގަ ކުރީމާ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ލޯބި ކުރެވުނީ ހެއްޔެވެ؟؟؟ މިބައިމީހުން ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާހާ ކަމެއް ކުރަމުން ވެސް ދީނުގަ ނެތް ކަމެކޭ ޢިލްމުވެރިން ބުނާތީ މިކަން ކުރަން މިހާވަރުން މި އުޅެނީ. އީދު މީލާދު ފާހަނގަ ކުރީމާ ސުވަރުގެ ދެވުނީދޯ؟؟؟ މިދުވަސް ފާހަނގަ ކުރަން މިހާވަރުން އުޅޭ މީހުން ރަސޫލާޞައްލަﷲ ޢަލައިހިވަސައްލަމައަށް، އެކަލޭގެފާނުގެ މާތް ޞަޙާބީންނަސް ވުރެވެސް ބޮޑަށް ލޯބިކުރަނީ ބާ؟؟؟؟؟
-
އާދިތްތަ، މާޗް 8 2009، 16:23
ނަމާދުގައި ރުކޫޢަށް އޮންނައިރު ކުރިމައްޗަށްގުދުވެގެން އޮންނާތީ ކަލޭމެން އަޅެފަހެ އަޖައިބެއްނުވޭހެއްޔެވެ؟ ހަމަފަހަތައްވާގޮތަށްވެސް އޮންނަވީނޫން ހެއްޔެވެ؟ އެކަމަކު އެހެންހަދާނީ ކިހިނެއްހެއްޔެވެ؟ ރަސޫލާ ޞައްލަﷲ އަލައެހި ވަޞައްލަމްގެ އަރިހުންސާބިތުވާ ގޮތަކީ ކުރިމައްޗަށް ގުދުވެގެން ރުކޫޢަށް އޮތުމެވެ. އެހެންވީމައި އެގޮތަށް އަހަރެމެން ކުރަންޖެހޭނީ ދެއްްތޯ ؟ ހަމައެގޮތައް މިދުވަސްތައްވެސް ވާނީ އެކަލޭގެ ފާނުގެ އަރިހުން ސާބިތުވާންޖެހޭ ކަމަކަށް ވާންޖެހޭނެ ދެއްތޯ؟ އެއީ އެކަލޭގެ ފާނަށް މިކަން ޙާއްޞަކުރާތީ ދެއްތޯ؟
-
އާދިތްތަ، މާޗް 8 2009، 16:27
ކޮންބައެއްގެ ފަރާތުންތޯ މިޤައުމަށް ފައިދާ ލިބުނީ ބަލަންނުޖެހޭ، އެހެންނަމަވެސް ބަލައިލަން ރަގަޅު ކަމަކީ، ޤުރުއާނާއި ހަދީސް... ދިވެހިންގެ %85 މީހުންނަކީ ފަސްނަމާދުގެ ބަދަލުގައި ހުކުރު ކުރާ މީހުން އަދި ކީރިތި ރަސޫލާގެ މަތިން އަހަރަކު އެއްފަހަރު ހަދުމަކުރުމައް ވުރެން ކޮންމެ ދުވަހަކުވެސް މަދުވެގެން 15 މިނެޓް ހަދުމަ ކޮށް ޒިކްރު ކުރަނީ ކާކުބާ؟
-
އާދިތްތަ، މާޗް 8 2009، 16:31
ކޮބާތޯ އިސްލާމިކް އެފެއާޒް ގައިތިއްބެވި ބޭފުޅުން. ވަކި ޚާއްސަ ކޮށް އެދުވަހު ސަރުކާރު ބަންދުކުރަނީ ކީއްވެބާ؟ މިހާރަކު ނުބުނެވޭނެ މައުމޫނު ކުރާކަމެކޭ--- ތުއްތުނާ-
-
އާދިތްތަ، މާޗް 8 2009، 16:40
"މަދީނާގެ ތަންތަނުން ކިޔަވާ މީހުން ތިޒާތްޒާތުގެ ވާހަކަތައް ދައްކާނެ" ކަމަށް ބުނެ ކޮމެންޓް ކޮށްފައިވާ ބޭފުޅާއަށް ބުނެލަން ބޭނުންވަނީ ތިބޭފުޅާ ހާދަހާވާ މަދީނާއިން ކިޔަވާ ކުދިން ދެކެ ޖެލަސްވޭދޯއެވެ. ސުންނަތާ އެއްގޮތަށް މިހާތަނަށް މި ދިވެހިރާއްޖޭގައި އެންމެ ގިނައިން ވާހަކަ ދައްކާފައިވަނީ މަދީނާ ކުދިން. ދެން އެހެންތަންތަނުން ކިޔަވައިގެން އަންނަ "ގިނަ މީހުން" - މަދު މީހަކު ނޫނީ - އޮތީ ކޮންމެވެސް ބިދުއައެއްގައި ޖެހި ހަލާކުވެފައި. މިއީ ލޮލަށް ފެންނަން ހުރި ޙަގީގަތެއް. ބިދުއައާއި ޚުރާފާތުގެ އޮއިގައި ގެނބިފައިވާ މީހުންނަކަށް މިކަމެއް ހަޖަމެއް ނުކުރެވޭނެ.
-
އާދިތްތަ، މާޗް 8 2009، 16:41
"ކޮންމެކަމަކީ ދީނީ އަޅުކަމަކަށް ވާކަށް ނުޖެހޭ. މިއީ އިޖްތިމާޢީ ކަމެއްގެ ގޮތުގައި ބަލައިގަތުން ކިހިނެއްތޯ؟ މާތް ރަސޫލާގެ ހަނދާން އާކުރާ ދުވަހެއް ބޭއްވުމުގެ ފައިދާއެއް ނެތްތޯ؟" މިހެން ބުނެފައިވާ ބޭފުޅާއަށް ދީނުގެ ޙަގީގީ މާނަވެސް ނޭނގޭކަން ފާހަގަވޭ. ދީނުގެ މާނަ ކާފިރޫން ސޫރަތުން ވަރަށް ރީއްޗަށް އެނގެން އޮބައޮތް. އެހެންވީމާ އެ ސޫރަތް ބައްލަވާލައްވާ. މާނަ ނޭނގެއްޏާ ދިވެހި ތަރުޖަމާ ބައްލަވާލައްވާ. މާތް ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމަ ގެ ހަނދާން އައު ކުރަންޖެހޭ ގޮތް އެންމެ ރަނގަޅަށް އެނގޭނީ މިޒަމާނުގެ މީހުންނަށްބާ ނުވަތަ އެކަލޭގެފާނުގެ ޞަޙާބީންނަށް ބާ؟ ތިޔަ ގޮތަށް ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމަ ގެ ހަނދާން އައު ކޮށްގެން ފައިދާއެއް ވާނަ ޞަހާބީން އެކަން ނުކޮށް ދޫކޮށްލެއްވީ ކީއްވެބާ؟
-
އާދިތްތަ، މާޗް 8 2009، 16:45
އަޅުގަނޑުގެސުވާލަކީ އެއުފަލުގައި އަޅަކުމިނިވަން ކުރިކަމައްޓަކައި އަބަދާއަބަދަށް ކޮންމެ ހޯމަ އަކު އެމީހެއްގެ އަޒާބުލުއިކުރަށްވާ ކަމަށް ކުރީގެ ބައެއްފޮތްތަކުގައި ލިޔެފައިވަނީކީއްވެތޯއެވެ؟ އެއީހުއްދަނޫން ލިއުމެއްކަމުގައިވާނަމަ މިއަދާޖެހެންދެންމިރާއްޖޭގަމިއުޅުއްވި ދަންނަބޭފުޅުންމިކުރެއްވީ ކީއްތޯއެވެ؟ މި ކޮމްނެޓުގެ ވެރިޔާއަށް ދިވެހި ތާރީހު އެއްވެސް ވަރަކަށް ހަމަ ނޭނގެނީ ބާވައެއް؟ މިއަދާ ހަމައަށް ދިވެހި ރާއްޖޭގައި ވެރިކަން ކުރަމުން އައީ މިފަދަ ބިދުއަތަކަށް އީމާންވެގެން ތިބިމީހުންކަން މި ބޭފުޅާއަށް ހަމަ ނޭގެނީބާވައެވެ! އިހުގައި މިފަދަ ކަމަކާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާކަން ހަމަ ނޭނގޭތޯއެވެ.
-
އާދިތްތަ، މާޗް 8 2009، 16:56
محمد صلى الله عليه وسلم އީދުމީލާދު ފާހަނގަކުރުމަކީ ކޮންކަހަލަ ކަމެއްކަން މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ. އަޅުގަނޑަކަށް ނޭގޭ މިލިއުނު ލިއުނު ނިމާލު މުހައްމަދު މިކަމާފަތުވާ ނެރުއްވަނީ ކޮންހައިސިއްޔަތަކުން ކަމެއް. ނިމާލު މުހައްމަދަށް ދަންނަވާލަން ބޭނުންވަނީ އަޅުގަޑުމެން ކީރިތި ރަސޫލާގެ އީދުމީލާދު ފާހަނގަކުރަނީ ތިވިދާޅުވާ ނަސާރާއިން ކުރާގޮތަކަށްނޫންކަން ތިބޭފުޅާއަށް އެގިވަޑައިގެން ނުގަންނަވަނީތޯއޭ! މިބޭފުޅާއަށް ދަންނަވާލަން ބޭނުންވަނީ އީދު މީލާދު އިސްލާމީ މުޖުތަމައުތަކުގައި އެންމެ ފުރަތަމަ ފާހަގަ ކުރަންފެނީ މިއުޅޭ މުނާފިގު ޝިއައީ މީހުންގެ ބައިގަނޑެއް ކަމުގައިވާ "ފާތިމީން" އޭ ކިޔުނު ބައެކެވެ. އެމީހުންނަކީ ބުޅާ މަސް ޙަލާލު ކުރި މިހުންނެވެ. އަދި އެމީހުން ވަނީ މަރުވެފައި ތިބޭ ކުޑަކުދިންގެ މުޅަމަސް ވެސް ކެއުން ޙަލާލުކޮށްފައެވެ. އީދު މީލާދަކީ މިމީހުންގެ މިނުބައިޢަމަލުތައް ފޮރުވަންވެގެން - މިބައިމީހުންގެ ހިތުގައި އޮތް މުސްލިމުންނަށް އޮތް ނަފްރަތު އެހެން މުސްލިމުނަށް ފަޅާއަރައި ފާނެތީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލޯބިކުރާ ކަމަށް ދައްކަންވެގެން - އުފެއްދި ކަންތައް ގަނޑެކެވެ. އަދި މިބައިމީހުން މި ކަންތައް ގަނޑުގެ އަޞްލު މަޞްދަރު ކަމުގައި ބަލާފައިވަނީ ކްރިސްޓިއަނުންގެ ކްރިސްމަސް ދުވަހެވެ. މީގެ އިތުރުން ރަބީއުލްއައްވަލް މަހުގެ 12 ވަން ދުވަހަކީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އުފަން ދުވަސް ކަމަށްވުމަށްވުރެ އެދުވެސް ވުން ގާތްކަން ބޮޑީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަވަހާރަވީ ދުވަސްކަމުގައެވެ. މިއީ އިސްލާމީ ތަރީހް ހެކިދޭ ގޮތެވެ. މިކަން ދިރާސާތަކުން ފެންނަން އެހެރީއެވެ.
