
ދަތުރުވެރިޔާ 8
(ދަތުރުވެރިޔާ 7 އާއި ގުޅޭ)
އަހުމަދުގެ ވާހަކަކޮޅު އިވުމާއެކު ބޮޑުދައިތަގެ މޫނުމަތި މިލައިގެންދިޔައެވެ. އަދި ނޫންކަމަށް ހަދާލާފައި އަވަހަށް އަނެއްފަރާތް ބަލަންފެށިއެވެ.
އަނެއްދުވަހު ޝާހުއާއި ސިތާރާ އެމީހުންގެ ރައްޓެހިންނާއެކު ލާސްވިކާސް އަށް ދިއުމަށްޓަކައި ފުރައިފިއެވެ.
ޝާހިދު އޭނާގެ ފޫހިދުވަސްތައް ވޭތުކުރަމުންދެއެވެ. އޮފީހުގައި ކިތަންމެ ބުރަކޮށްއުޅުނުކަމުގައިވިޔަސް އޭނާ އުފަލެއްނުވެއެވެ.
އޭނާ ޓަނަލް މަތިން ކާރުދުއްވަމުންދިޔައެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަމުން ތުނބުން ރާގެއް ފުމެމުން ދިޔައެވެ. ‘’ މިހިތްވަނީ ދީވާނާވެފައެވެ. މިހިތް އަހަރެން ދީވާނާކޮށްފިއެވެ. މިހިތުގައިޖަހަނި އެންމެ ވިންދެކެވެ. އަހަރެން އޭނާ ދޫކޮށްލައިފީމެވެ. އޭނާ އުޅޭ ރަށްވެސް ދޫކޮށްލައިފީމެވެ. އެކަމަކުވެސް މިހިތުގައި ވިންދުޖަހަނީ ކީއްވެގެންހެއްޔެވެ؟ އާއެކެވެ. މިހިތުގައި ޖަހަނީ ހަމަ އެންމެ ވިންދެކެވެ. މީ އަޖައިބެއްކަހަލަ ހިތެކެވެ. އަހަރެން އޭނާގެ ހަނދާންތައްމިހިތުން ނެރެ އެއްލާލައިފީމެވެ. އެކަމަކުވެސް މިހިތުގައި އޭނާގެ ވިންދުޖަހަނި ކީއްވެހެއްޔެވެ؟
މިހިތްއޭނައަށްތަކައި އެދޭވަރު އަހަރެން ބަޔާންކޮށްދޭނީ ކިހިނެއްހެއްޔެވެ؟ “ ޝާހިދު މަގުތައްމަތީގައި އުޅޭ ކާޓޫނު ކެރެކްޓާސް ތަކާއި އެކު ލަވަކިޔަމުން ނަށަމުންދިޔައެވެ. އޭނާގެ ހިތުގައިވާ އުދާސްތައް ލަވައަކަށް ހަދައިގެން ނަމަވެސް ބޭރުކުރެވޭތޯ އޭނާ ބެއްޔެވެ. އެހެންނަމަވެސް ކޮންމެ ދިމާއަކަށް ބެލިނަމަވެސް އޭނާއަށް ފެންނަނީ ސިތާރާގެ ތަސްވީރެވެ. ޝާހިދު ހަދާނެ ގޮތެއް ނޭގިގެން ބޮލުގައި ތަޅައިގަތެވެ. އަދި އޭނާގެ ފަންއިސްތަށިގަނޑުގައި ބާރަށް ހިފެހެއްޓިއެވެ.
ރޭގަނޑުގެ ވަގުތެވެ. މުޅިދުވާލުހަތަރުދަމު ޝާހުމެން އެތައް މިތަން ބަލަން ދުއްވީއެވެ. ފައިވްސްޓާރ ހޮޓަލުގެ މާސިންގާ ކޮޓަރީގައި ހުރެގެން ޝާހު ލައިޓްތައް ގޮތްގޮތަށް ދިއްލާ ނިއްވަމުންދިޔައެވެ.
‘’ މިހިތްވަނީ ދީވާނާވެފައެވެ. މިހިތް އަހަރެން ދީވާނާކޮށްފިއެވެ. މިހިތުގައިޖަހަނި އެންމެ ވިންދެކެވެ. އަހަރެން އޭނާ ދޫކޮށްލައިފީމެވެ. އޭނާ އުޅޭ ރަށްވެސް ދޫކޮށްލައިފީމެވެ. އެކަމަކުވެސް މިހިތުގައި ވިންދުޖަހަނީ ކީއްވެގެންހެއްޔެވެ؟ އާއެކެވެ. މިހިތުގައި ޖަހަނީ ހަމަ އެންމެ ވިންދެކެވެ. މީ އަޖައިބެއްކަހަލަ ހިތެކެވެ. އަހަރެން އޭނާގެ ހަނދާންތައްމިހިތުން ނެރެ އެއްލާލައިފީމެވެ. އެކަމަކުވެސް މިހިތުގައި އޭނާގެ ވިންދުޖަހަނި ކީއްވެހެއްޔެވެ؟ މިހިތްއޭނައަށްތަކައި އެދޭވަރު އަހަރެން ބަޔާންކޮށްދޭނީ ކިހިނެއްހެއްޔެވެ؟ “ ޝާހިދު މަގުތައްމަތީގައި އުޅޭ ކާޓޫނު ކެރެކްޓާސް ތަކާއި އެކު ލަވަކިޔަމުން ނަށަމުންދިޔައެވެ. އޭނާގެ ހިތުގައިވާ އުދާސްތައް ލަވައަކަށް ހަދައިގެން ނަމަވެސް ބޭރުކުރެވޭތޯ އޭނާ ބެއްޔެވެ. އެހެންނަމަވެސް ކޮންމެ ދިމާއަކަށް ބެލިނަމަވެސް އޭނާއަށް ފެންނަނީ ސިތާރާގެ ތަސްވީރެވެ. ޝާހިދު ހަދާނެ ގޮތެއް ނޭގިގެން ބޮލުގައި ތަޅައިގަތެވެ. އަދި އޭނާގެ ފަންއިސްތަށިގަނޑުގައި ބާރަށް ހިފެހެއްޓިއެވެ.
