
ޑރ އަފްރާޝީމްގެ ފަހަތްޕުޅުގައި ނަމާދު ނުކުރުމަށް ގޮވާލާ, ދީނީ އިލްމްވެރިންތަކެއް ފަތުވާ ނެރުއްވައިފި
ޑރ. އަފްރާޝީމް ފަހަތްޕުޅުގައި ނަމާދު ނުކުރުމަށް ގޮވާލާ ދީނީ އިލްމުވެރިންތަކެއް ފަތުވާ ނެރުއްވައިފި އެވެ.
ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފުން ޑރ.އަފްރާޝީމް އަލީއާ މެދު ނެރެފައިވާ ގަރާރެއްގައި ދީނީ އިލްމުވެރިންތަކެއް ގޮވާލާފައިވަނީ އެންމެހާ ޝިރުކީ އަގީދާތަކާއި ފާސިދު އަމަލުތަކާއި ބާތިލްކަންކަމުން އެއްކިބާވެ, ޑރ.އަފްރާޝީމް އަލީ ތައުބާވެއްޖެކަން އިއުލާން ކުރަންދެން އަފްރާޝީމްގެ ފަހަތުގައި އިގްތިދާއުވުމީ ހުއްދަކަމެއް ނޫން ކަމެއް ކަމަށެވެ.
ގަރާރެއްގެ ސިފައިގައި ނެރެފައިވާ މިފަތުވާ ގައި 16 އިލްމުވެރިއަކު ސޮއިކުރައްވާފައި ވެއެވެ. އެބޭފުޅުންގެ ތެރޭގައި ޑރ.އަބުދުލް މަޖީދު އަބުދުލް ބާރީއާއި, ޑރ.އަބުދުއް ސައްތާރު އަބުދުއްރަހުމާނާއި, ޝައިޚް އިސްމާއިލް މުހަންމަދާއި, ޝައިޚް މުހަންމަދު ލަތީފު އަލީއާއި, ޝައިޚް ހަސަން ފިކުރީ އާއި ޝައިޚް އަހުމަދު އަބުދުﷲ ދީދީ އާއި, ޝައިޚް ޝުއައިބު އަބުދުއް ރަހްމާނާއި ޝައިޚް އަބޫބަކުރު އިބްރާހިމާއި ޝައިޚް އާދަމް ނަސީމާއި, ޝައިޚް ޔައުގޫބު އަބުދުއްރަހުމާނާއި, ޝައިޚް މުހަންމަދު ނަޝީދު އާދަމާއި ޝައިޚް އުސްމާނު އަބުދުﷲ އާއި ޝައިޚް އާދަމް ޝަމީމާއި ޝައިޚް އިމްރާން އަބުދުﷲ އާއި ޝައިޚް މުހަންމަދު ޝަހީމް އަލީ ސައީދު ހިމެނި ވަޑައިގަންނަވަ އެވެ.
މިބޭފުޅުން ސޮއިކުރައްވާފައިވާ ގަރާރުގައިވަނީ ޑރ.އަފްރާޝިމް އަލީ ދައްކަވާ ވާހަކަތަކުންނާއި އަމަލުކުރައްވާ ގޮތްތަކުން ދިވެހި ރާއްޖެއާއި ދުނިޔޭގެ އެކިއެކިކަންކޮޅުތަކުގައި ތިއްބެވި, އިތުބާރު ހިފޭ ދިވެހި ރާއްޖޭގެ ދީނީ އިލްމުވެރިން އޭނާގެ އުސޫލުތަކާއި ވާހަކަތަކަށް އިންކާރުކުރައްވާ އޭނާގެ މައްސަލައާމެދު ކަންބޮޑުވާ ހިސާބަށް ދިއުމީ އިލްމުވެރިންގެ މަގުން އޭނާ އެއްކިބާވެފައިވާކަން އެނގިފާޅުވާ ކަމެއް ކަމަށެވެ.
އަފްރާޝީމްގެ ސަބަބުން ދީނާމެދު ޝައްކު އުފެދި, ދީނުގެ ހައިބަތާ ގަދަރު ކުޑަވެ, ދީނުގެ ކަންކަމަކީ ފުރައްސާރައަކަށް ވީ ހިނދު އޭނާގެ އަމަލުތަކާއި ފަތުވާތައް, ޖަމިއްޔަތުއް ސަލަފުން ދިރާސާ ކުރުމުށްފަހު 15 ކަމެއް ފާހަގަކޮށް އެގަރާރުގައި ހުށަހަޅާފައި ވެއެވެ.
އެ ކަންކަމުގެ ތެރޭގައި ރަސޫލާގެ ސުންނަތާއި ސަލަފުއް ޞާލިހުންގެ މަންހަޖާ ޚިލާފުވެފައި ވުމާއި, ތައުހީދަށް ފުށޫ އަރާއެތައް ކަމަކަށް ގޮވާލާފައިވުމާއި މިއުޒިކަށް ތަރުހީބުދީފައިވުން ފަދަ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.
” މިހާލުގައި ވަނިކޮށް އޭނާގެ ކިބައިން ދީނީ ފަތުވާއާއި ދީނުގެ އެއްވެސް ވާހަކައެއް އަޑުއެހުމަކީވެސް ހޮޔޮވާނޭ ކަމެއްނޫންކަމަށް މިޖަމިއްޔާއިން ސަރީހަ އިބާރާތުން ބަޔާންކޮށް އެންމެހާ މުސްލިމުންނަށް އަންގަމެވެ.“ ސަލަފުން ނެރުނު ގަރާރުގައި ވެއެވެ.