-
އާދިތްތަ، މާޗް 8 2009، 17:26
ما شا الله ދީން ހިފައިގެން ކޮޅަށް ތެދުވަން މަސައްކަތް ކުރާ މިޒުވާނާއަށް ސާބަސް، ޖާހިލުންގެ ބަސްތަކަށް ކެތްތެރިވޭ { طوبا للغرباء }
-
އާދިތްތަ، މާޗް 8 2009، 18:31
މަދީނާއާއި މައްކާ އަކީ މާތްނަބިއްޔާ އެންމެ ލޯބިފުޅުވާ އަދި އެދެރަށެއްގެ ވާހަކަ ކީރިތި ޤުރުޢާނުގައި މަދަޙަވެފައިވާ ދެރަށް، އެދެރަށަށް ނުވަތަ އެދެރަށުގައި ދުވަހަކުވެސް ކުފުރު ޢާލާނުވާނެ ދެރަށް، ވީމާ، މަދީނާގެ މަންޙަޖް ތަޤައްޔަރުވެފައިވާކަމަށް ވިދާޅުވާ ވިދާޅުވުމަކީ ވަރަށް "މުޑުދާރު ދޮގެއް" މާތްﷲ އަޅުގަނޑުމެންނަށް ހެޔޮވިސްނުންދެއްވާށީ!!!
-
އާދިތްތަ، މާޗް 8 2009، 18:38
ތިޔަ ލިޔުމަށް ތާއީދު ކުރަން. ކިތަންމެ ވަރަކަށް ހެޔޮބަސް އިއްވިޔަސް މި މީސް މީހުންނަކަށް ނުވިސްނޭނެ. މިސްރުގެ ގާހިރާގެ ހިރަފުހުގަ ތައްތެޅިގެން އައި އިލްމުވެރީންގެ ޝިކާރައަކަށްވެ ދިވެހީން މިތިބީ އާފިލްވެފަ. = ދިވެހި ދަރިއެއް =
-
އާދިތްތަ، މާޗް 8 2009، 18:38
ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެން އެދުވަހެއްގެ އުފަލުގައި ބޮޑެތި ކެއުންތަކަށް އިންސާފުކުރަމުން ދާ ރަބީޢުލްއައްވަލް މަހުގެ 12 އަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވި ދުވަހެވެ. އާއެކެވެ. އަޅުގަނޑުމެން އެބޭކަލަކަށްޓަކައި ލޯބިވާ ނަބިއްޔާ ދުނިޔެ ދޫކުރެއްވި ދުވަހު އުފާ ކުރުމަށް ޔަހޫދީންނާއި ނަޞާރާއިން އަޑީގައި ތިބެގެން އިސްލާމްދީނުގެ ޞައްޙަ ތަޢުލީމުން ބޭރު ފާޠިމީން ލައްވާ މި ނުބައި ކަންތައް އަޅުގަނޑުމެންނަށް ޒީނަތްތެރިކޮށްފައި ދައްކައިފިއެވެ. އަދި އަޅުގަނޑުމެން މުސްލިމުން މިދަނީ ލޯމަރާލައިގެން އެމީހުންގެ ފަހަތުންނެވެ. އެފަދަ މީހުންނާ ތަބާވެ އެމީހުންގެ ފަހަތުން އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ މާތްވެގެންވާ އިސްލާމްދީނާ ދުރަށް އެޅޭ ފިޔަވަޅަކަށް ނޫނީ ނުވެއެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މައްކާގެ މުޝްރިކުން ބުނިފަދައިން ނުބުނާށެވެ. އެބައިމީހުން ބުންޏެވެ. بَلْ وَجَدْنَا ءَابَاءَنَا كَذَلِكَ يَفْعَلُوْنَ (الشعراء: ٧٤) [[ އެހެނެއްކަމަކު އަހަރެމެންގެ ކާބަފައިން އެކަން ކުރަނިކޮށް އަހަރެމެން ދުށީމެވެ.]] އެބައިމީހުން ބުދުތަކަށް އަޅުކަންކުރުމުން އެއްކިބާ ވުމަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގޮވާލެއްވުމުން އެމީހުންގެ ޖަވާބަކަށް ވީ މިފަދައިންނެވެ. ބުއްދިވެރި އަޚުންނާއި އުޚްތުންނޭވެ! މަޑުމައިތިރިކަމާއެކު ޙަޤީޤަތް ހޯދުމަށްޓަކައި ޙައްޤު ލިބިގަތުމަށް ކިޔާށެވެ. ވަކި ގޮތަކަށް ސިކުނޑި ބައްޓަން ކުރުމަށްފަހު އެ ސިކުނޑިއާ އެއްގޮތަށް ޤުރުއާނާއި ސުއްނަތް ފުރޮޅާލަން މަސައްކަތް ނުކުރާށެވެ. [ މުޙައްމަދު އަނީލް ]
-
އާދިތްތަ، މާޗް 8 2009، 18:41
ރައްޖޭގެ އުޅޭ މީހުން ދުވަހަކުވެސް ރަގަޅެއް ނުވާނެ. އަބަދުވެސް މީހުންނަށް ހަޖޫ ޖެހި މަލާމާތާއި ފުރައްސާރަ ކުރަން އެގޭނީ. ކީއްވެތަ މީހަކު އެއްޖެކޭ ލިޔުނީމަ އޫގެ ހަގީގަތް ނުބަލަނީ. ކޮންމެ މީހަކުވެސް ތިމާޔަށް މިކިޔެނީ ނޫނީ މިލިޔެވެނީ ކީކޭތޯ ވިސްނާލުން ކީއްތޯ. ނިމާލްމެން ފަދަ ބޭފުލުން ގެ ވާހަކަތައް އަޑުއަހައިގެން ނޫނީ ޢަގީދާ ވަރުގަދަ ނުކުރެވޭނެ. ދިވެހިން އިސްލާހުވާން ވެއްޖެ. މިލިޔުމާ މެދު ވަރަށް ރަގަޅަށް ވިސްނަވާ. ޝ
-
އާދިތްތަ، މާޗް 8 2009، 18:55
އަޖައިބެއް ފަހެ ނުވާނެތަ. ނަމާދުގައި 10 ރަކުޢަތް ކުރުމާ މިކަމާ ހާސްބައި ތަފާތު. ނަމާދުގައި ކިޔަންވާ ތަކެއްޗާ ރަކްޢަތުގެ ޢަދަދު ވަނީ ކަނޑަ އެޅި ބަޔާން ވެގެން. ސުވާލަކީ މިދުވަސް ފާހަނގަ ކުރުމަށް ބާރު ލިބިދޭ އެއްވެސް އަޘަރެއް ނުވަތަ ދަލިލެއް ހަމަ ނެތީބާއެވެ. ތިކަމަކީ ޝުބްހައެކެވެ. ބިދްޢައެކޭ ދަންނަވާނަމަ އަދި އިތުރު ހެއްކާ ބުރުހާން ބޭނުން ވެއެވެ. އެހެނީ ބިދުޢައެކޭ ބުނުމަކީ ނުލާހިކު ބޮޑު ކަމަކަށް ވާ ކަމެވެ. ލިޔުންތެރިޔާ މިކަމުގައި އޮންނަ އެކިއެކި ރަޢުޔުތައް ބާޔަން ނުކުރުމަކީ މި ލިޔުން އެހާ ފުރިހަމަ އެކަޑަމިކް ޑިސްކަޝަކަނަކަށް ނުވެއެވެ. ލިޔުން ތެރިޔާ ބަޔާންކޮށްފައި މިއޮތީ އެބޭފުޅަކު ދެކޭގޮތް އެހެން މީހުން ޤަބޫލް ކުރަންޖެހޭ ފަދަ ގޮތަކަށެވެ. އެކިއެކި ރައުޔުތައް ބަޔާން ކުރުމަށްފަހު ކިޔުންތެރިންގެ އައްމައްޗަށް ހެވާނުބައި ރަގަޅު ރައުޔާއި ނުރަނގަޅު ރައުޔު ދެނެގަތުމަށްޓަކައި މިއަށް ވުރެ އަންބަޔާސް ކޮށް މިލިޔުން ލިޔެވިދާނެއެވެ. ތިމާޤަބޫލް ކުރާ ގޮތަކީ ހަމައެކަނި އޮތް ރަގަޅު ގޮތް ކަމަށް ދެކި އެގޮތް ޤަބޫލް ކުރުވަން އުޅުމަކީ އެންމެ ކާމިޔާބު މެތަޑް ކަމުގައި ނުދެކެވެ.
-
އާދިތްތަ، މާޗް 8 2009، 20:15
ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެން އެދުވަހެއްގެ އުފަލުގައި ބޮޑެތި ކެއުންތަކަށް އިންސާފުކުރަމުން ދާ ރަބީޢުލްއައްވަލް މަހުގެ 12 އަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވި ދުވަހެވެ. އާއެކެވެ. އަޅުގަނޑުމެން އެބޭކަލަކަށްޓަކައި ލޯބިވާ ނަބިއްޔާ ދުނިޔެ ދޫކުރެއްވި ދުވަހު އުފާ ކުރުމަށް ޔަހޫދީންނާއި ނަޞާރާއިން އަޑީގައި ތިބެގެން އިސްލާމްދީނުގެ ޞައްޙަ ތަޢުލީމުން ބޭރު ފާޠިމީން ލައްވާ މި ނުބައި ކަންތައް އަޅުގަނޑުމެންނަށް ޒީނަތްތެރިކޮށްފައި ދައްކައިފިއެވެ
-
އާދިތްތަ، މާޗް 8 2009، 20:17
އެކަލޭގެފާނުގެ މައްޗަށް ޞަލަޥާތް ނުކިޔަވާކަށް އަހަރެން އެންމެ ފަހަރަކުވެސް ނުބުނަން. ޛިކްރާވެސް އާކުރަންވީ. އަދި ޞަލަޥާތްވެސް ކިޔަވަންވީ. އެކަމަކު އެކަންކުރުމަށް ވަކި ދުވަހެއް ކަނޑައެޅުމަކީ ގޯހެއް. އެކަލޭގެފާނަށް މާތްކޮށް ހިތައި އިޙްތިރާމް އަދާކުރަން ބޭނުންނަމަ އަހަރުމެންވީ އެކަލޭގެފާނު އުނގަންނަވައިދެއްވި ގޮތަށް ތަބާވެ އެއާ އެއްގޮތަށް ޢަމަލުކުރަން. މުޅި އަހަރުތެރޭގައި އަހަރުމެން އެކަލޭގެފާނު އެންގެވި ގޮތްތަކާ ޚިލާފަށް އުޅުމަށްފަހު އެންމެ ދުވަހަކު އެކަލޭގެފާނުގެ ޛިކުރާ އާކުރުމަށް އިޙްތިފާލެއް ބޭއްވުމަށްވުރެ މިގޮތް މާރަނގަޅުވާނެކަން ޔަޤީން.