ރޭގަނޑުގެ ވަގުތެވެ. މުޅިދުވާލުހަތަރުދަމު ޝާހުމެން އެތައް މިތަން ބަލަން ދުއްވީއެވެ. ފައިވްސްޓާރ ހޮޓަލުގެ މާސިންގާ ކޮޓަރީގައި ހުރެގެން ޝާހު ލައިޓްތައް ގޮތްގޮތަށް ދިއްލާ ނިއްވަމުންދިޔައެވެ.
“ ކީއްތަ ތިކުރަނީ؟ ކީއްކުރަން ލައިޓްތައް ގޮތްގޮތަށް ނިއްވަނީ.؟” ބޮކިއަލިތަކުގެ މި ދުނިޔޭގެ ކުލަތަކާ އަހަރެން މިކުޅެނީ. އަހަރެން މިއުޅެނީ މިހުވަފެނީ ޢާލަމްގައި ލޯބިވާށާ ލޯބިކުރަންދަސްކޮށްދޭން.” ޝާހު އަރިއަޅަމުން ކަހަލަ ގޮތަކަށް އައިސް ސިތާރާގެ ގައިގައި ލައްވެގަތެވެ. އަދި އޭނާ ގޮވައިގެން އެނދުމައްޗަށް ވެއްޓިގަތެވެ.
“ އަހަރެން ބޭނުމެއްނޫން ލޯބިދަސްކުރާކަށް. ޝާހުގެ ކޮޓަރިއަށް ޝާހުދޭ. އަދި އަހަރުމެންގެ ކައިވެނިވެސް ނުވޭ. ލޯބިދަސްކުރާނީ އޭގެފަހުން. “ ސިތާރާ ހެމުން ހެމުން ޝާހުގެ އަތްދަށުން ސަލާމަތްވެގެން ތެދުވިއެވެ. އޭރު އޭނާލައިގެންހުރި މަޑުމަޑުފޮތީގެ ހުދުލުލައިގެ ނައިޓީވެސް އޮތީ ކޮނޑުމަތިން ބޭލިފައެވެ. މިތަން ފެނުމުން ޝާހުގެ މަސްތުކަން އިތުރަށް ބޮޑުވިކަހަލައެވެ.
“ ނޫނޭ. މިއަދު ކަލެއަށް ޖެހޭނީ ލޯބިކުރަންދަސްކުރަން އެހެންނޫނީ ފިރިމީހާ ކަލޭދެކެ ރުޅިއައިސްދާނެ. “ ޝާހު ވާހަކަދައްކަމުން ސިތާރާގެ އުނގުގައި ބޯއަޅާލިއެވެ. ސިތާރާ ޝާހުގެ ބޯނަގާދުރަށްލިއެވެ.
“ މިބުނީނު. މީ އަދި ޝާހުގެ އަންބެއްނޫނޭ. އަދި ޝާހުގެ އަންބަކަށްވާން ކުޑަދުވަސްކޮޅެއްއެބައޮތް. އެހެންވީމަ މިބުނަނީ ޝާހުގެ ކޮޓަރިއަށް ޝާހުދާށޭ!!”
“ އެހެންތަ. ހަމަ މިހާރު އަހަރެން މި ކައިވެނިކުރަނީ. އަހަރެން ޝާހުއަހުމަދު މިބުނަނީ މިއަދުގެ ފަހުން ފަރުޚާންގެ ސިތާރާއަކީ އަހަރެންގެ ގާނޫނީ އަނބިމީހާއޭ. ވީމާ މިހާރު އެއްވެސް ގޯސްކަމެއްނެތެއްނު. “ ޝާހު، ސިތާރާގެ އަނގަމަތީގައި ބާރަށް ހިފަހައްޓާ ކައިރިއަށް ދަމާލިއެވެ. އަދި ކިސްކޮށްލުމަށްޓަކައި އުޅުނެވެ. އޭނާގެ މިޙަރަކާތުން ސިތާރާއަށް ވަރަށް ތަދުވިއެވެ. އަދި ލޮލުން ފެންއައެވެ.
“ ޕްލީޒް. ހާދަ ތަދުވެއޭ. ދެންހެޔޮ. ދޭ މިތަނުން. ދޭ ކޮޓަރިއަށް. “ ސިތާރާ ނުރުހުމާއެކު ބުންޏެވެ.
“ ސިތާރާ! އަހަރެންގެ ހުރިހާ އެމެރިކާ ރަހުމަތްތެރިވެސްވީ އެމީހުންގެ ލޯބިވެރިންނާއެކު ކޮޓަރި ތަކުގައި ދިރިއުޅުމުގެ އުފާހޯދުމަށްޓަކައި ވަދެ. ވީއިރު އަހަރެން ފޮނުވާލަން ތިއުޅެނީކީއްވެ. އަޅެ ގަބޫލުވެބަލަ. “
“ ޝާހޫ! އެމީހުންނަކީ ބޭރުމީހުން. ކާފަރުން. އަހަރުމެންނަކީ މުސްލިމުން. ރާއްޖޭގެ މީހުން. އެމީހުންނާ، އަހަރުމެން ވަރަށް ތަފާތުވާނެ. ކީއްވެތަ ނުވިސްނިގެން ތިއުޅެނީ؟ އަހަރުމެންގެ ސަގާފަތުގައިވެސް ތިގޮތަށް އަންހެންކުދިންނާ ފިރިހެންކުދިން ކައިވެނީގެ ކުރިން އެކަހެރިވެގެން ބައްދަލުވެ އުޅުން ހުއްދައެއްނުކުރޭ. “
“ ދިވަވަރަކަށް ދުވަސްތެރޭގައި އަހަރުމެންގެވެސް ކައިވެނި ކުރެވެނީއެއްނޫންތަ؟ ދެން ކޮބައިތަ މިކަމުގައި ނުބައެއް. “
“ އެހެންވިއްޔާ މަޑުކޮށްލަބަލަ. ކައިވެނީގެ ރަޖިސްޓްރީކުރެވެންދެން މަޑުކޮށްލަބަލަ. އަހަރެން މިއީ ޝާހުގެ އަންބަކަށް ވަންދެން ކެތްކޮށްލަބަލަ. އޭރުން އަހަރެން ދެކޮޅެއްނަހަދާނަމޭ.”