މި ގަގާރު ނިންމާލަމުން ޑރ. އަފްރާޝީމް, އޭނާ ހެއްދެވި ފަރާތަށް ބިރުވެތިވުމަށް ގޮވާލާފައި ވެއެވެ.
މީގެ ކުރިންވެސް އަފްރާޝީމްގެ މައްސަލާގައި ދީނީ އިލްމުވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެއެވެ. އަދި ޑރ.އަފްރާޝިމް އިމާމުވެ ނަމާދު ކުރައްވަނިކޮށް ބައެއް މީހުން ޖަމާއަތް ދޫކޮށްލާފައި ވެއެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީމަޖިލީހުންވެސް އަފްރާޝީމަށް ނަސޭހަތް ދެއްވާފައި ވެއެވެ.
-
ބުދަ، އޯގަސްޓް 20 2008، 17:30
މިހާސާބަށް ކަންތަށް ދާއިރުވެސް އެކިޔާ އެއްމެ އެއްމެ އެއެމެ މަތި މަޖިލިސް ކޮބާއިތޯ؟ އެއި ދަތެއް ނެތް ސިންގާއެއްތަ؟ ބަލަގަ މިކަހަލަ ކުދި ކަންތަކުންނޭ ބޮޑެތި ކަންތަށް ނިކުންނަނީ. ދެން ބަޔަކު ކަމެއްކުރީމަ ބުނާނެ ވައްހާބީންނޭ. ޓެރަރިސްޓުންނޭ. ހައްދުފަހަނައަޅާމީހުންނޭ. ހަމަގައިމު މިވަރު ވާއިރު އަޅާނުލި ނަމަ އެސަރުކާރެއްއެއޮތީ ޢާފިލު ކަމުގައި ހައްދު ފަހަނަ އަޅާފަޔޭ! އަދިވެސް ބޮޑު ކޯޓަށް އަރައިގެން ތިބޭ = އ ލ ޤ =
-
ބުދަ، އޯގަސްޓް 20 2008، 18:17
ކޮބާ ޒައީމު؟ މިފަހަރު ބުނަން އެންނެ ރަގަޅު ވާހަކަޔަކީ އަފްރާޝީމުގެ މޮޅުކަމާހެދި އެހެން މީހުން ބިރުގަންނަ ވާހަކަތޯ؟ އަފްރާޝީމަށް ދެވަނަ ފަހަރު ހުއްދަ ދިނީ އޭނާޔާ ޑީލެއް ހެދުމަށްފަހު ކަން މިރާއްޖޭގެ އެންމެން ވެސް ދަނޭ. ޑީލް ހެދިޔަސް މަތީ ފަރާތަށް އޮޅޭ ކަހަލަ ޑީލެއް ނެހެދޭނެ ކަން ހަދާން ކުރަންވާނެ. އެންމެ ފަހުން މީހަކު މޮޔަ ނުވިއްޔާ ރަގަޅު!!!
-
ބުދަ، އޯގަސްޓް 20 2008، 18:23
މިަީ ހޫނުގަދަ ޤައުމެއް އެހެންވީމަ އޮރިޔާމުންއުޅުނަސް ހެވޭ ވިދާޅުވީ.ވީމަ މހާ ހޫނުގަދަވީމަ ބޯސަކަރާވެގެންވަސް ވާހަކަދެއްކިދާނެ.ފިނިވީމަ އަފްރާސިމްވެސް ދައްކާނި ރަނގަޅު ވާހަކަކަންނޭގެ
-
ބުދަ، އޯގަސްޓް 20 2008، 18:41
މިގައުމުގައި އިސްލާމް ދީން ހިމާޔަތް ކުރުމަށް މިއަދުގެ ސަރުކާރުން އަހައްމިއްޔަތު ދޭމިންވަރު މިކަމުން ވަރައްރަގަޅަށް ދޭހަވެއެވެ. ދައކާވާހަކަޔަކާ އަމަލަކާ ދިމާނުވެއެވެ.
-
ބުދަ، އޯގަސްޓް 20 2008، 19:24
މިކަމަކީ ދީނީ މައްސަލައެއްކަމަކަށް ނުފެނޭ.މިކަމަކީ ކޮންމެވެސް އެހެންބޭނުމެއް އޮވެގެން ކުރާކަމެއް ކަމަށް ފެންނަނީ.އަޅުގަނޑަކީވެސް އަފްރާސީމްގެ ވާހަކަ އަޑުއަހާ މީހެއް އެކަމަކު އަޅުގަނޑަކަށް ދީނާއި ޚިލާފް ވާހަކަ ދައްކާތީ ނުފެނެ.ސަލަފް ތިޔަ ޖަމިއްޔާއަކީ ހަރުކަށި ގޮތްތަކަށް ގޮވާލާ ޖަމާއަތެއް؟ އަނީލް5
-
ހޮނިހިރު، އޯގަސްޓް 23 2008، 11:58
ޑރ އަފުރާޝީމްގެ އަބުރާއި ބެހި، ތަކުފީރީ ޖަމާއްތަކުން ނެރޭ ފަދަ ބަޔާން ނެރެމުން ދާ މީހުންގެ މައްޗައް ދައުވާކުރުމައް އަފުރާޝީމަ ށާއި ސަރުކާރައްވެސް ގޮވާލަން، މީހުން ދިނުންބޭރުކޮއް ބަޔާން ނެރުމުގެ ހައްޤު އެއި ވަކިފަރުދުންނައް ލިބިގެންވާކަމެއްނުން އެއީ ހަމައެކަނީ ހާކިމާއައް ލިބިގެންވާ ހައްޤެއް!