-
އާދިތްތަ، މާޗް 8 2009، 20:18
ﷲ ސުބްޙަނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަން. މިއުއްމަތުގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާކުރަން. އަދި މި ދުޢާގައި އިތުރު އެކަލޭގެފާނުންގެ އަޞްޙާބުން ޝާމިލްކުރަން. ސްކޫލްގެ ޢިއްޒަތްތެރި ވެރިން. ޢިއްޒަތްތެރި މުދައްރިސުންނާއި އެކުވެރި ކިޔަވާކުދިން. އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ހުށައަޅާނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢީދުމީލާދު ފާހަގަކުރުމާ ބެހެގޮތުން ދެ ރަޙްމަތްތެރިއެއްގެ ދެމެދުގާ ދެކެވުނު ވާހަކަތަކެއް. އަޅުގަނޑުގެ އުއްމީދަކީ މި ވާހަކަތަކުން ތިޔަބޭފުޅުންނަށް ޢިބްރަތެއް ޙާޞިލްވުން. · އޭނާ އަހަންނާ ދިމާވީ އޮފީހުގެ ދޮރުމަތިން. އެވަގުތު ބުނަންފެށި: " އަންނަ ހަފްތާގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢީދުމީލާދު ފާހަގަ ކުރުމައްޓަކައި އަހަރުމެން އެންމެން އެއްވުމަށް ވަނީ ނިއްމާފައި. ވަކި ޚާއްޞަ ކަމެއް ނެތްނަމަ އަހަރުމެންނާއި ބައިވެރި ވާންވީނުން؟ އަހަރެން ބުނިން: "އެދުވަސް ފާހަގަ ކުރަނީ ކީއްވެގެންތަ؟ ފާހަގަ ކުރަން އެއީ ޢީދެއްތަ؟ ނުވަތަ ފެސްޓިވަލެއްތަ؟ އެނގޭތަ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތީވެސް ހަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢީދުމީލާދީ ދުވަހާއި އެއްދުވަހަކު ކަމަށް ބުނެވޭތީ އިވޭ. ވީއިރު އެއީ ހަމައެކަނި އުފާ ފާޅުކުރާ ދުވަހަކަށް ހެދުމަކީ ރަނގަޅުގޮތެއްތަ؟" · އަހަންނަށް އޭނާއާއި ވާހަކަ ދެއްކުނީ އެހާ ރަނގަޅަކަށެއްނޫން. އެވަގުތު އޭނާ ހިތްހަމަނުޖެހިފައި ހުރެ ބުނި: " މުސްލިމުން އެންމެން އެކުވެ ކާއެއްޗެހި ހެދުމާއި، ދީނީ މަދަޙަ އާއި ދީނީ ޅެންކިޔުމާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުމާއި މިފަދަ ކަންތައް ކުރުމަކީ އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވަނީ ދޯ؟ · އަހަރުމެން އޮފީސް ތެރެއަށް ވަދެ އިށީންނަމުން ހަމަޖެހިލުމަށްފަހު ޖަވާބުދިނިން: " އަޑުއަހާބަލަ! އަހަރުމެން މިއީ ތަޢުލީމީ ބައެއް. ވީއިރު ނިކަން ހަމަޖެހިގެން ތިބެ، ޙަޤީޤަތާ އެއްގޮތަށް ދެކޮޅުޖެހޭ ވާހަކައެއް ދައްކަމާ ހިނގާބަލަ! އެންމެ ފުރަތަމަ ޙަޤީޤަތަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެއަށް ވަޑައިގެންނެވި ތާރީޚަކީ ރަބީޢުލް އައްވަލު މަހުގެ 12 ވަނަ ދުވަސްކަމާމެދު ތާރީޚު ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައި ނުވާކަން. އަދި މިދުވަސް ފާހަގަކުރާ މީހުންވެސް މި ޙަޤީޤަތް ޤަބޫލް ކުރާކަން. ދެވަނަ ކަމަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢީދުމީލާދު އެނގި ކަށަވަރުވެފައިވާކަމަށް ބެލިނަމަވެސް ޢިލްމުވެރިން ވެސް އެއްބަސް ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަހާބީން ޢީދުމީލާދު ފާހަގަ ކޮށްފައި ނުވާކަން. އަދި މިކަން ފެށިގެން ކުރިއަށް ދަނީ އެކަލޭގެފާނު ސުވަރުގެއަށް ވަޑައިގަތްތާ އެތަކެއް އަހަރު ފަހުން. ތިންވަނަ ކަމަކީ: އުފަންދުވަސް ފާހަގަ ކުރާ މީހުން ހީކުރާ ގޮތުގައި އެކުރެވެނީ އަޅުކަމެއް ކަމަށާއި ، ﷲ ރުހިވޮޑިގަންނަވާ ކަމެއް ކަމަށް އެމީހުން ޤަބޫލުކުރޭ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންނެވި ގޮތް ފިޔަވައި އެހެނިހެން ގޮތްތައް ޤަބޫލު ކުރުމަކީ ހުއްދަކަމެއްނޫން ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި " ހަތަރުވަނަ ކަމަކީ: އުފަން ދުވަސް ފާހަގަ ކުރުމަކީ ކްރިސްޓިއަނުން ޢީސާގެފާނުގެ ޢީދުމީލާދު ފާހަގަ ކުރާ ގޮތް ޤަބޫލުކުރުން ފަދަ ކަމެއް. ނުވަތަ ކްރިސްޓިއަނުން ކޮޕީކުރުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވަނީ އިސްލާމް ދީން ގަބޫލު ނުކުރާ މީހުންގެ ގޮތްތައް ގަބޫލު ނުކުރުމަށް. ވީހާބޮޑަށް އެމީހުންނާއި ތަފާތު ވުމަށް. މިހެން ބުނުމުން އަހަރެން ހަދާންވަނީ މީހަކު ކިޔާލަދިން ޙާދިޘާއެއް. އޭނާ ކިޔާދިން ގޮތުގައި މުސްލިމަކު ކްރިސްޓިއަނަކަށް ޘާބިތުކޮށްދޭން ބޭނުންވީ ޢީސާގެފާނަށްވުރެ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަތިވެރިކަން. މި އަރައިރުންގަނޑުގެ ތެރޭގައި ކްރިސްޓިއަން މީހާ ބުނެފި: "ޢީސާގެފާނަކީ ކަލާނގެ ދަރިކަލެކޭ " . ކްރިސްޓިއަން މީހާ މިހެން ބުނުމުން އޭގެ ރައްދުގައި މުސްލިމް މީހާ މިބުނީ : " އެހެންކަމަށްވަންޏާ މުޙައްމަދުގެފާނަކީ ﷲގެ ދަރިކަލެކޭ". މުސްލިމް މީހާ މިހެން ބުނުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަތިވެރި ކުރުމުގެ ބަދަލުގައި އޭނާއަށް އެކުރެވުނީ ޝިރުކު. ފަސްވަނަ ކަމަކީ: މިފަދަ މުނާސަބާތަކުގައި ކިޔައިއުޅޭ ބައެއްޅެންތަކާއި މަދަޙަތަކުގައި ކީރީތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ތަޢްރީފުގެ ބަސްތައް ރައްދުކުރަމުންގޮސް ޙައްދުފަހަނައަޅައި ދިއުމުގެސަބަބުން، އެކަލޭގެފާނަށް ﷲގެ ދަރަޖަ ދެވޭފަހަރުވެސް މަދެއްނޫން. މިސާލަކަށް : " މުޙައްމަދު ނުވީނަމަ ދުނިޔެވެސް ނުވީހޭ، މަޙައްބަތުގެ އަޞްލެއް ނުވެސް ލެއްވެވީހޭ" ޙަޤީޤަތުގައި މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންގެވުމާވެސް ޚިލާފަށް ކުރެވޭކަމެއް. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނާގައިވޭ: " ކްރިސްޓިއަނުން ޢީސާގެފާނު ކަލާނގެވަންތަކަމުގެ ދަރަޖައަށް މަތިވެރިކުރިފަދައިން ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ދަރަޖަ މަތިވެރި ނުކުރާށެވެ. އެހެނީ ތިމަންކަލޭގެފާނަކީ ﷲގެއަޅާއެވެ. އަދި ރަސޫލާއެވެ." · މިހާތަނަށް ވާހަކަ ދިއުމުން އޭނާ އަހަރެންގެ ވާހަކަ މެދުކަނޑާލާފައި ބުނި: " ދެން މިހާރު މިވީ ބޮޑު ލެކްޗަރަކަށް ދޯ؟ ދެން ތިވާހަކަ ހަނދާން ނައްތާލާ. މި ހިސާބުން ޢީދުމީލާދު ފާހަގަކުރުން ނިމުނީ. ހިތް ހަމަޖެހިއްޖެތަ؟ އެކަމަކު ނިކަން ބުނެ ބަލަ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޛިކްރާ އާކޮށް އެކަލޭގެފާނަށް ޞަލަޥާތްވެސް ނުކިޔަވަންވީތަ؟ · އަހަރެން ބުނިން: އެކަލޭގެފާނުގެ މައްޗަށް ޞަލަޥާތް ނުކިޔަވާކަށް އަހަރެން އެންމެ ފަހަރަކުވެސް ނުބުނަން. ޛިކްރާވެސް އާކުރަންވީ. އަދި ޞަލަޥާތްވެސް ކިޔަވަންވީ. އެކަމަކު އެކަންކުރުމަށް ވަކި ދުވަހެއް ކަނޑައެޅުމަކީ ގޯހެއް. އެކަލޭގެފާނަށް މާތްކޮށް ހިތައި އިޙްތިރާމް އަދާކުރަން ބޭނުންނަމަ އަހަރުމެންވީ އެކަލޭގެފާނު އުނގަންނަވައިދެއްވި ގޮތަށް ތަބާވެ އެއާ އެއްގޮތަށް ޢަމަލުކުރަން. މުޅި އަހަރުތެރޭގައި އަހަރުމެން އެކަލޭގެފާނު އެންގެވި ގޮތްތަކާ ޚިލާފަށް އުޅުމަށްފަހު އެންމެ ދުވަހަކު އެކަލޭގެފާނުގެ ޛިކުރާ އާކުރުމަށް އިޙްތިފާލެއް ބޭއްވުމަށްވުރެ މިގޮތް މާރަނގަޅުވާނެކަން ޔަޤީން. · އަހަރުމެން ދެމީހުންގެ ބައްދަލުވުން ނިމުނީ މިހާ ހިސާބުން. ވީމާ، މި މައުޞޫޢަށް އިތުރަށް އިންޞާފު ކުރައްވަން ބޭނުން ފަރާތްތަކަށް ފުރުޞަތު އަރުވަމުން އަޅުގަނޑުގެ ވާހަކަ ނިންމާލަން. ކެތްތެރިކަމާއެކު އަޑުއެއްސެވީތީ ޝުކުރިއްޔާ. ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.
-
އާދިތްތަ، މާޗް 8 2009، 20:28
ކޮމެންޓް ގަޑި ތާރީޚް: މާޗް 8 2009، 15:01 "މި ސަލަފީންނަށް (ވައްހާބީ) ނޭންގޭ އެއްކަމަކީ .... " ލިޔުނު ބޭފުޅަކަށް ދަންނަވާލަން، ޢުމަރުގެފާނު ކުރައްވާކަމަކަށް "ބިދުޢަ" ދީނުގައި އާކަމެކޭ ނުބުނެވޭނެ. އެއީ 4 ޚަލީފާއިންގެ ޢަމަލުފުޅުތަކަކީ ދީނުގެ އަސްލުތަކުގެތެރޭގައި ހިމެނިގެން ދާނެކަމެއް. ތިބޭފުޅާޔަށް އަޑު އިވިފައިވާ "ރިވެތި ބިދުޢައިގެ" ވާހަކަޔަކީ ބަހުގެ އުސޫލުން އައިސްފައިވާ ވާހަކައެއް. ފަހަރެއްގައިވެސް ދީނުގެ އަސްލެއް ނޫން. މޮޅެތި އިގިރޭސި ބަސްތަކެއް ބޭނުންކޮއްލަން އެގުމަކީ އަދި ދީން އެގުމެއްނޫން، ތިމާޔަށް ނޭގޭ ކަންތަށް އެގޭ ބައެއްގެ ފަރާތުން ހޯދާނީ، އެއްވެސް މީހަކީ ހުރިހާކަމެއް އެގޭނޭ މީހެއްނޫން. ތިބޭފުޅާޔަށް އެގޭ ހުރިހާ ކަމެއް އަޅުގަޑަކަށް ނޭގެ، އެހެންވެ ތިބޭފުޅާ ތަޢުލީމު ހާސިލް ކުރެއްވި ދާއިރާގެ މަޢުލޫމާތު ތިބޭފުޅާގެ ފަރާތުން އަޑުއަހަން ތައްޔާރަށް ހުރިވާހަކަ ދަންނަވަން. އަޅުގަޑު ތައުލީމް ހާސިލް ކުރަނީ އަރަބި ބަހުން، ވީމާ އަރަބިން ލިޔެލާނަން މާނަ ހޯދާލައްވާ، ތިބޭ ފުޅާ ބޭނުންކުރެއްވީ އިގިރޭސި ބަސްތަކެއް ނޫންތޯ. كثير من أهيل الديب ضلو، بأعمال النهى خير المقال : لقد نبذو كلام الله طرا، كذا أقوال أصحاب وآل.