“ ސިތާރާ!!! ކައިވެނި! ކައިވެނި! ކައިވެނި! އެނޫން އެއްޗެއް ނޭގެނީތަ؟ ޝާހު ހަޅޭއްލަވައިގަތެވެ. އަދި އައިގޮތަށް އައިސް ސިތާރާގެ ދޮންދޮން އުނަގަނޑުގައި ހިފަހައްޓާ ކައިރިއަށް ދަމައިގަތެވެ. އެއާއެކު ސިތާރާވެސް ހަޅޭއްލަވައިގަތެވެ. އަދި ދުރަށް ދިއުމަށް އިންޒާރުދިނެވެ. އެވަގުތު ޝާހު ހީވީ ހުޅުރޯވެއްޖެހެންނެވެ. ވެފައިހުރި މަސްތުކަން ފިލާ ހިނގައްޖެއެވެ. އޭނާ ބޭނުންގޮތް ނުވުމުން އިންތިހާއަށް ރުޅިއަތުވެއްޖެއެވެ.
“ ކަލޭމެން ދިވެހިންނަކީ ވަރަށް ގޮތްކުޑަ ބައެއް. ނުލަފާބައެއް. މަކަރުވެރިބައެއް. ސެކްސްގެ ނަން އިވިއްޖިއްޔާ ވަރަށް ކަންބޮޑުވާނެ. ނޫންކަމަށް ހެދޭނެ. އަންހެނުންނަށް ވަކި ސޮސައިޓީއެއް. ފިރިހެނުންނަށް ވަކި ސޮސައިޓީއެއް. އަންހެނުންނާ ފިރިހެނުންގެންގުޅޭނީ ޖަނަވާރުތަކެއްހެން ބަނދެގެން. ހުނ. އެކަމަކު ދަރިން ވިހާނެ ވޯލްޑް ރިކޯޑް ގާއިމް ކުރާވަރަށް. ކަލޭގެ މައިންބަފައިންނާ ގޭ އެންމެންނަކީވެސް ނުކިޔަވާ ޖާހިލް ގޮތްކުޑަބައެއް. ތަންދޮރު ނުދަންނަ ގަމާރުބައެއް. އަދިވެސް އަޑުއަހަން ބޭނުންތަ؟ ކަލޭމެންގެ ދިވެހިރާއްޖެއަކީވެސް މުދުދާރު ގޮތްކުޑަ ތަނެއް. އެއީ ހަމަ ފައްކާ “ ޝިޓް “ އެއް. އެނގިއްޖެތަ. ބްލެޑީ މޯލްޑިވިއަންސް. “ ޝާހު ހިތަށްއެރިހާ އެއްޗެއް ގޮވަމުންދިޔައިރު ސިތާރާ އަށް ހީވަމުންދިޔައީ އޭނާގެ ކަންފަތަށް ތިމަރަ ވިރުވާފާއި އަޅަމުން ދިޔަހެންނެވެ. އެހެންނަމަވެސް އޭނާ ކެތްކުރެވޭތޯ ބެލިއެވެ. ނަމަވެސް އޭނާގެ މައިންބަފައިންނާ ބެހެންފެށުމުން ކެތެއްނުކުރެވުނެވެ. އައިގޮތަށް އައިސް ޝާހުގެ ކަންކަށިމަތީގައި ބާރުއެތިފަހަރެއް އެޅިއެވެ. ސިތާރާގެ މިބާރު އެތިފަހަރުން ޝާހު އަނބުރައިނުގަތީ ކިރިޔާއެވެ. އާދައިގެ އަންހެންކުއްޖަކަށް މިކަހަލަ ހިތްވަރެއް ކޮށްލަންކެރުނީތީ އޭނާ ހައިރާންވިއެވެ. އަދި އިންތިހާއަށް ރުޅިއައިސް ދަތްކުނޑި ވިކާލެވުނެވެ.
“ ކަލޭ އަހަރެންގެ މައިންބަފައިންނާ ގައުމާވެސް ބެހުނީތަ؟ އެހެންވިއްޔާ އަޑުއަހާ! މިއަދުގެ ފަހުން އަހަރެން ކަލެޔާ ކަލޭގެ އެމެރިކާއަށްވެސް އަލްވަދާއުކިޔަން. ކަލޭދީފަ މިއޮތް ކެހިވެރިކަމުގެ އަނގޮޓިވެސް އެއްލައިލަން. ކަލެޔާ ކަލޭގެ އެމެރިކާއަކީ އަހަރުމެންގެ ފައިދަށުގެ ހިރަފުހަށްވުރެވެސް ދެރައެއްޗެއް. ކަލޭހީކުރީތަ އެހެންކަމަށް.” ސިތާރާ އަތުގައި އޮތް އަނގޮޓިނަގާ އަތުގެ ކޮޅަށް ހޫރުވާލިއެވެ. މިތަންފެނުމުން ޝާހު އައިގޮތަށް އައިސް ސިތާރާގެ ކަންފަތްމަތީގައި “ ޔޫ ބްލެޑީ ބިޗް “ އޭ ބުނުމާއެކު ޖަހައިފިއެވެ. ޝާހު ޖެހުމާއެކު ސިތާރާ އެއަށްވުރެ ރުޅިއަތުވެއްޖެއެވެ. ދިޔަގޮތަށްގޮސް ޝާހުގެ ގަޔަށް ބޮލަށް އަރައިގެންފިއެވެ. ތަޅައިފޮޅައިގަންފިއެވެ. އެހެންނަމަވެސް ޝާހު އޭނާ ދޫލަ މައްޗަށް ވައްޓާލުމާއެކު ގައިމައްޗަށްއަރާ ދެއަތުގައި ހިފަހައްޓައިފިއެވެ. އަދި ހެދުންގަނޑު ފަޅާލުމާއެކު އޭނާގެ އިއްފަތްތެރިކަން ފޭރިގަތުމަށް މަސައްކަތްކުރަން ފަށައިފިއެވެ. އެހެންނަމަވެސް ސިތާރާ ރޮއި ހަޅޭއްލަވަމުންދިޔައެވެ. ނަމަވެސް ޝާހު އެއަޑެއް ނާހައެވެ. ރުހުމުގައި ނުލިބުނު އެތި ގަދަކަމުންވެސް އަތުލަން އޭނާ ބޭނުމެވެ. ޝާހު ކިތަންމެ ވަރަކަށް އޭނާޔާ ބެހެން އުޅުނުކަމުގައިވިޔަސް ސިތާރާ ހިތްވަރުދެރައެއްނުކުރެއެވެ. އެހެންނަމަވެސް އޭނާގެ ނޭވާ އުފުރެމުންދާ ކަހަލައެވެ.
ކުއްލިއަކަށް ކައިރީގައިހުރި ކުޑަ މޭޒުމަތީގައިހުރި ފުޅިތަކުން ފުޅިއެއްނަގާ ޝާހުގެ ބޮލުގައި ޖަހައިފިއެވެ. އަދި މޭޒުމަތީގައި އާފަލުތަކަށް ޖަހާފައިހުރި ވަޅިތަކުން ވަޅިއެއްވެސް ނަގައިފިއެވެ. ނަމަވެސް އޭނާ ވަޅިހެރުމުގެ ކުރިން ފޯނުގެ ރިންގްވާން ފަށައިފިއެވެ. އޭރު ޝާހުވެސް އޮތީ ބޮލަށް ލިބުނު ތަދާއެކު އަނބުރައިގަންނަގޮތްވެފައެވެ. ފުރުސަތުގެ ބޭނުން ހިފާ ސިތާރާ ސަލާމަތްވެގެން ތެދުވިއެވެ. އަދި ގައިގައި ހުރި ބާރެއްލާފައި ބޭރަށް ދާން ދުއްވައިގަތެވެ. ހެދުނުގެ ފުރަތަމަ ދޯދިއައިސް ޖެހުނުއިރުވެސް ސިތާރާ މަގުތައްމަތީގައި ދުވަމުން އެތަންމިތާގައި ތެޅެމުންދިޔައެވެ. އެވަގުތު ދުރުގައި ހުއްޓާފައި އޮތް ޓްރަކެއް އޭނާއަށް ފެނިއްޖެއެވެ. ސިތާރާ ދުވެފައި އައިސް ޓްރަކްގެ ޑްރައިވަރުކުރެން އޭނާ ގެންގޮސްދިނުމަށްއެހިއެވެ. މުސްކުޅި ޑްރައިވަރުވެސް އޭނާއަށް ޖެހިފައިހުރި ހާލުފެނުމުން އާއެކޭބުނެ އެއަށް އަރުވައިފިއެވެ.
ހެދުނުގެ ފުރަތަމަ ދޯދި އައިސްޖެހުނީ ސޭޓް އަހުމަދުގެ ގޭގައި ތޫފާނެއް ގެނުވަމުންނެވެ. ސިޓިންރޫމަށް އެންމެންވަނީ ޖަމާވެފައެވެ. ސޭޓް އަހުމަދު ހުރީ ރުޅިއައިސްގެން ހަލާކުވާވަރުވެފައެވެ. ޝާހު މަޑުފުށްކޮޅެއްފަދައިން އޭނާގެ ކުރިމަތިގައި ހުއްޓެވެ.
“ އަހަރެން މިއަހަނީ ސިތާރާ ކޮބައިހޭ. ކީއްވެތަ ސިތާރާ ދިޔަތަނެއް ކަލެޔަށް ނޭގޭންވީ.”؟
“ އަޅުގަނޑަކަށްނޭގެ. އަޅުގަނޑު ތެދުވިއިރު އޭނަ ކޮޓަރިއަކުނެތް. ނޭގެ ދިޔަތަނެއްވެސް ނުވެސް ބުނޭ އަޅުގަނޑު ކައިރިއަކު.” ޝާހު ވާހަކަދައްކާއިރު ހީވަނީ އޭނައަށްވުރެ މައުސޫމު ނިޔަނެތި މީހަކުނެތްހެންނެވެ.
“ އަހަންނަކަށް ގަބޫލެއްނުކުރެވޭ މިކަމެއް. އަޖައިބެއްމީ.” ސޭޓް އަހުމަދު އަތްހޫރުވާލަމުން ބުންޏެވެ. ޝާހު ދައްކާ ވާހަކަ އޭނާއަށް ގަބޫލުނުކުރެވޭކަހަލައެވެ. އެހެންނަމަވެސް އޭނާ އެކަމާބެހޭގޮތުން ވަކިއެއްޗެއްނުބުނެއެވެ.