-
އާދިތްތަ، މާޗް 8 2009، 20:30
ދީނީ ނަޞޭޙަތެއް އަޑުއިވިއްޖެނަމަ އެއާމެދު ވިސްނާ ފިކުރުކުރާށެވެ! ސިކުޑިގެ ޖައުހަރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ! ޤުރުއާނާއި ސުއްނަތުގެ އަލީގައި ދެކެވޭވަހަކަތަކަށް ހަޖޫ ކިޔައި މަލާމާތް ނުކުރާށެވެ! ތިމާގެ ކިބައިގާ ދީނީ ޢިލްމުވެރިކަމެއް ނެތްނަމަ ދަންނަ މީހަކާ ސުއާލުކޮށް އަހާ އޮޅުން ފިލުވާށެވެ! ﷲ ވަކީލު ކުރުމާއެކު ގިނަ ޢިލްމުވެރިން ތިބި ކޮޅަކަށް ޖެހޭށެވެ! ރުޅިއަރައިގެން ހުރެ ނީހައިގައި ދައްކާ ވަހަކައެއް ވަރަށް ނުރައްކާ ވެދާނެއެވެ! ޢަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔަލެއް ނުލިބޭނޭ ދުވަހަށް ބިރުވެތިވާށެވެ! ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ދުނިޔެއަށް ފޮނުއްވުނު ދުވަހުގެ އުފަލާ ދުނިޔެ ދޫކުރެއްވި ދުވަހުގެ ހިތާމަ ފާޅު ކުރުމާމެދު ފިތުނަވެރި ވާހކަތައް އިޚުތިޔާރު ނުކުރައްވާށެވެ! އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ދުވަހަކީ އެރަސޫލާގެ ޛިކްރާ އާކުރެވޭ ދުވަހަށް ވޭތޯ ބަލާށެވެ! ގިނަގިނައިން ރަސޫލާއަށް ޞަލަވާތް ކިޔަވާށެވެ! އެރަސޫލާގެ ޚުލްޤު ފުޅުން ނަމޫނާ ލިބިގެނެވޭތޯ މަސައްކަތް ގުރާށެވެ! ﷲ ރަޙުމަތް ލައްވާށި =މަރިޔަމް ޝަމް=
-
އާދިތްތަ، މާޗް 8 2009، 20:37
ތިޔަ ހުރިހާ ކަމަކަށްވުރެ މަށަށް ބޮޑީ މިހާތަނަށް ހަމަ އެކަކުވެސް ބަންގި ގޮވާއިރު ސޮލަވާތް އިތުރު ނުކުރާކަން،އިސްލާމަކު ވިއްޔާ އެކަލޭގެފާނުގެ ނަންފުޅު ގަނެވޭ ހިނދު ސޮލަވާތް ކިޔަވަން އޮތީ އަންގަވާފަ.މިހާރު އެކަން ހެޔޮ ބިދުއަޔަކަށް ނުވާނެ އެއްގޮތެއްވެސް ނޯންނާނެ!ކުރީގެ އެއްވެސް މުސްލިމަކު ކޮއްފައި ނެތުމީ އެމީހުނަށް ވުރެ މޮޅަށް މިކަމުގައި މިޒަމާނުގެ މީހުނަށް ދީން ފެނިދާނެކަމުގެ ދަލީލެއް...ޑިޖިޓަލް ކޮށް އިމާމް ކަންވެސް ކުރެވޭގޮތަށް ހަދަން ވެއްޖެ.މިހާރު އިމާމުން މާ މުހިއްމެއް ނޫން.ކ=ޚަރަދު ބޮޑުވާނީ....-އިންސާފް-
-
އާދިތްތަ، މާޗް 8 2009، 20:48
ރަސޫލު الله صّلى الله عليه وسلّم ދެކެ އެންމެ ބޮޑަށް ލޯބިވި ބަޔަކީ އެކަލޭގެ ފާނުގެ މާތް ޞަޙާބީނެވެ. އެޞަޙާބީން ފާހަގަ ނުކުރި ޢީދު މީލާދެއް އަޅުގަނޑުމެން ފާހަގަ ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. އަދި އެޞަޙާބީންގެ ފަހުން އައި ތާބިޢީންވެސް އެކަލޭގެ ފާނުގެ ޢީދު މިލާދެއް ފާހަގައެއް ކޮށްފައެއް ނުވެއެވެ. އަދި އެންމެ ބޮޑު ހަތަރު އިމާމުންވެސް އެދުވަހެއް ފާހަގަ ކޮށްފައެއް ނުވެއެވެ. އެހެންކަމުން އަޅުގަނޑުމެން ރަސޫލު الله صّلى الله عليه وسلّم ދެކެ ލޯބިވަމޭ ކިޔައިގެން އެކަލޭގެ ފާނު އަޅުގަނޑުމެންނަށް ނާންގަވާ ކަމެއް ކުރުމަކީ ހަމަ ބިދުޢަކެވެ. އެހެނީ ބިދުޢަކީ ދީނަށް އަލަށް ތަޢާރަފު ކުރާ ކަންތައްތަކެވެ. އިސްލާމް ދީނަކީ މުކައްމަލު ކުރެވިފައިވާ ދީނެކެވެ. ﷲ ޥަޙީކުރައްވާފައިވަނީ "މިއަދު ތިމަން ﷲ ތިޔަބައިމީހުން ދީން ފުރިހަމަ ކޮށްދެއްވައިފީމުއެވެ." (އަޅުގަނޑު)
-
އާދިތްތަ، މާޗް 8 2009، 20:57
ތިގޮތަށް އެކަކު އަނެކަކަށް ފާޑުކިޔުމަށްވުރެ ތިކަމުގެ އަސްލު ހޯދަން މަސައްކަތް ކުރުން ކީއްތޯއެވެ.ތިހާ ދީނަށް ލޯބިކުރާމީހުން އުޅޭއިރު އެންމެ ފަހަރަކުވެސް އަހަރުމެންނަށް ވާހަކަ މިދެކެވެނީ ކިހާ ވަރެއް ގެ ކަމަކާދޭތެރޭތޯ ވިސްނާލެވުނު ހެއްޔެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބުނާ ގޮތްއެންމެ ރަނގަޅެވެ.އެހެން ކަމަށް ވާއިރު ރަނގަޅު ގޮތް އެނގެނީ ކާކައް ހެއްޔެވެ.އެކަކަށް ވެސް ނޭނގެއެވެ.ކޮންމެ މީހަކުވެސް އެމީހަކަށް ހީވާގޮތް ބުނަނީއެވެ.މިހާރު މި ކޮމެންޓު ތަކުން ހީވަނީ މީ ބަހުސް ކުރަން ހުޅުވާލާފައި އޮތް މައުލޫއެއް ހެންނެވެ.އެންމެ ފަހަރަކު ވެސް މިފަދަ ކަންތައް ތަކުން ކުޑަކުދިންނަށް ކުރާނެ އަސަރަކާ ދޭތެރޭ ވިސްނާ ބަޔަކު ނެތެވެ. މިހާރު މި ކިޔާފައި ހުރި ކުއްޖަކު މިހުރިހާ ކަމަކީވެސް ދޮގެކޭ ބުނުން ވެސް ގާތެވެ. މިތަނުގައި މިހާރު މިއީ ހުއްދަ ކަމެއްހޭ ނުވަތަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީހު ނުވަތަ ސުވަރުގެ ވަޑައިގަތް ދުވަސް ތޯ މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ. އެއްޗެއް އޮޅުން ފިލުވައި ދިނުމުގެ ބަދަލުގައި އިތުރު އޮޅުންތަކެއް އަރައި އިތުރު ސުވާލު ތަކެއް އުފެދުނީއެވެ. މިހާރު މިފަދަ އާޓިކަލްތަކުގެ މަގުސަދު އޮޅިއްޖެއެވެ. މިއީ އެކަކު އަނެކަކަށް ހަޖޫކިޔުމަށް ހުޅުވާލެވިފައިވާ ކަމަކޭ ހީވަން ފަށައިފިއެވެ. ތިއްތަ
-
އާދިތްތަ، މާޗް 8 2009، 21:27
މިއަދާ ހަމައަށް އައިރު އިސްލާމްދީން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި، ރަސޫލުއްﷲގެ ފާނު ސުވަރުގެ ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް އަލީގެ ފާނާއި އައިޝަތުގެ ފާނާ ދެމެދު ހަނގުރާމަ ހިނގައިފި. ދެން މިހިސާބަށް އަންނަ އިރު ކަންވާނެ ގޮތް ވިސްނާލަން ރަގަޅު، މަދީނާ ފަދަ ތަންތަނައް ކިޔަވަން ފޮނުވީމާ ވާ ގޮތް މިރާއްޖެއިން މިފެންނަނީ އެއީ މައުމޫނު ކުރި ވަރަށް ބޮޑު ގޯހެއް. މިކަންތައް ވާނީ އަނެއް ދިވެހިރާއްޖޭގައި ހުއްޓަން.
-
އާދިތްތަ، މާޗް 8 2009، 21:29
ދެންހުރި ދުވަސްތައް މިސާލަކަށް ހިޔަރަކާތް ވިލޭރޭ، މިއުރާޖްގެ ރޭ، ޢާޝޫރާ ދުވަސް ފަދަ ދުވަސްތަކާ ރޭތަކާމެދު އޮތް ގޮތެއްވެސް މިކަހަލަ ފުރުސަތެއްގައި އޮޅުންފިލުވާ ދެއްވިނަމަ ވަރަށް ރަނގަޅު.
-
އާދިތްތަ، މާޗް 8 2009، 21:38
ބޯޞުމާލޫދާއި މިނޫންވެސް އެތަކެއް ބިދުޢައެއް ދިވެހިންގެ ތެރޭގައި އަޅަގަނެ އެކަމުން ސަލާމަތް ނުވެވިގެން މިއުޅޭޙާ ބިދުޢަތަކަކީވެސް ''ޤާހިރާގެ ހިރަފުހުން'' އާއެއްޗިހި ދޯ. ވަކިބަޔަކަށް ތިޔަހެން ހަޖޫ ނުޖަހާ . ދިވެހި މުޖުތަމަޢުގައި ދީނީ ތަޢުލީމު އުގަންނައިދިނުމުގެ މޭސްތިރިންނަކީ އަޒްހަރީން. އުނިކަންތައްތަކެއް ނެތްވާހަކައެއް ނޫން.
-
އާދިތްތަ، މާޗް 8 2009، 21:56
މަޢުޟޫއާ ގުޅޭ މާގިނަ ދީނީ މަޢުލޫމާތުތަކެއް އަޅުގަނޑަކަށް ނޭނގޭ. އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޖެނެޓިކް ހޯދުންތަކާއި ކެއްސުންބަލީގެ އަޞްލާއި ތަފާތު ބަލިތައް ޖެހޭ ޖަރާސީމުތަކާއި މިފަދަ މަޢުލޫމާތުތައް ޑޮކްޓަރުންނާއި ސައިންޓިސްޓުން ބުނުމުން އަހަރެމެން ޤަބޫލުކުރަނީ ކީއްވެގެންހޭ. ޖަދަލު ނުކުރަނީ ކީއްވެގެންހޭ؟ މީގެ ޖަވާބަކަށްވާނީ އެއީ އެދާއިރާތަކުން ކިޔަވައިގެން ތިބިމީހުންނޭ. އެހެންވީމާ ހަމައެއުޞޫލުން ދީން ކިޔަވައިވިދާޅުވެގެން ތިއްބެވި ބޭފުޅުން ދީނީ ވަކިކަމެއް ވަކިގޮތަކަށް ވިދާޅުވާނަމަ އެކަމަކާވެސް ޖަދަލުކޮށްގެން ނުވާނެ.