“ ސޭންޑީ! ޕޮލިސްކޮމިޝަނަރ އަށް ފޯނުކުރޭ. އަދި އަދި ބުނޭ އަހަރެން އޭނައާ ބައްދަލުކުރަން އެޕޮއިންޓްމެންޓަކަށް އެބައެދެޔޭ. މިހާރު މިދަނީޔޭ. “
“ ކަލޭމެން އަހަރެންގެ ސިތާރާ ހޯދައިނުދީފިއްޔާ ފަރުހާންގެ މުޅިހަޔާތް ބަރުބާދުވާނެ. ކަލޭމެން ކޮންމެ ގޮތަކުންވެސް އަހަރެންގެ ދަރިފުޅު ހޯފދައިދޭންޖެހޭނެ. “ ސިތާރާގެ ބޮޑުދައިތަ ރޮމުން ރޮމުން ގޮސް ހަލާކުވެއްޖެއެވެ. ސޭޓް އަހުމަދު އެއްޗެކޭނުބުނެ ބޭރަށް ދާންހިނގައިގަތެވެ.
ހެދުނުގެ ވަގުތެވެ. މަޓޭ ޝާހިދަށް ގުޅާފައި ހުރިހާވާހަކައެއް ކިޔައިދިނެވެ. އެވަގުތު ޝާހިދު އޭނާގެ ރަޙުމަތްތެރި މީހުންނަށް ގުޅަމުންދިޔައެވެ. ސިތާރާގެ އެއްވެސް ޚަބަރެއްވޭތޯއެވެ. އިއްތިފާގުން އޭނާ މިވަގުތު ހުރީ ލާސްވިކާސް ގައެވެ. އޭނާވެސް ޗުއްޓީހޭދަކޮށްލަން ދެދުވަހަކަށް އައީއެވެ. ޝާހިދު އެތަންމިތަނަށް ގުޅަމުންދަނިކޮށް އިންޑިޔާ އަންހެންކުއްޖަކު އެއާޕޯޓަށް ގެންދިޔަ ވާހަކަ ޓްރެކް ޑްރައިވަރެއް ބުންޏޭ ބުނެފިއެވެ. އެއާއެކު ޝާހިދު ހުރިހާ ކަމެއް ބަހައްޓާފައި އެއާޕޯޓާ ދިމާއަށް މިސްރާބުޖަހައިފިއެވެ. މިއަދު އޭނާ ބޭނުންވަނީ ވައިގެ ތެރޭގައި އުދުހިފައި ދާށެވެ. އެހާވެސް އަވަހަށް ދާންއޭނާ ބޭނުމެވެ. އެހެންނަމަވެސް ދެވޭނީވެސް ވަކިވަރަކަށްނޫންހެއްޔެވެ. އޭނާ ވައިކަފާފައި ކާރުދުއްވަމުންދިޔައެވެ.
އެއަރޕޯޓަށް ވަދެވުމާއެކު ޓާމިނަލް ތެރެއަށް ޝާހިދު ދުއްވައިގަތެވެ. އަދި ވަށައިގެންތިބި މީހުންނާ ދިމާއަށް ބަލަމުންދިޔައެވެ. އެވަގުތު ދުރުގައި އިށީދެގެންއިން ސިތާރާ އޭނާއަށް ފެނިއްޖެއެވެ. ޝާހިދު މަޑުމަޑުން ގޮސް ސިތާރާގެ ކުރިމަތީގައި ހުއްޓުނެވެ. ސިތާރާއަށް މީހަކު އޭނާގެ ކުރިމަތީގައި ހުއްޓުނުތަން ފެނުމުން އިސްއުފުލާލާފައި ބަލައިލިއެވެ. ޝާހިދު ފެނުމާއެކު ސިތާރާ ކުއްލިއަކަށް ތެދުވެއްޖެއެވެ. އަދި ޝާހިދުގެ ގައިގައި އޮޅުލައިގަތުމާއެކު ބާރަށް ރޯން ފަށައިފިއެވެ. އޭނާ ޝާހިދުގެ ގައިގައި ތަތްކޮށްލާފައިވާގޮތުން ހީވަނީ އައްޓަމަހެއްހެންނެވެ. ޝާހިދު އެތައްވަރަކަށް އެހުމުންވެސް ދުރަކަށްނުޖެހުނެވެ. ރޮއިރޮއިހުރީއެވެ. ސިތާރާގެ ލޮލުންފައިބަމުންދާ ކަރުނަތައްފެނުމުން ޝާހިދު ވަރަށް ދެރަވިއެވެ. އަސަރުކުރިއެވެ. އެންމެފަހުން އޭނާ ސިތާރާގެންގޮސް ގޮނޑީގައި ބޭންދިއެވެ. އަދި ކައިރީގައި އިށީނެވެ.
“ ބުނެބަލަ ކިހިނެއްތަވީ. ބުނީމައެއްނުއެނގޭނީ. ތިގޮތަށް ގެދޫކޮށްލާފައި ފިލައިގެން އަންނާކަށް ނުވާނެނު. ވަރަށް ދެރަކަމެއްތިކުރީ. ތިހެން ހެދުމުން އެމީހުން ހީކުރާނީ ކީކޭ؟ “ ޝާހިދު ސިތާރާއަށް ވިސްނައިދެވޭތޯ ބެއްޔެވެ. އެހެންނަމަވެސް އޭނާ ވިސްނައިދޭން އުޅޭވަރަށް ސިތާރާގެ ރުއިންދަނީ ގަދަވަމުންނެވެ. އެއްގޮތަކަށްވެސް ހުއްޓައެއް ނުލެވުނެވެ. އަދި ހެދުމުގެ ކޮނޑުމަތިން ވިދާލާފައި އޮތްތަން ދޯޕައްޓާ ނަގާފައި ދެއްކިއެވެ. މިތަންފެނުމުން ޝާހިދު ވަރަށް ޙައިރާންވިއެވެ. ރުޅިވެސް އައެވެ.
“ ކާކު ތިހެންހެދީ؟ ބުނެބަލަ ކާކުތިހެންހެދީ؟ “
“ ޝާހު. އޭނާ އަހަރެންގެ ގަޔަށް އަރަންއުޅުނީ.” ސިތާރާ ގިސްލުމުގެ ތެރެއިން ބުނެލިއެވެ. އަދި އަނެއްކާވެސް ޝާހިދުގެ މޭގައި ލައްވެލިއެވެ. ޝާހިދު ވަރަށްވިސްނިއެވެ.
“ ހިނގާ ގެއަށްދާން. ގެއަށްގޮސް ތިކަން ހައްލުކުރާނީ.”
“ މަށެއްނުދާނަން. “
“ ތިހެންނުހަދާ. ހިނގާ! ގެއަށްދާންހިނގާ! “
މިބުނީނު މަށެއްނުދާނަމޭ. މަށެއް އެގެއަކަށް ނުދާނަން. މަށެއް މިތާކުވެސް ހުންނާކަށް ބޭނުމެއްނޫން. ކަލޭވެސްދޭ. އަހަރެން މަރުވެދާނަން. އެކަމަކު އެގެއަކަށް ނުދާނަން. “ ސިތާރާ އަނެއްކާވެސް ބާރަށް ރޯންފެށިއެވެ.
“ ސިތާރާ! އަހަރެން ކަލޭ ރާއްޖެ ފޮނުވައިދީފާނަން. އެކަމަކު މީ ބޭރުގައުމެއް. އެންމެ ފަހަރަކު ޑެޑީއާ ބައްދަލުކޮށްލަން ހިނގާ! އޭގެފަހުން އަހަރުމެންގޮތެއް ނިންމާނީ!”
“ މިބުނީނު ނުދާނަމޭ. ޝާހިދު ދާންބޭނުމިއްޔާދޭ! އަހަންނެއް އެގެއަކަށް ނުދާނަން! ކަލެޔަށް އަހަންނާއެކު ނުދެވެންޏާ އަހަރެން އެކަނި ހިނގައިދާނަން. އަހަންނަކަށް ކަލޭގެވެސް އެހީއެއްބޭނުމެއްނޫން.” ސިތާރާ އެންމެފަހުބަސް އިއްވާފައި ޝާހިދު ގޮވަގޮވާ އޮއްވާ ދުއްވައިގެންފިއެވެ. އޭނާއަށް ދުވެފައި ދެވުނީ ކުޑަތަންކޮޅަކަށެވެ. ކުރިމަތިން އައި އެމެރިކާދެމީހުން އޭނާގެ ކުރި ބައްދައިފިއެވެ. އަދި ނުލަފާ ހިނިގަނޑެއް ޖަހާލައިފިއެވެ. “ އޯހް ޝީޒް ގުޑް “ އެދެމީހުން އޭނާއާ ދިމާއަށް އަންނަން ފެށުމުން ސިތާރާ އަނެއްކާވެސް އައިކޮޅަށް ދުއްވައިގަތެވެ. އަދި ދިޔަގޮތަށް ގޮސް ޝާހިދުގެ އަތުތެރެއަށް ވަދެއްޖެއެވެ.
“ ކޮބާ މަބުނީމެއްނު މީ އެމެރިކާއޭ. ދެންވެސް ހިނގާބަލަ ދެވޭތޯ ؟ ޝާހިދު ސިތާރާގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ.
ޝާހު ގޭގެ ސިޓިންރޫމުގައި ފޯނު ހިފަހައްޓައިގެން މީހަކާ ވާހަކަދައްކަން ހުއްޓެވެ. ފޯނުބޭއްވުމާއެކު ބުންޏެވެ.
“ ޝާހިދު ސިތާރާ ގޮވައިގެން ރާއްޖެއަށް ހިނގައްޖެ. އޭނަ ފުރައިފި. “
“ ދޮގެއްތީ. އަހަރެން ގަބޫލެއްނުކުރާނަން. “ ސޭޓް އަހުމނަދު އެވާހަކަ ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ.
“ ނޫން ޑެޑީ. އަހަރެންމިބުނީ ތެދެއް. ދާދި ދެންމެއަކު އަހަރެންގެ އެމެރިކާ ފްރެންޑަކު ގުޅާފައި އެބުނީ ޝާހިދާ ސިތާރާއާ ދެމީހުން ބޯޓަށް އަރަނިކޮށް ދުށީމޭ.”
“ ދޮގެއްތީ. ދޮގެއްތީ. ތިހެންވެގެނެއްނުވާނެ.! “ ސޭޓް އަހުމަދު ރުޅިއައިސްގެން އަތުގައި އޮތް ބެޓުން ކުރިމަތީގައި ހުރި މަސްޓޭންކުގައި ޖަހާ ތަޅައިގަތެވެ. އެޔާއެކު މަސްޓޭންކް ތަޅައިގެންގޮސް މުޅިތަނަށް ފެންތަކާއި މަސްތައް އަދި ބިއްލޫރިތައް ބުރަބުރައިގެން ހިނގައްޖެއެވެ.
“ ތެދަކީ މީ ބޭބޭ. ޝާހިދު ސިތާރާ އަށް އޮޅުވާލައިގެން އޭނާ ރާއްޖެގެންދިޔައީ. އެއީ އޭނާގެ ހަގީގަތަކީ. މިކަން ދެނެއް ބަދަލެއްނުކުރެވޭނެ. “ އާންޓީ ތެޔޮގަނޑަށް އަލިފާންޖެހިއެވެ. ސޭޓް އަހުމަދު ހީވަނީ ރުޅިއައިސްގެން ހަލާކުވަނީހެންނެވެ. އޭނާ އެތަންމިތާގައި ތަޅަމުންދިޔައެވެ. މިތަން ފެނުމުން އަހުމަދުގެ މަންމަ ދެއަތުން މޭގައި ހިފަހައްޓާލިއެވެ. އަދި ތެޅިފޮޅެމުންދާ ދަރިފުޅާ ދިމާއަށް ކަރުނައިގެ ލޮލަލުން ބަލަންއިނެވެ.