-
އާދިތްތަ، މާޗް 8 2009، 23:49
ރަގަޅު ލިޔުމެއް ما شاء الله. ލިޔުންތެރިޔާ އަށް މާތްﷲ ބަރަކާތްލައްވާށި.
-
އާދިތްތަ، މާޗް 8 2009، 23:51
މިފަދަ ލިޔުންތައް ގިނަގިނައިން ލިޔުއްވުން އެދެން. އަހަރެމެންނަށް އަހަރެމެންގެ ދީން އުނގަންނައި ދިނުމަށް ތިޔަކުރައްވާ މަސައްކަތްތަކަށް ޝުކުރުވެރިވަން.
-
އާދިތްތަ، މާޗް 8 2009، 23:54
ރަގަޅު ވާހަކައެއް. އަހަރެމެން ޖެހެނީ ރަސޫލުﷲ صلى الله عليه وسلم އެންގެވި ގޮތަށް. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުން ނުކުރައްވާ ކަންތައްތައް އަހަރެމެން ކުރަނީ ކީއްވެ؟ މިއީ ރަގަޅު ކަމެއް ނަމަ އަދި ރަސޫލުﷲ އަށް ލޯބިކުރުމުގެ ގޮތުން ކުރާ ކަމެއްނަމަ އެކަމުގައި އެންމެ ކުރީ ސަފުގައި އެބޭކަލުން ތިބީސް ކަން ކަށަވަރު.
-
އާދިތްތަ، މާޗް 8 2009، 23:54
ތީގެ ތެރެއިން އެއްވެސް ބޭފުޅަކަށް އެނގޭތަ އަހަރަކު އެއްފަހަރު އެއްދުވަހެއްގައި ތަކުރާރުވާ ގޮތަށް ފާހަގަކުރަން މާތް ނަބިއްޔާ ހުއްދަ ދެއްވާފައިވަނީ އަހަރަކު ދެދުވަސްކަން؟ އެއީ ފިތުރު އީދާއި އަޟްޙާ އީދު. އެހެންވީމާ އީދު މީލާދު ފާހަގަ ކުރާހިތުން ލޮލަށް ނިދި ނާންނަ ބޭފުޅުން ރަބީއުލް އައްވަލު މަހުގެ 5، 7، 9، 11، 12، 13 މި ދުވަސްތަކުގައި ފާހަގަ ކުރަންވީނޫންތޯ؟ ކޮންމެ އަހަރަކު މީގެން އެއް ދުވަހަކު ފާހަގަ ކުރާނީ. އޭރުން ތަކުރާރެއް ނުވާނެނޫންތޯ؟ މިދުވަސްތަކަކީ އީދު މީލާދާ މެދު އިޚްތިލާފް ވެފައިވާ ދުވަސް ތަކެއް. އެހެންވީމާ ކޮންމެވެސް އެއްދުވަހެއް އަޅައިގްނަނާނެނޫންތޯ؟؟؟؟ ޒ
-
ހޯމަ، މާޗް 9 2009، 00:01
މި ކޮމެންޓު ތަކުން މިފެންނަނީ ދީނަށް އުޅޭ މީހުން އެމީހުންގެ ކުރިމަތީގައި ބީރައްޓެހިވެފައިވާ މިންވަރު. އެމީހުންނަށް ދީނުގެ ޙުކުމްތަކަށް ފުރިހަމައަށް ތަބާވާން އުޅޭ މީހުންނަކީ ހައްދުފަހަނަޅާފައިވާ މީހުން. ހަމަކަށަވަރުން ބީރައްޓެހިންނަށް ބާއްޖަވެރިކަން ހުރި. މާތް ﷲ ނިމާލަށް ހެޔޮ ޖަޒާ ދެއްވާށި، އަދި ތިބާގެ ހެޔޮ އަމަލުތައް ޤަބޫލު ކުރައްވާށި. މަލާމަތް ކުރާ މީހާގެ މަލާމާތުން ހިތްވަރުލިބިގަނެ، ﷲގެ މަގުގައި އެކަލާނގެ ރުއްސެވުން އެދިގެން ކުރިއަށް ދިއުމަށް އެދެން.
-
ހޯމަ، މާޗް 9 2009، 00:02
ތިއްތައަށް... އާދެ މީހުން ދައްކާވާހަކަތަކަކަށް ނޫން ބަލަންވީ.ބަލަންވީ ދަލީލަށް. އެހެނީ މިދީނަކީ ދަލީލުގެ މައްޗަށް ބިނާވެފައިވާ ދީނެއް. ބަޔަކު މީހުން އެމީހުންނަށް މާމޮޅު ބުއްދިއެއް ލިބިފައިވާކަމަށް ދައުވާކުރިއަސް މިދީނަށް އެމީހުންނަށް އިރާދަކުރެއްވިއްޔާ އުނި އިތުރެއް ނުގެނެވޭނެ. އެހެނީ މިދީން ރައްކާތެރި ކުރައްވަވަނީ ޢާލަމްތަކުގެ ވެރި އިލާހް. އެއިލާހު ވަނީ މިދީން ފުރިހަމަ ކުރައްވަވާފައި. ފުރިފައިވާ ތައްޓަކަށް ކިތަންމެ ވަރަކަށް އެއްޗިހިތަކެއް އަޅަން މަސައްކަތް ކުރިޔަސް އެ ދާނީ ތަށީގެ ބޭރަށް. ދެން އޮތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އެންމެ ލޯބި ކުރެއްވެވި ޞަޙާބީން މިކަމަކީ ކުރަން ޖެހޭ، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބިކުރުމުގެ ތެރެއިން ހިމެނޭ ކަމެއް ނަމަ ކުރައްވަވާނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން. އަޅުގަނޑުމެން އެބޭކަލުންނަށް ވުރެ ބޮޑަށް އެކަލޭގެފާނަށް ލޯބި ކުރާކަމަށް ދަޢުވާ ކުރަނީތޯއެވެ؟؟؟ ނުވަތަ އެބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ލޯބި ނުކުރައްވަވަނީތޯއެވެ؟؟؟ سُبُحَانَكَ هَذَا بُهْتَانٌ عَظِيْمٌ. އެބޭކަލުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބި ކުރެއްވެވިވަރަށް އަޅުގަނޑުމެންނަށް، އެކަލޭގެފާނަށް ލޯބި ކުރެވޭނީ ކިހިނެތްތޯއެވެ؟؟؟ ޙުބައިބް ބިން ޢަދިއްޔު ރަޟިޔަﷲ ޢަންހުފަދަ ބޭކަލުންނަށް ބައްލަވާށެވެ. މުޝްރިކުން ޚުބައިބް ރަޟިޔަﷲ ޢަންހު ހައްޔަރުކޮށް އެކަލޭގެފާނަށް ތަފާތު ކުލަކުލައިގެ ޢަޒާބުތަށް ދިނުމަށްފަހު އެކަލޭގެފާނާއި ސުވާލު ކުރިއެވެ. " އޭ ޚުބައިބެވެ. ކަލޭގެ ބަދަލުގައި މުޙައްމަދު މިތާއޮތުމަށް އެދޭނަންހެއްޔެވެ؟" އެހިނދު ޚުބައިބް ރަޟިޔަﷲ ޢަންހު ދެއްވެވި ޖަވާބު އަޑުއައްސަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އަހަރެން، އަހަރެންގެ އަހުލުންގެ ގާތުގައި އަރާމުގައި ހުރެގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޠާހިރު ހަށިކޮޅަށް ކައްޓެއް ހެރެންވެސް އަހަރެން ނެއެދެމެވެ." އަދި އަބޫ ބަކުރު ރަޟިޔަﷲ ޢަންހު އަށް ބައްލަވާށެވެ. ހިޖުރައަށް ވަޑައިގެންނެވި މަގުމަތިން އެކަލޭގެފާނާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޘައުރުފަރުބަދައިގެ ހޮހޮޅައިގައި މަޑުކުރެއްވެވިއެވެ. އަބޫ ބަކުރު ރަޟިޔަﷲ ޢަންހު، އެ ހޮހޮޅައިގައިހުރި، ހަރުފަފަދަ އެއްޗެއްގެ އުޅެފާނެހެން ހީފުޅުވެލެއްވި ހުރިހާ ހޮރުތަކެއް ބަންދު ކުރެއްވެވިއެވެ. އެންމެ ފަހު ހޮރު ބަންދުކުރައްވަވާނޭ އެއްޗެއް ނެތުމުގެ ސަބަބަން އެކަލޭގެފާނު އެހޮރު ބަންދުކުރެއްވެވީ އެކަލޭގެފާނުގެ ފައިންޕުޅުންނެވެ. އަދި އެހޮރުން އެއްޗެއް އެކަލޭގެފާނުގެ ފައިންޕުޅަށް ކަށިހެރުމުންވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވސައްލަމަ ނިދިކުރައްވަވާފައި އޮންނެވީމާ އެކަލޭގެފާނަށް އުނދަގޫވެދާނެކަމަށް ހީފުޅުކުރައްވަވައި ކެތްކުރެއްވެވިއެވެ. އަދި އުހުދު ހަނގުރާމައިގެ ޙަދިޘާތަކަށް ބައްލަވާށެވެ. އެހަނގުރާމައިގައި އެބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، މުޝްރިކުންގެ ތީރުތަކުން ދިފާޢުކުރެއްވެވީ އެބޭކަލުންގެ ބުރަކަށި އައްޑަނައަކަށް ހައްދަވައިގެންނެވެ. މިފަދަ ބޭކަލުން ތަކެއް، މިއީ އެކަލޭގެފާނަށް ލޯބިކުރުމުގެ ތެރެއިން ހިމެނޭ ކަމެއް ނަމަ، ކުރައްވަވާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. ދެން މީގެ އިތުރުން އެބޭކަލުން ތަބާވެވަޑައިގެންނެވި ގޮތަށް މިދީނަށް ތަބާވުމުން މެނުވީ އަޅުގަނޑުމެންނަށް ހިދާޔަތު ނުލިބޭކަމުގައި ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 137ވަނަ އާޔަތުގައި ވަޙީ ކުރައްވަވާފައިވެއެވެ. وكل خير في اتباع من سلف********* وكل شر في ابتداع من خلف ދެން މ އެކަލޭގެފާނު އުފަންވެވަޑާއިގެންނެވި ތާރީޚަށް ބަލަމާ ހިނގާށެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހުކުރު ހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައެވެ. މިކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. އިމާމު އަބުލް ޙުސައިން މުސްލިމް ބިން ޙައްޖާޖް ބިން މުސްލިމް އަލް ޤުޝައިރިއްޔުއްނައިސާބޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްޞަޙީހް ނުވަތަ ޞަޙީހްމުސްލިމުގައި ރިވާ ކުރައްވަވާފައިވާ، އަބޫ ޤަތާދާ އަލްއަންޞާރީ ރަޟިޔަﷲ ޢަންހުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ހޯމަ ދުވަހާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި ސުވާލުކުރެވުނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ " އެއީ ތިމަންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުނު ދުވަހެވެ. ނުވަތަ ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވެވުނު ދުވަހެވެ." މި ޙަދީޘް އިމާމް އަބޫޙާތިމް މުޙައްމަދު ބިން ޙިއްބާން ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްސަޙީހްގައި، އަދި އިމާމް އަބޫ ޢަބްދިﷲ އަޙްމަދު ބިން ޙަންބަލް ރަޙިމަހުﷲ އެކަލޭގެފަނުގެ މުސްނަދުގައިވެސް ރިވާކުރައްވަވާފައިވެއެވެ. އަދި އެ ދެފޮތުގައި ވާރިދުވެފައިވާ ސަނަދު ދިރާސާ ކުރެއްވެވުމަށްފަހު މަޝްހޫރު މުޙައްޤިޤު އަލް އައްލާމާ ޝުޢައިބު އަރުނައޫޠު އެ ސަނަދުތައްވެސް ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިޙަދީޘުން އިސްތިދުލާލު ކުރައްވަވައި، އިމާމް ޢަބްދުﷲ ބިން މުޙައްމަދު ބިން އަބްދުލްވައްހާބު ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް މުޚްތަޞަރު ސިޔަރަތުއްރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމްގައި، އިމާމް އަބޫ މުޙައްމަދު ޢަބްދުލްމަލިކު ބިން ހިޝާމް ބިން އައްޔޫބު އަލް ހިމްޔަރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް އައްސީރާ އައްނަބަވިއްޔާ ނުވަތަ ސީރަތު އިބްނު ހިޝާމްގައި، އިމާމް ޢިމާދުއްދީން އަބުލްފިދާއު އިސްމާއީލް ބިން ކަޘީރު އަލްޤުރަޝީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް އަލްބިދާޔާ ވައްނިހާޔާއާއި އައްސީރާ އައްނަބަވިއްޔާގައި، އަލްއައްލާމާ މުޙައްމަދު ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ އެކަލޭގެފާނުގެ ސިޔަރަތު ފޮތް ޞަޙީހު ސީރާ އައްނަބަވިއްޔާގައި، އަލްއައްލާމާ ޞަފިޔުއްރަޙްމާން މުބާރަކްފޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް އައްރަހީޤުލް މަޚްތޫމުގައި، ޑޮކްޓަރ އަކްރަމް ޟިޔާއުލްޢަމްރީ ޙަފިޟަހުﷲގެ އައްސީރާ އައްނަބަވިއްޔާ އައްޞަޙީހާގައި، އަދި ޕޮރޮފެސަރު ޑޮކްޓަރ މަހްދީ ރިޒްޤުﷲ ޢަހްމަދު ޙަފިޟަހުﷲގެ އައްސީރާ އައްނަބަވިއްޔާ ފީ ޟައުއިލް މަޞާދިރިލް އަޞްލިއްޔާގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ހުކުރުހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައި ކަމަށް ލިޔުއްވަވާފައިވެއެވެ. އަދި އިމާމް އިބްނު ކަޘީރު ރަޙިމަހުﷲ އަލްބިދާޔާ ވައްނިހާޔާގައި ވިދާޅުވެފައިވެއެވެ. هذا ما لا خلاف فيه أنه صلى الله عليه وسلم ولد يوم الإثنين. " އެކަލޭގެފާނު އުފަންވެވަޑައިގަތީ ހޯމަދުވަހެއްގައި ކަމާމެދު އެއްވެސް ޚިލާފެއް (ޢިލްމުގެ އަހުލުވެރިންގެ މެދުގައި) ނުވެއެވެ. ދެން އެއަށްފަހު އެކަލޭގެފާނު އުފަންވެވަޑައިގެންނެވި އަހަރަށް ބަލާލާއިރު މިކަމުގައި ޞައްޙަ ޞަރީޙަ އެއްވެސް ނައްޞެއް އައިސްފައި ނެތެވެ. އެހެންކަމުން ޢިލްމުވެރިން ވަނީ މިކަމާމެދު އިޚްތިލާފުވެވަޑައިގެންފައެވެ. ބައެއް ޢިލްމުވެރިން އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގެ 10އަހަރުން ފަހުންނޭ ވިދާޅުވަމުންދާއިރު އަނެއްބައި ޢިލްމުވެރިން 23 އަހަރު ފަހުންކަމުގައި ވިދާޅުވަމުންދެއެވެ. އަދި 30އަހަރު ފަހުންކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވަމުންދާއިރު އަނެއްބައި ޢިލްމުވެރިން 5އަހަރު ކުރީން ކަމުގައިވެސް ވިދާޅުވަމުންދެއެވެ. ނަމަވެސް މިއީ މަދު ޢިލްމުވެރިންތަކެއްގެ ރައުޔު ތަކެކެވެ. ޖުމްހޫރު(ގިނަ) ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގެ ނަމުން ނަންދެވިފައިވާ އަހަރުގައި ކަމަށެވެ. އޭގެތެރޭގައި މަތީގައި ބަޔާން ކުރެވިފައިވާ ހުރިހާ ފޮތެއްގެ މުއައްލިފުން ހިމެނިވަޑައިގަންނަވައެވެ. އިމާމް އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް އަލްބިދާޔާ ވައްނިހާޔާގައި ނަގުލު ކުރައްވަވާފައިވާ އިބްރާހީމް ބިން އަލްމުންޒިރު ރަޙިމަހުﷲގެ ޤައުލެއްގައިވެއެވެ. و هو الذي لا يشك فيه أحد من علمائنا أنه عليه الصلاة والسلام ولد عام الفيل و بعث على رأس أربعين سنة من الفيل. "ރަސުލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ޢާމުލްފީލްގައިކަމާއި، އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވެވުނީ ޢާމުލްފީލްގެ ފަހުން 40ވަނަ އަހަރުގެ ކުރީކޮޅުގައިކަމާމެދު އަހަރެމެންގެ ޢިލްމުވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ޝައްކުނުކުރެތެވެ." އަދި އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގައިކަން އަންގައިދޭ ގަރީނާތައް ވަރަށް ވަރުގަދަކަމަށް އައްސީރަތުއްނަބަވިއްޔާ އައްޞަޙީހާގައި ޑޮކްޓަރ އަކްރަމް ޟިޔާއުލްޢަމްރީވެސް ވިދާޅުވެފައިވެއެވެ. ޢާމުލްފީލްއަކީ އަބުރަހަތުލްއަޝްރަމު ކަޢުބާ ތެޅުމަށްޓަކާ ދިޔައަހަރެވެ. އަދި އެކަލޭގެފާނު އުފަންވެވަޑައިގެންނެވި މަހާއި ދުވަހަށް ބަލާލާއިރުވެސް، އެއީ ކޮންދުވަހެއްކަން ކަނޑައެޅިގެން ބުނަން އެނގޭފަދަ ޞައްޙަ ޞަރީޙަ އެއްވެސް ނައްޞެއް އައިސްފައި ނުވެއެވެ. އެހެންކަމުން ޢިލްމުވެރިންވަނީ މިކަމުގައިވެސް ވަރަށް ބޮޑަށް އިޚްތިލާފުވެވަޑައިގެންފައެވެ. ޢިލްމުވެރިންގެ ރައުޔުތައް : 1) 2 ރަބީޢުލްއައްވަލް އިމާމް އަބޫމަޢްޝަރު އައްސިންދީ ރަޙިމަހުﷲ ގެ ރައުޔަކީ މިއެވެ. 2) 8 ރަބީޢުލްއައްވަލް އިމާމް ޢަބްދުﷲ ބިން މުޙައްމަދު ބިން އަބްދުލްވައްހާބު ރަޙިމަހުﷲ އާއި، އިމާމް އިބްނު ޙަޒަމް ރަޙީމަހުﷲ އާއި، އަލްޙާފިޟް އަލްއިމާމް މުހައްމަދު ބިން މޫސާ އަލްޚަވާރިޒްމީ ރަޙިމަހުﷲ އާއި، އަލްޙާފިޟް އަލްއިމާމް އަބުލްޚައްޠާބު އިބްނު ދަޙިއްޔާ ރަޙިމަހުﷲ ފަދަ ބޭކަލުންގެ ރައުޔަކީ މިއެވެ. ރަނގަޅުރައުޔަކީ މިއީ ކަމުގައި އަލްޙާފިޟް މުޙައްމަދު ބިން މޫސާ އަލްޚާވާރިޒްމީ ރަޙިމަހުﷲ އާއި އަލްޙާފިޟް އިބްނު ދަޙިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އަދި މިއީ ތާރީޚުގެ ޢިލްމުވެރިން ޞައްޙަ ކުރައްވަވާ ގޮތްކަމުގައި އަލްޙާފިޟް އިބްނު އަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 3) 9 ރަބީޢުލްއައްވަލް މިއީ އައްރަޙީޤުލްމަޚްތޫމުގެ މުއައްލިފު އަލްއައްލާމާ ޞަފިޔުއްރަޙްމާން މުބާރަކްފޫރީ ރަޙިމަހުﷲ ފަދަ ޢާލިމުންގެރައުޔެވެ. 4) 10 ރަބީޢުލްއައްވަލް މިއީ އިމާމް އަލްވާޤިދީ ރަޙިމަހުﷲ ފަދަ އިމާމުންގެރައުޔެވެ. 5) 12 ރަބީޢުލްއައްވަލް މިއީ އިމާމް މުޙައްމަދު ބިން އިސްޙާޤު ރަޙިމަހުﷲފަދަ އިމާމުންގެރައުޔެވެ. ދެން އޮތީ ކުދީން ތަރުބިއްޔަތުކުރުމުގެ ވާހަކައެވެ. އަޅުގަނޑުމެން ކުދީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަން ވިސްނާކަމުގައި ވަނީނަމަ ވިސްނަވާށެވެ. ހަމައެކަނި ރަބީޢުލްއައްވަލުމަހުގެ 12 ވަނަ ދުވަހު އެކުދީންނަށް އެކަލޭގެފާނުގެ ވާހަކަ ކިޔައިދިނަސް އެކުދީން ރަނގަޅުގޮތުގައި ތަރުބިއްޔަތެއް ނުވާނެއެވެ. އެހެންވީމާ އަހަރުގެ ހުރިހާ ދުވަސްތަކެއްގައި ވެސް އެކުދީންނަށް އެކަލޭގެފާނުގެ ވާހަކަ ކިޔައިދީ އެކަލޭގެފާނު ގެނެސް ދެއްވި ގޮތަށް ތަބާވުމަށް އެކުދީންނަށް ނަޞީޙަތްތެރި ވެލައްވަވާށެވެ. މިކަމުގައިވެސް އަޅުގަނޑުމެންގެ ސަލަފުންވަނީ ރިވެތި ނަމޫނާ އަޅުގަނޑުމެންނަށް ދައްކަވާފައެވެ. ބަދުރު ހަނގުރާމައަށް ބައްލަވާށެވެ. އެ ހަނގުރާމައިގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަދި މިއުންމަތުގެވެސް އެންމެ ބޮޑު ޢަދުއްވުކަމުގައިވާ އަބޫޖަހުލު ޤަތުލު ކޮށްލީ ކުޑަ ދެކުދީންނެވެ. އެދެ ކުދީން ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔައްﷲ ޢަންހުގެ އަރިހުގައި އަބޫ ޖަހުލު ކޮބާތޯ ސުވާލު ދެންނެވުމުން އެކަލޭގެފާނު ސުވާލު ކުރެއްވެވިއެވެ. އަބޫ ޖަހުލު ފެނިއްޖެއްޔާ ކޮއްކޮމެން ކުރާނީ ކީއްހެއްޔެވެ؟؟؟ އެހިނދު އެ ދެކުދިން ދިން ޖަވާބު ވިސްނަވާށެވެ. އެ ދެ ކުދީން ބުންޏެވެ. "އޭނާ ނުވަތަ އަހަރެމެންގެ ފުރާނައެވެ. އޭނާ އަކީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ފުރައްސާރަކޮށް އުނދަގޫ ކުރި މީހެއްކަމަށް އަޅުގަނޑުމެންނަށް އެނގިފައިވެއެވެ." މިފަދަ ޙާދިޘާތަކުން ޢިބްރަތް ހޯއްދަވާށެވެ. މިއީ ޞަޙާބީން އެބޭކަލުންގެ ކުދީންނަށް އެކަލޭގެފާނުގެ ވާހަކަތައް ބަޔާންކޮށްދެއްވަވާ މިންވަރެވެ. އެހެންވީމާ އަޅުގަނޑުމެން އެކުދީން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރަން ބޭނުންކަމުގައި ވާނަމަ އަހަރުގެ ހުރިހާ ދުވަސްތަކެއްގައި ވެސް އެކަލޭގެފާނުގެ ޒިކުރާ އާކުރައްވަވާށެވެ. އަބަދުމެ އެކުދީންނަށް އެވާހަކަތައް ބަޔާންކޮށް ދެއްވަވާށެވެ. ޘާބިތުނުވާ ދުވަސްތައް ޚާއްޞަ ނުކުއްރައްވަވާށެވެ. ދެން އޮތީ އެދުވަސް ފާހަނގަ ކުރަން ވަކާލަތުކުރާމީހުންނަށް ބުނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢާލައިހިވަސައްލަމައަށް ފުރައްސާރަކޮށް މީހުން ކާރޓޫންތައް ކުރެހި އިރު ތިބޭފުޅުންގެ ޤަލަންތަކާއި ދޫތައް ކޮބާހެއްޔެވެ؟؟؟ ތިބޭފުޅުން އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ތަބާވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟؟؟؟ އެކަލޭގެފާނުގެ ސުންނަތް ދޫކުރަމުން، އެކަލޭގެފާނުގެ ސުންނަތަށް ފުރައްސާރަކުރަމުންދާ ޙާލުވެސް، އެދުވަސް ފާހަނގަ ކުރަން ތިވަރަށް ތިއުޅެނީ އެއީ ދީނުގައި އައިސްފައި ނުވާ އެއްޗެއްކަމަށް ޢިލްމުގެ އަހުލުވެރިން ބުނަމުންދާތީހެއްޔެވެ!!!