ދެދުވަސްފަހެވެ. ފަރުޙާނާއި އޭނާގެ އަންހެނުން ޞަފިއްޔާ އަދި ޝާހިދު ގޭގެ ގޯތިތެރޭގައި ވާހަކަދައްކަން ތިއްބެވެ. ޝާހިދު ކަންތައްވީ ހުރިހާ ގޮތެއް ކިޔައިދިނެވެ. މިއަޑު އަހާފައި ފަރުޙާން އައި ގޮތަށް އައިސް އެމެރިކާއަށް ގުޅުމަށްޓަކައި ފޯނުނެގިއެވެ. ނަމަވެސް ފޯނު ކުރެވުމުގެ ކުރިން ޞަފިއްޔާ އައިސް ފޯނުގެ އަތްގަނޑުއަތުލާފައި ބާއްވައިފިއެވެ.
“ ގުޅާނެކަމެއްނެތް. އެއްވެސް ވާހަކައެއް އެމީހުންނާ ދައްކާނެކަމެއްނެތް.
އަހަރުމެންނަށްޓަކައި އެމީހުން މަރުވެއްޖެ. “ ޞަފިއްޔާ ބުރުގާއިން ކަރުނަތައް ފޮހެލިއެވެ. އަދި ބާރުބާރަށް ގޮސް ސިތާރާ އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. އަދިވެސް އޭނާ އޮތީ ދެބަދޭތެރޭ ކަހަލަ ގޮތަކަށް ހޭނެތިފައެވެ. ހުން އެހާ ގަދައެވެ. އެމެރިކާއިން އައިންސުރެވެސް އޭނާގެ ޙާލަކީއެއީއެވެ. ރަގަޅަކަށް ހެއެއްނާރައެވެ. ވާހަކައެއް ނުދެއްކެއެވެ. ޑޮކްޓަރުން އިރުކޮޅަކާ އައިސްބަލާލައެވެ. އެމީހުން ބުނަނީ ސިތާރާގެ ސިކުނޑިއަށް ވަރުގަދަ ޝޮކެއްލިބިފައިވާ ކަމުގައެވެ.
ޞަފިއްޔާ އައިސް އޭނާގެ ދަރިފުޅުގެ ކައިރީގައި އިށިދެ ބޮލުގައި ފިރުމާލިއެވެ. އޭރު ކުޑޭ ކައިރީގައި އިނދެގެން ސިތާރާގެ ބޮލުގައި ތެތްރުމާ އަޅަމުންދެއެވެ. އަދި ރޮއިރޮއިފައި އޭނާއަށް ގޮވައެވެ. އެހެންނަމަވެސް ސިތާރާގެ އެއްވެސް ޚަބަރެއްނެތެވެ.
އެރޭ ސޭޓް އަހުމަދު ފަރުޙާނަށް ގުޅިއެވެ. އަދި ޝާހިދު ސިތާރާ ގޮވައިގެން އެމީހުންނަށް ނޭގި ފިލައިގެންދިޔައީކަމުގައި ބުންޏެވެ. މިވާހަކަ އަހާފައި ފަރުޙާން ތަނެއް ދޮރެއް ނުބަލާ ޝާހިދު ނިދާފައި އޮތް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ހުރީ ވަރަށް ރުޅިއައިސްފައެވެ. ދަނޑުގައި މަސައްކަތްކުރަން ގެންގުޅޭ ބޮޑުވަޅި ހިފައިގެންގޮސް ޝާހިދުގެ ގައިގާ ޖަހަން މަޅާލި ވަގުތު އޭނާއަށް ލޯހުޅުވާލެވުނެވެ. ވުމާއެކު އޭނާ ވަގުތުން އަނެއްފަރާތަށް ބިންމައްޗަށް ވެއްޓިގަތެވެ. ޝާހިދު ބިންމައްޗަށް ވެއްޓިގަތުމާއެކު ފަރުޙާން ޖެހި އެތިފަހަރު އެރީ އެނދުގައި އޮތް ބާލީހަށެވެ. އެހެންނަމަވެސް އޭނާ ދެވަނަ އެތިފަހަރުވެސް ޖަހައިފިއެވެ. އަދި ގޮތެއް ގޮތެއް ނުބަލާ ވަޅި ހޫރުވަމުންދިޔައެވެ.
“ ކަލޭގެ ހުރި ގޮތްކުޑަކަން ދެކިބަލަ . ކަލެޔަކީ އަހަރުމެންގެ އަތުކުރީގައި ގެންގުޅެވުނު ހަރުފައެއްކަމެއް އަހަރެން ނުދެނަހުރިން. ކަލޭ އެމެރިކާއިން ސިތާރާ ތިޔަ ގެނައީ ކަލޭގެ ލޯބީގައި އޭނަ ޖައްސައިގެން ވާވައްދާކަށްނޫ. މިރޭ އަހަރެން ތިހަރުފައިގެ ދުވަސްދުއްވާލާނަން.
“ ފަރުޙާން ހީވަނީ މޮޔަވެފައިވާ ސިންގާއެއްހެންނެވެ. ޝާހިދު އެއްޗެކޭ ބުނެވޭތޯ އުޅުނެވެ. އެހެންނަމަވެސް ފަރުޙާން ހުރީކީ އޭނާ ދައްކާ ވާހަކަ އަޑުއަހާކަހަލަ ގޮތަކަށްނޫނެވެ. އެވަގުތު ކޮޓަރިތެރޭގައި އަޑުފައްގަނޑު ގަދަވެގެން ޖެހިގެން އޮތް ކޮޓަރީގައި އޮތް ސިތާރާ އަތުވެއްޖެއެވެ. އަދި އޭނާގެ ބައްޕަގެ އަތުގައި ހިފާ ހުއްޓުވަން އުޅުނެވެ.
“ ބައްޕާ ތިހެންނުހަދާ! ބައްޕަ ތިއުޅެނީ އަހަރެންގެ ސަލާމަތްކޮށްދިން މީހާގެ ފުރާނަދުއްވާލަންތަ؟
“ ކަލޭ މަޑުންހުރޭ. އަހަރެން ކަލޭ ފޮނުވީ މިނުބައި ކަލޭގެޔާއެކު މޫނުކަޅުކޮށްގެން އަންނަންތަ؟ ކަލޭ އެތަނަށްގޮސް މަރުވިނަމަ ކިހާރަގަޅު. ގައިމު މިލަދެއް ގަންނާކަށް ނުޖެހުނީސްވިއްޔަ. “ ފަރުޙާން ގައިގާ ހުރި ބާރެއްލާފައި ސިތާރާގެ މޫނުމަތީގައި ޖެހިއެވެ. އެޔާއެކު އޭނާ ވިއްސައިގެންގޮސް ބިންމައްޗަށް ވެއްޓިއްޖެއެވެ. މިއަޑަށް ޞަފިއްޔާވެސް އަތުވެއްޖެއެވެ. އަދި ވެގެން އުޅޭ ގޮތެއް ސުވާލުކުރަންފެށިއެވެ. ނަމަވެސް ފަރުޙާން އޭނާއަށް ޖަވާބުދިނުމުގެ ބަދަލުގައި ސިތާރާއަށް އެއްޗެހި ގޮވަމުންދިޔައެވެ. އަދި މަރާލާނެކަމުގައި ބުންޏެވެ.
“ ބައްޕާ! ސިތާރާއަށް އަނިޔާނުކުރައްވާ!”
“ އަހަރެން އޭނާ މަރާލާނަން.”
“ އޭނާގެ ލޭ އޮހޮރުމުގެ ކުރިން އޮހޮރެންޖެހޭނީ އަހަރެންގެލޭ. އޭނާގެ އެއްވެސް ކުށެއްނެތް. އޭނާ މަރިޔަމްހާ ތޯހިރު. “ ޝާހިދު ފަރުޙާން ހިފަހައްޓައިގެންހުރި ބޮޑު ވަޅީގެ ތިލައިގައި ހިފޭއްޓިއެވެ. އަދި ތިލައިގެ ތުނޑާ ހަމައަށް އަތްޙިނަގަމުން ދިޔައެވެ. އޭރު އޭނާގެ އަތްބުރިވެގެން ލޭ އޮހޮރެމުންދެއެވެ. (ނުނިމޭ)
-
ބުރާސްފަތި، ފެބްރުއަރީ 5 2009، 14:26
ވަރައް ރީތި 9ވަނަ ބަޔައް އިންތިޒާރު ކުރަން.
-
ހޮނިހިރު، ފެބްރުއަރީ 7 2009، 10:41
ދެން ކޮންއިރަކުންތަ 9 ވަނަ ބައި ގެނެސްދޭނީ. މިހާރުވެސް އެބައި ވަރަށް ކިޔާހިތްވެއްޖެ. 9 ވަނަބައިގަ ވާހަކަ ނިމޭނެ ދޯ
-
ހޮނިހިރު، ފެބްރުއަރީ 7 2009، 13:06
މީ ހަމަ ޕަރްދޭޝް ގެ ކޮޕީ އެއް.
-
ހޮނިހިރު، ފެބްރުއަރީ 7 2009، 19:17
ވާހަކައިގެ އަނެއް ބައި ވަރަށް ކިޔާލާ ހިތް ވެއްޖެ....
-
އާދިތްތަ، ފެބްރުއަރީ 8 2009، 12:38
ވަރަށް ސަޅި އަނެއެއް ބައި އަވަސް ކުރެއްވުން އެދެން
-
އާދިތްތަ، ފެބްރުއަރީ 8 2009، 14:51
ހާދަ ވަރުގަދަ ހަނގުރާމައެކޭ ދޯ! ނުވަވަނަ ބަޔައް އިންތިޒާރު ކުރަން.
-
އާދިތްތަ، ފެބްރުއަރީ 8 2009، 17:29
ކެއްމަދުވެފައިވާ ހާލު 9 ވަނަ ބަޔަށް އިންތިޒާރު ކުރަން
-
ހޯމަ، ފެބްރުއަރީ 9 2009، 18:32
ވަރަށް ވަރަށް ސަޅި. ދެން އޮތް ބައި އަވަހަށް ގެނެސްދެއްޗޭ!!!! މިހާ ރީތި ވާހަކައެއް އަދި ދުވަހަކުވެސއ ނުކިޔަން. އަޅެ މީ ހަމަ އަމިއްލަ އައިޑިއާ އަށް ލިޔުނު ވާހަކައެއްތަ؟؟؟ ޒޫނާ އިބްރާހީމް އަށް ހަމަ އައްސަރިބަހާއި ސާބަސް! ސާބަސް!! މި ވާހަކައިގެ އަނެއްބައިވެސް އަވަހަށް އަޕްޑޭޓް ކުރާނެ ކަމަށް އުއްމީދު ކުރަމެވެ.!!!!!!
-
އަންގާރަ، ފެބްރުއަރީ 17 2009، 09:59
ސިތާރާއަކީ ރާއްޖެ ކުއްޖެބާ ނުވަތަ އިންޑިޔާ ކުއްޖެއްބާ؟؟؟ މި ވާހަކައިގަ އެބަ ބުނޭ އިންޑިއާ ކުއްޖަކު އެއާޕޯޓުގައި އިން ވާހަކަ. ނިސްބަތްވަނީ ސިތާރާއަށް. އެކަމު ސިތާރާ އަކީ ރާއްޖެ ކުއްޖެއްގޮތުގައި މި ވާހަކައިގާ ފުރަތަމަ ވަނީ. މީ ކޮޕީ ވާހަކައެއް ދީ!!