-
ހޯމަ، މާޗް 9 2009، 00:37
ޢުމަރު ރަޟިޔަﷲ ޢަންހުގެ ޤައުލު نعمت البدعة هذه އިން އިސްތިދުލާލުކޮށް ޢީދުމީލާދުފާހަނގަކުރުން ހުއްދަކަމަށް ބުނާމީހުންނަށް ބުނަމެވެ. އެކަލެގެފާނު އެވިދާޅުވި ބަސްފުޅުން ބިދުޢައިގެ ޝަރުޢީ މާނަ ނަންގަވަނީ ކިހިނެތްތޯއެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެބޭކަލުންގެ ސުންނަތުގައިވެސް ހިފުމަށް އަމުރުކުރައްވަވާފައެވެ. އަދި ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޖަމާޢަތުގައި ތަރާވީސް ކުރައްވަވާފައެވެ. ނޭނގޭނަމަ ހޯދާ ބަލާށެވެ. އެހެނީ ތިމާއަށް ނޭނގުމަކީ ނެތްކަމުގެ ދަލީލެއްނޫނެވެ. އެހެނީ އުޞޫލުލް ފިޤްހުގެ ގާއިދާއެއްގައި އައިސްފައިވެއެވެ. من لم يحفظ ليس حجة على من حفظ. ދެން އަނެއްކާ ބައްލަވާށެވެ. އެހެނީ އެއީ ޒިޔާދަތުލް ޢިލްމެވެ. ދެން އިބްރާހީމް ތި ބުނަނީ ބިދުޢަ ދެބަޔަކަށް ބެހޭވާހަކައެވެ. އަޅުގަނޑު މިކިޔަނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަވަނީ ' ކޮންމެ ބިދުއަޢެއް ' މިހެންނެވެ. أما بعد فإن خير الحديث كتاب الله، وخير الهدي هدي محمد صلى الله عليه وسلم، وشر الأمور محدثاتها، وكل بدعة ضلالة. އެންމެހެޔޮ ބަހަކީ ﷲގެ ބަސްފުޅެވެ(ފޮތެވެ). އަދި އެންމެ ހެޔޮ ހިދާޔަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވސައްލަމަ ގެނެސްދެއްވެވި ގޮތެވެ. އެންމެ ނުބައި (ޢަމަލަކީ) އަލަށް ގެނެވޭ ކަންތަކެވެ. އަދި 'ކޮންމެ' ބިދުޢައަކީ މަގުފުރެދުމެކެވެ. އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވަވާފައިވެއެވެ.من أحدث في أمرنا هذا ما ليس منه فهو رد. އަހަރެމެންގެ މިކަމަށް(މިދީނަށް) އާކަމެއް ގެނެސްފިމީހާ ދަންނާށެވެ. އޭނާގެ އެޢަމަލު އޭނައަށް ރައްދުކުރެވިގެންވެއެވެ." އެހެންވީމާ މި ޙަދީޘްފުޅު ޚާއްޞަކުރާ މިހާ އިތުރު ދަލީލެއް ގެންނަން ޖެހޭނެއެވެ. އަޅުގަނޑުބުނަން އޮތީ أقول قال الله وقال رسوله *** فتجيب شيخي إنه قد قالَ މާނައީ އަހަރެން މިބުނަނީ ﷲ ވަޙީކުރެއްވެވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. އެކަމަކު ތިބޭފުޅާ ތިބުނަނީ އަހަރެންގެ ޝެއިޚު (އިބިލީސް) ބުންޏޭވެ.
-
ހޯމަ، މާޗް 9 2009، 00:46
ސަލާމުން ޢަލައިކުމް. މިލިޔުމާ ދެކޮޅަށް ޚިޔާލުހުށަ އެޅުއްވި ބޭފުޅުން.... އެއްވެސް މީހެއްގެ އުފަންދުވަސް ފާހަނގަ ކުރަން ތިމާ އަމިލައަށް ދެކިލައްވާ ދެކިލެްވުން އެއީ ގޯހެއް. ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައި ގަތީ ހޯމަ ދުވަހެއްގައެވެ.މިއީ ސުންނަތުން ސާބިތުވާ ވާހަކައެވެ. ވީމާ ކޮންމެ ހޯމަ ދުވަހެއް ފާހަނގަ ކުރަންވީނޫންތޯއެވެ.ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައި ގަތީ ކޮންތާރީޚެއްގަިކަން އެނގޭކަށް ނެތެވެ. މި ލިޔުމުގައިވާ ޢީދު މީލާދު ފާހަގަ ކުރުމާއި ބެހޭގޮތުން ސާފުކޮށްލަން ބޭނުން ފުޅުވާނަމަ 00966553462763 މި ނަމްބަރ އަށް ގުޅުައްވާ. =ސިއްދީގު.
-
ހޯމަ، މާޗް 9 2009، 01:36
ކީރިތި ރަސޫލާ صلى الله عليه وسلم ގެ އީދުމީލާދަކީ އިސްލާމްދީނުގައި ވާކަމެއްކަމުގައި އެއްވެސް މީހަކަށް ނުގެނެވޭނެ ކަމަށް؛ ޗެލެންޖް ކުރަން. ދީނަކީ ހަތްއުޑު މަތިން ބާވައިލެއްވި އަހަރެމެން އުޅެންވީ ޤާނޫނެވެ. ދީނަކީ އަހަރުމެންގެ ހިތަށް އަރާހާ އެއްޗެއް ނޫނެވެ. ފޯކައިދޫ މީހުން އުޅޭގޮތަށް އުޅެން ނޫޅޭށެވެ. އައިމަންބުރޯ
-
ހޯމަ، މާޗް 9 2009، 02:33
ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.ما تركت شيئاً يقربكم إلى الله إلا وقد أمرتكم به وما تركت شيئاً يباعدكم عن الله إلا وقد نهيتكم عنه.(وروى الطبراني بإسناد صحيح مرفوعاً ) މާނައީ...الله تعالى އަށް ކުއްތަންވާ އެއްވެސްކަމެއް ތިޔަބައިމީހުނަން އަމުރުނުކުރައްވާ ބަޔާންނުކުރްވާ ތިމަން ނަބިއްޔާ ދޫކޮށެއްނުލައްވަމެވެ.އަދި الله تعالىގެ މަގުން އެއްކިބާކުރުވަނި އެއްވެސްކަމެއް ނަހީނުކުރައްވާ ތިމަންނަބިއްޔާ ތިޔަބައިމީހުން ދޫކޮށެއްނުލަވަމެވެ. ....... عبد الله
-
ހޯމަ، މާޗް 9 2009، 12:17
އައްސަލާމް އަލައިކުމް،، ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމަށް ބޭނުންވާ ފަރާތް ތަކަށް ދަންނަވާލަން! ތިމާ އަކީ ﷲ އާއި އެކަލާންގެ ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ދެކެ ޙަޤީޤީ ލޯބިންތޯ ތިޔަކަމެއްކުރަން ތިޔަ އުޅެނީ؟ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. އެހެން ކަމުގައި ވާނަމަ އެކަލޭގެފާނު (ޞައްލައްﷲ ޢަލައިހި ވަސައްލަމް ) އަމުރުކުރެއްވި ކިތައްކަންތައް ކުރަމުތޯ؟ ނުވަތަ ނަހީކުރެއްވި ކިތައްކަންތަކަށް އަރަ ގަންނަމުތޯ ؟ ނުވީތާކަށް 5 ނަމާދު ބަރާބަރަށް ކުރަމުތޯ؟ ދެން ހަމަ މީހަކު ހެޔޮ ނަސޭހަތެއް ދޭއިރަށް " ޘަޤާފަތޭ، އިޖްތިމާއީ އޭ، ފޯށް ކޮށާ ވަޅިޔޭ ކިޔައިގެން ތިޔަ ހަޅޭލަނީ، ދީން އެއްކިބާ ކޮށްފަ ކޮށް ޘަޤާފަތެއް؟ ކޮން ޤައުމެއް؟ ކޮން އިޖްތިމާޢީ އެއް؟.. އަޚުންނޭ! ޙައްޤާ ބާޠިލު އޮތި ވަކިވެ ނިމިފަ، ޙަލާލާއި ޙާރާމްވެސް އޮތީ ވަކިކޮށްދެއްވާފަ. ދެން އަހަރުމެން ކިތެއްމެ ވަރަކަށް ޘަޤާފަތޭ، އިޖްތިމާޢީއޭ ކިޔާ ކިތެއްމެ ވަރަކަށް ހަޅޭ ލިޔަސް. އެކަމެއް ބަދަލެއްނުވާނެ، "ސޮރީ " ދެން ވެސް އޮތީ ހަމަ ﷲ އާ އެކަލާނގެ ރަސޫލާ (ޞައްލައްﷲ ޢަލައިހި ވަސައްލަމް ) އަށް ރުޖޫޢަވުން. ،،ﷲތަޢާލާ ކީރިތި ޤުރްއާން ގައި ވަޙީކުރައްވާފައިވެއެވެ: ( قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم) މާނައީ: "ކަލޭގޭފާނު ވިދާޅުވާށޭ! ތިޔަބައިމީހުން ﷲތަޢާލާ ދެކެ ލޯބިވާކަމުގައިވާނަމަ ތިމަން ނަބިއްޔާއަށް ތަބަޢަވާށެވެ. އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންނަވާ އަދި ތިޔަބައި މީހުންނަށް ފާފަ ފުއްސަވާދެއްވާނެއެވެ". ﷲ ތަޢާލާ އަހަރުމެން އެންމެނަށް ހެޔޮ ތަޥްފީޤު ދެއްވުން އެދި ދުޢާ ކުރަމެވެ،، އާމީން.. ( މަރްޖާން )
-
ހޯމަ، މާޗް 9 2009، 12:21
ލައްކަ ވާހަކަ ދެއްކިއްޖެއެވެ. ސުވާލެކެވެ؟ އިސްލާމްދީނަކީ ކޮބާ؟ އެއީ ހަމަ އެކަނި މާތްﷲއަށް އަޅުކަން ކުރުމުގެ މައްޗަށް ހުއްޓިފައިވާ ދީނެއްތަ؟ އެހެންކަމަށްވާނަމަ ދުނިޔަވީ ހަޔާތުގައި ދެން މިހިގާ ހުރިހާ ކަމަކީ ކޮން ދީނެއްގެ ދަށަށް ވަންނާނެ ކަންތައްތަކެއްތަ؟ ހުރިހާ ކަމެއް އަޅުކަމުގެ ދަށަށް ވަންނަ ނަމަ، އިސްލާމްދީނަށް މިޒަމާނުގައި އުޅުމަކީ ނުވާނެކަމެއް!ހަމަ އެހެންމެ ހުރިހާ ކަމެއް އިސްލާމްދީނުގެ ތަރަހައިގެ ތެރެއަށް ނުވެއްދޭކަމަށްވަންޏާ އިސްލާމްދީނަކީ ފުރިމަމަ ނިޒާމެއް ކަމަށް ނުދެންނެވޭނެ. އެހެންކަމުން، މުސްލިމުން ކުރާހާ ކަމަކީ އެއީ ދީނުގައި ހިމެނޭ ޢިބާދާތޭ މިކިޔާ ބައިގެ ތެރެއަށް ވަދެ ތާށިވާން ޖެހޭ ކަމެއްނޫނެވެ.ޤުރުއާނުގައިވެސް އޮވޭ އާޚިރާތުގެ ނަސީބާއި ދުނިޔޭގެ ނަސީބުގެ ވާހަކަ. އެދެކަންތަކުގެ މަތިންވެސް ހަދާން ނައްތާނުލާށޭ. މިލިޔުމާއި ގުޅޭ ގޮތުން ކޮންމެޓް ލިޔުއްވި ބޭފުޅުން ނަމާދާ ޢީދުމީލާދާއި އަޅުވާއިރު، ނަމާދަކީ އެއީ އޭގެ ޙުކުމްތައް ހަތްއުޑު މަތިން ބާވާގަތްފައިވާ ކަމެއް. ނަމަވެސް މިކަމަކީ ކަނޑައެޅިގެން އެކަން ކުރުމަކަށްވެސް އަދި ނުކުރުމަކަށްވެސް ޤަޠުޢީ ދަލީލެއް ލިބެން ނެތްކަމެއް. ކޮންމެޓް ލިޔުއްވާ ބޭފުޅުންގެ ތެރޭގައި ދީންކިޔަވއިގެން ތިއްބެވި ބޭފުޅުން ތިއްބަވާނެކަމަށް ހީވޭ. އެހެންކަމުން މިކަމާއި އަޅުވައިގެން ނަމާދު، ރޯދަ، ޒަކާތް، ޙައްޖު ފަދަ ޤަޠުޢީ ދަލީލުތަކުން އެގިބަޔާންވާ ކަންތައްތަކުގެ ވާހަކަ ދައްކާއިރު، އެކަންތައްތަކާއި މިކަމާއި އެއްހަމަ ނުކުރެވޭނެކަން ބުނެލަދިނުން ކީއްތޯއެވެ؟ ދީނުގެ ޢިލްމުވެރިންގެ ނަމުގައި މިހާރު މިތިއްބަވަނީ ރަސޫލާގެންނެވި މެސެޖް ރައްޔިތުންނަށް ފޯރުކޮށްދެއްވަން ތިއްބަވާ ޢިލްމުވެރިންތޯ ނުވަތަ އެވެރިންގެ އަމިއްލަ މެސެޖެއް ފޯރުކޮށްދޭ ހިތުން އުޅުއްވާ ބައެއްތޯ ސުވާލު އުފެދެއެވެ؟؟؟؟
-
ހޯމަ، މާޗް 9 2009، 15:48
އަހަރެމެން ޤައުމީދުވަހަކާއި އެވެނި ދުވަހަކާއި އެއްޗެހި އަހަރަކު އެއްފަހަރު ފާހަނގަކޮށްކޮށް ތިއްބާ އަޅުގަނޑުމެންގެ ތެރެއިން ޤައުމިއްޔަތާއި ދީނިއްޔަތު ގެއްލިގެން މިދަނީ. އަޅުގަނޑު ކޮންމެ ދުވަހަކުވެސް މާތްނަބިއްޔާ ހަނދާކޮށް ޞަލަވާތްކިޔަވަން. ތިލިއުން ލިއުނު ލިއުންތެރިއާ އެވަނީ ދަލީލާއެކު ކަން އޮތްގޮތް ބަޔާންކޮށްދީފައި ވީމާ އަހާ ކިޔަމަންވުން ނޫން ގޮތެއްނެތް. ތަންތާތިބޭ ޖާހިލުންނާއި މުނާފިގުން ދައްކާ ވާހަކަ އަހާކަށް ބޭނުމެއްނޫން
-
ހޯމަ، މާޗް 9 2009، 17:10
އަހަރުމެން ޢީދުމީލާދު ފާހަގަ ނުކުރުމަށް ވާހަކަ ދައްކަނީ އެއީ ޙައްޤުގޮތް ކަމަށްވާތީއެވެ. އެއްވެސް ހާލެއްގައި ބަހުޘަކަށް ހައްދަވައި މޮޅުވާން ވެގެންނޫނެވެ. ޤަބޫލުކުރުމާއި ނުކުރުން އޮތީ އެމީހެއްގެ އަތުގައެވެ. ހަމަކަށަވަރުން ބާތިލަކަށް ހައްޤުގެ މައްޗަށް ގަދަވެނުގަނެވޭނެއެވެ. ހައްޤުގޮތް އައުމަށްފަހު ބާތިލްގޮތް ވިދިވިދިގެން ދާނެއެވެ. ޝަމްޢޫނު ޢަލީ
-
އަންގާރަ، މާޗް 10 2009، 01:44
އެހެންދޯ! އަދި ކިރިއާނު މި އެނގުނީ. ތޭންކްސް ޝެއިޚް ނިމާލް. އަހަރެން ރަސޫލު ﷲ صلى الله عليه وسلم ދެކެ ވަރައް ލޯބިވޭ. އަދި އަބޫބަކުރާ ޢުމަރުގެފާނު ދެކެވެސް ވ.ލޯބިވޭ. ހުރިހާ ސަހާބީންވެސް. އެމީހުން ފާހަގަ ނުކުރާކަމަށް ވާނަމަ މަވެސް ނުކުރާނަން. ގިޔާމަތް ދުވަހު އެމީހުނާ އެކު ވުމަށް އެދި ދުޢާކުރަން. އާމީން. (ލައިޝާ)
-
އަންގާރަ، މާޗް 10 2009، 02:56
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި : [[لا تطروني كما أطرت النصارى ابن مريم فإنما أنا عبد، فقولوا: عبد الله ورسوله ]] ނަޞާރާއިން މަރްޔަމްގެފާނުގެ ދަރިކަލުން (ޢީސާގެފާނު) މާތްކުރާ ފަދައިން ތިޔަބައިމީހުން ތިމަން ނަބިއްޔާ މާތް ނުކުރާށެވެ. ފަހެ ތިމަން ނަބިއްޔާ ވާކަން ކަށަވަރީ، ﷲގެ އޅެއް ކަމުގައެވެ. ފަހެ ތިޔަބައިމީހުން ބުނާށެވެ. ﷲގެ އަޅާ އަދި އެއިލާހުގެ ރަސޫލާއެވެ. --------------- މިއީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެކެވެ. އަދިވެސް ނަޞާރާއިންނާ ވާދައަށް މި ދުވަސް ފާހަގަ ކުރާނީ ހެއްޔެވެ؟
-
އަންގާރަ، މާޗް 10 2009، 03:53
"މިހާރު މި ކިޔާފައި ހުރި ކުއްޖަކު މިހުރިހާ ކަމަކީވެސް ދޮގެކޭ" ދ ބުނި މީހާގެ ބަހަށް ވަރަށް ތާއީދުކުރެވޭ!!! އެޑިއުކޭޝަން މިނިސްޓްރީން އިސްލާމީ ތަޢުލީމަށް ސަމާލުކަން ވަޢުދުގެަނޑިވަޅުގައި ދެއްވިފަދައިން މިހާރުވެސް ދެއްވާ. އެހެންޔަ ކިޔަވާ ދޭންވީ އެއްޗަކާ ނުކިޔަވާދޭންވީ އެއްޗެއްވެސް ކަނޑައަޅަނީ އެމީހުން. ޤައުމަށް ތިޔަގެނެސްދެއްވަން ތިޔައުޅުއްވާ ފަހިކަމަށް އިސްލާމިކް މިނިސްޓްރީގަ ތިއްބެވި ބޭފުޅުންނަށް ޝުކުރު އަދާ ކޮށްކޮށް ހުރެ ބުނަން........... ހަށިން ކަށިން މަދުން ހިއްވަރުނެރެގެން ރައީސް އަށް ޕޮރެޝަރު ކުރާށޭ!!!!1 އެކަންކުރަންށޭ ތިތަނަށް އަރުވާފަ ތިޔަ ތިއްބެވީ....... ދެން އެކަމު އެއްފަރާތަކުން ވެސް ޤާހިރާގެ ހިރަފުހޭ ކިޔާފަ ހަޖޫނު ޖަހާތި. ޙަޤީޤަތުގެ އަޒުހަރު އެކޮށްދެނީ ވަރަށް މުހިންމު މަސައްކަތެއް. އެތަނެއްގަ ޔަވާ ދަރިވަރެއްގެ ހައިސިއްޔަތުން އަޒްހަރާ މެދު ފަޚުރުވެރިވަން ................އެހެންވެ. މަދީނާ އާ އަދި އަމުދުން ބެހިގެން ނުވާނެ. ސިޔާސީ މައިދާނުގަ އުޅޭ އެންމެންގެ މަސްއޫލިއްޔަތެއް އެއީ މިހާ މި ކޮމެންޓް ތަކުން ފެންނަން މިއޮތްންފެންވަރަށް އެމީހުންގެ ގައުމުގެ މައި ތަނބު ފީ ވެގެން ދާން ދޫކޮށް ލ ުން. ލިޔުންތެރިޔާއަށް ﷲ ހެޔޮ މިންވަރު ކުރައްވާށި އާމީން جزاك الله خير الجزاء....
-
އަންގާރަ، މާޗް 10 2009، 09:21
ބަލަ އަބޫލަހަބު އެދުވަހުގެ އުފަލުގައި އަޅަކު މިނިވަން ކުރުމުން އެކާފަރު ކަލޭގެ އަޒާބު ކޮންމެ ހޯމަދުވަހަކު ލުއިކުރައްވާ ވާހަކަ ސިޔަރަތުގައި އޮވޭ. އެހެންވީމާ މުސްލިމުން އެދުވަހުގެ އުފަލުގައި ކައްކާފަ ގާތްތިމާގެ މީހުންނަށް ކާންދީ ސަދަގާތް ކުރުމުން ހަމަ ސަވާބެއް ނުލިބޭނެދޯ. ދެން ކީއްވެ އަބޫލަހަބަށް ޖަޒާ ލުއިވަނީ؟ ހަމަ އެއާއިއެކު ރަސޫލާ އެދުވަހު ރޯދަފުޅު ހިއްޕަވާ އަދި ހަދީސްކުރެއްވި ތިމަންކަލޭގެފާނު ރޯދައަށް މިހުންނަވަނީ ތިމަންކަލޭގެ ފާނުގެ އީދު މީލާދު ދުވަސްކަމަށްވާތީ. ޖަވާބެއް ލިބޭނެކަމަށް ހީކުރަން.